Live 200,748 stories Updated Aug 28, 2026
Showing: SUN
Browse topics SUN

SUN

Live feed

އެކްސިނޮސް 2500 ޗިޕްސެޓާއެކު ގެލެކްސީ އެސް26 އެފްއީ ބާޒާރަށް ނެރެފި

28 Aug 2026, 10:43 ސެމްސަންގް ކުންފުނީގެ ގެލެކްސީ އެސް26 ސީރީޒްގެ އައު "ފޭން އެޑިޝަން" (އެފްއީ) ފޯނު ކަމަށްވާ "ގެލެކްސީ އެސް26 އެފްއީ" ދުނިޔޭގެ ބައެއް މާކެޓުތަކަށް ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ. މި ފޯނު ސެމްސަންގްގެ އޮންލައިން ސްޓޯރު މެދުވެރިކޮށް ދުނިޔޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ. މި ފޯނު ބާޒާރަށް ނެރެނީ ބްލޫބެރީ، ގްރެފައިޓް އަދި ޕިސްޓާޗިއޯ ހިމެނޭހެން ތިން ކުލައެއްގައެވެ. ފޯނުގެ އަގުތަކަށް ބަލާއިރު، 8 ޖީބީ ރެމް އަދި 128 ޖީބީ ސްޓޯރ…

ސްޓޮކް ލިބުން ލަސްވާތީ، ޕާސްޕޯޓުތަކުގެ މުއްދަތު ފީއަކާ ނުލައި އިތުރުކޮށްދީފި

28 Aug 2026, 11:04 ރާއްޖެއަށް އާ ޕާސްޕޯޓު ސްޓޮކެއް ލިބުމަށް މަހެއްހާ ދުވަސް ނަގާނެތީ، މުއްދަތު ހަމަވާ ޕާސްޕޯޓުތަކުގެ މުއްދަތު އިތުރުކޮށްދިނުމަށް އިމިގްރޭޝަނުން ރޭ ނިންމައިފިއެވެ. އިމިގްރޭޝަނުން ނެރުނު އިއުލާނެއްގައި ވަނީ، ދިވެހި ޕާސްޕޯޓު ބުކްލެޓު ފޮނުވަން ނިންމާފައިވާ ތާރީޚަށް އެ ޚިދުމަތް ފޯރުކޮށް ދެވެން ނެތް ކަމަށް ޖަރުމަނުގެ ކުންފުނިން އަންގާފައިވާ ކަމަށެވެ. އެއީ، އެ ކުންފުނީގެ ޕްރިންޓް ހައުސްއަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އިމިގްރޭޝަނުން ބުނި ގޮތުގައި،…

ނޭޕާލާއި ޓިބެޓުގެ ފެންބޮޑުވުން: މަރުވި މީހުންގެ އަދަދު 469އަށް، އިތުރު ނުރައްކަލެއްގެ ބިރު

28 Aug 2026, 11:19 ބުދަ ދުވަހުގެ ހެނދުނު ހިމާލިޔާ ފަރުބަދަތަކުގެ ސަރަހައްދުން ގްލޭޝިއާއެއް ވެއްޓުމުގެ ސަބަބުން ނޭޕާލާއި ޓިބެޓުގެ ގުޅޭ ބޯޑަރު ސަރަހައްދަށް ވަނީ ފެންބޮޑުވުމާއި ކިސަޑު ފޭބުމުގެ ބޮޑު ކާރިސާއަކާ ކުރިމަތިވެފައެވެ. މި ކާރިސާގައި ނޭޕާލުން މަރުވި މީހުންގެ އަދަދު ހުކުރު ދުވަހުގެ ނިޔަލަށް 469 އަށް އަރާފައިވާއިރު، ނޭޕާލާއި އަވަށްޓެރި ޓިބެޓުން 1،000 އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. ފެންގަނޑާއެކު އައި ގަލާއި، އައިސް އަދި ކިސަޑުގެ ސަބަބުން، ނޭޕާލުގެ ވެރިރަށް ކަތަމަންޑޫއާއި ޓިބެޓުގެ ލާސާ…

