Live 352,749 stories Updated Jun 29, 2026
Browse topics All stories

Latest stories

Live feed

އައްމަޓީއަށް ކުރާ ދައުވާ ސާބިތުނުވާކަމަށް ނިންމީ ޝަރީއަތުން އަމިއްލައަށް "އުފަންކުރުވި" ރުކުންތަކެއްގެ މައްޗަށް: ޕީޖީ އޮފީސް

ސީލައިފްގެ ޚިޔާނާތާ ގުޅިގެން އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ)ގެ މައްޗަށް އުފުލި ދަޢުވާތައް ސާބިތުނުވާކަމަށް ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، އެ މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު އެ ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ލ އަތޮޅުގެ އެއާޕޯޓުގެ މައްސަލައިގައި މާވަށުގެ ޕީއެންސީ މެމްބަރުން ސަރުކާރު ދެކެ ނުރުހިއްޖެ

ލާމު އަތޮޅުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ދެވަނަ އެއާޕޯޓު އިސްދޫ ކަލައިދޫގައި އެޅުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، އެ އަތޮޅު މާވަށުގެ ރައްޔިތުންގެ މެދުގައި ބޮޑު ނުރުހުމެއް އުފެދި، ރައީސުލްޖުމްހޫރިއްޔާއަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ހައްޔަރުކުރި ދެ ބިދޭސީއަކު ބަންދުކޮށްފި

ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ބަންގްލަދޭޝްގެ ދެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފަހި ފްލެޓްތަކުގެ ރަށްވެހިންގެ ރަޖިސްޓްރީ ހެދުމުގައި ކައުންސިލާއި އެފްޑީސީ ކޯޅެނީ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކުރި ފްލެޓްތައް ލިބުނު މީހުންގެ ރަށްވެހިކަން އެ ފްލެޓަށް ބަދަލު ކުރުމުގެ މަސައްކަތް ކުރުމުގައި އެފްޑީސީ އާއި މާލޭ ސިޓީ ކައުންސިލްގެ ދެބަސްވުން ބޮޑުވެއްޖެ އެވެ.

އުސްގެކޮޅު ސަރުކާރުގެ ބެލުމުގެ ދަށަށް ގެންނަނީ

ސަލްޓަން ޕާކުގައި ހުންނަ އާސާރީ ބިނާ، "އުސްގެކޮޅު" ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ. ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ބަލަހައްޓަމުންދާ އެ ބިނާއަށް، ބަޔަކު ގެއްލުންދެމުންދާކަމުގެ މައްސަލަތަކެއް …

ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލާއި، ޑިޖިޓަލް އައިޑެންޓިޓީ ބިލުގެ ބަހުސް ހިމަނައި ހޯމަ ދުވަހުގެ ޖަލްސާގެ އެޖެންޑާ އާންމުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ހަތްވަނަ ޖަލްސާ، މި މަހުގެ 29 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 އަށް ތާވަލުކޮށް، އެ ޖަލްސާގެ އެޖެންޑާ މަޖިލީހުގެ އިދާރާއިން އާންމުކޮށްފިއެވެ.

'ޒައިސް ވިޝަން'ގެ ރާއްޖޭގެ އެކްސްޕާޓަކަށް އައިކެއާ

ރާއްޖޭގައި ލޮލުގެ ފަރުވާގެ ހިދުމަތް ފުޅާ ދާއިރާގައި ދޭ އައިކެއާއާ އެކު، އޮޕްޓިކަލް ސައިންސްގެ ދާއިރާއިން ދުނިޔޭގެ މަޝްހޫރު 'ޒައިސް' އިން ޕާޓްނާޝިޕް ގާއިމުކޮށް، ރާއްޖޭގެ 'ޒައިސް ވިޝަން އެކްޕާޓް'ގެ ގޮތުގައި ހަމަޖައްސައިފި އެވެ.

ވޯލްޑް ކަޕަށް ހާއްސަ ޕްރޮމޯޝަނުގައި "ސުވީޓް ސްމައިލް" ގެ ސެންޓުން ބޮޑެތި ޑިސްކައުންޓުތަކެއް!

މަޝްހޫރު އެކި ބްރޭންޑުތަކުގެ ސެންޓުތަކުގެ ކޮލިޓީ 'ޑޫޕްސް'ތައް ރާއްޖޭގައި ތައްޔާރުކޮށް، ވިއްކާ އޮންލައިން ޕޭޖު، ސްވީޓް ސްމައިލް އެމްވީ އިން ވޯލްޑްކަޕަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

Loading fresh headlines…