ސިކުނޑީގައި އުފެދުނު ޓިއުމަރާ ހަނގުރާމަކުރަމުން، ތެލަންގާނާގެ 16 އަހަރުގެ ކުއްޖަކު ކޯޑިންގް ދަސްކޮށްފި

28 Aug 2026, 11:22 ސިކުނޑީގައި އުފެދުނު ޓިއުމަރެއްގެ ސަބަބުން ދެ އަހަރެއްހާ ދުވަހު ތައުލީމާ ދުރުގައި ހުންނަން ޖެހުނު ނަމަވެސް، އިންޑިއާގެ ތެލަންގާނާއަށް ނިސްބަތްވާ އުމުރުން 16 އަހަރުގެ އެމް. މަނޯހަރް ވަނީ އެ ދަތި އުނދަގޫ ދުވަސްވަރު ފުރުސަތަކަށް ބަދަލުކޮށްލާފައެވެ. ބަލިން ރަނގަޅުވަމުން ދިޔަ މުއްދަތުގައި، އާއިލާއިން ހޯދައިދިން ލެޕްޓޮޕެއްގެ އެހީގައި އޮންލައިންކޮށް ކޯޑިންގް ދަސްކޮށް، އޭނާ މިހާރު ވަނީ އަމިއްލަ ޑިޖިޓަލް ޕްލެޓްފޯމެއް ތަރައްޤީކުރަން ފަށާފައެވެ. ކަރީމްނަގަރުގެ ޝަންކަރަޕަޓްނަމްގައި ހުންނަ…

ތަޚުތުު 9

28 Aug 2026, 09:55 "ވެރިކަމާއިހެދި އެކަކު އަނެކަކަށް ހަސަދަވެރިވެ ޖައްސާލައިގެން އުޅުމުގެ އެއްވެސް މާނައެއްނެތެވެ. އަދި ވެރިކަން ލިބުމަށްފަހު ބޮޑާވުމަކީވެސް އޮތްކަމެއްނޫނެވެ. ވެރިކަމަކީވެސްﷲ ދެއްވާ އަމާނާތެކެވެ.ވެރިކަން ދެއްވާ އަނބުރާ ގެންދަވަނީ އެ ފަރާތުންނެވެ. އަދުލު އިންސާފާއެކު ވެރިކަންކޮށް ސުލްހަ މަސަލަސްކަން ގާއިމުކޮށް ﷲތައާލާ އަންގަވާފައިވާގޮތަށް އުޅެންވާނެއެވެ. އެންމެންވެސް ﷲގެ ހަޟުރަތުގައި ޖަވާބުދާރީވާނެ ދުވަހެއް އަންނާނެއެވެ." *** "އާހް... ތިޔައީ އަޅުގަނޑު އަޑުއަހަން ބޭނުންވި ބަސްފުޅު.…

އާލިއާގެ އެކްޝަން ތުރިލާ 'އަލްފާ' ނެޓްފްލިކްސްއަށް

28 Aug 2026, 09:56 ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް ޔަޝް ރާޖް ފިލްމްސް (ވައިއާރްއެފް)ގެ ސްޕައި ޔުނިވާސްއަށް ކުޅެދިން ފުރަތަމަ ފިލްމު "އަލްފާ" ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފަށައިފިއެވެ. މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހު ސިނަމާތަކުގައި އަޅުވާފައިވާ މި ފިލްމަކީ ޝިވް ރަވަޔަލް ޑައިރެކްޓްކޮށް، އަދިތްޔާ ޗޯޕްޅާ ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. އާލިއާ ބަޓް އާއި ޝަރުވަރީ މުހިންމު ރޯލުތަކުން ފެންނަ މި ފިލްމުގައި އަނިލް ކަޕޫރާއި ބޮބީ ޑިއޯލް ވެސް މުހިންމު ކެރެކްޓާތަކުން ވަނީ ފެނިފައެވެ. މި ފިލްމުގ…

ޕްރިޔަންކާގެ ހޮލީވުޑް ފިލްމު 'ރީސެޓް'އިން އޮލަންޑޯ ބްލޫމް ވަކިވެއްޖެ

28 Aug 2026, 09:58 އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސް މުހިންމު ރޯލަކުން ފެންނާނެ ހޮލީވުޑްގެ ސަވައިވަލް ތްރިލާ ފިލްމު "ރީސެޓް" އިން، ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އޮލަންޑޯ ބްލޫމް ވަކިވެއްޖެ ކަމަށް ޚަބަރުތައް ބުނެފިއެވެ. މި ފިލްމުގެ އެކްޓަރެއްގެ އިތުރުން ކޯ-ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރަމުން ދިޔަ ބްލޫމް ވަނީ، ފިލްމުގެ ޕްރީ-ޕްރޮޑަކްޝަން މަރުހަލާގެ ގިނަ ކަންކަމުގައި ބައިވެރިވެފައެވެ. އެގޮތުން އޭނާގެ 'އެމޭޒިންގް އައުލް' ބެނާ އާއި ޕްރިޔަންކާގެ 'ޕާޕަލް ޕެބަލް ޕިކްޗާސް' ގު…

ބ. އަތޮޅުގެ ތިން ރަށެއްގައި އެމްއައިބީގެ އޭޓީއެމް ހިދުމަތް އިފްތިތާހުކޮށްފި

27 Aug 2026, 23:04 މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ބ. އަތޮޅުގެ ތިން ރަށެއްގައި 24 ގަޑިއިރު ހިދުމަތް ލިބޭ އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. އެމްއައިބީން އޭޓީއެމްގެ ހިދުމަތް އަލަށް ފަށާފައިވަނީ ބ. ކެންދޫ، ބ. ގޮއިދޫ އަދި ބ. ތުޅާދޫގައެވެ. އެ ރަށްރަށުގައި އޭޓީއެމް ހިދުމަތް އިފްތިތާހުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުތައް ޝަރަފުވެރިކޮށްދެއްވީ ފައިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. އެ ރަސްމިއްޔާތުތަކުގައި އެ ރަށްރަށުގެ ކައުންސިލްތަކުގެ މެންބަރުންނާއި އެމްއައިބީގެ ޑެޕިއ…

ކްރިޕްޓޯ އޭޓީއެމް ސްކޭމްތަކުގައި 388 މިލިއަން ޑޮލަރު ގެއްލިއްޖެ

27 Aug 2026, 23:39 ކްރިޕްޓޯ އޭޓީއެމްތައް މެދުވެރިކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތަކުގައި 388 މިލިއަން ޑޮލަރުގެ ބޮޑު ގެއްލުމެއް ލިބިފައިވާތީ، މިފަދަ ސްކޭމްތަކަށް ސަމާލުވުމަށް އެމެރިކާގެ ކޮމޮޑިޓީ ފިއުޗާސް ޓްރޭޑިން ކޮމިޝަން (ސީއެފްޓީސީ) އިން އާންމުންނަށް އިންޒާރު ދީފިއެވެ. ސީއެފްޓީސީން މި އިންޒާރު ނެރުނީ 2025 ވަނަ އަހަރު ކްރިޕްޓޯ ކިއޮސްކްތަކާ ގުޅުންހުރި 13،400 އަށް ވުރެ ގިނަ މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައިގެ ހިސާބުތަކުން ދެއްކުމާ ގުޅިގެންނެވެ. އެފްބީއައ…

ގޭސް ލީކުވި ހާދިސާ: 19 އަހަރުގެ އަންހެން ކުއްޖާގެ ހާލު އެބަ ރަނގަޅުވޭ

27 Aug 2026, 23:57 މާލޭގެ ގޭއެއްގެ ތެރޭގައި ގޭސް ލީކުވެ، ހާލު ދެރަވި ދެ މީހުންގެ ތެރެއިން 19 އަހަރުގެ އަންހެން ކުއްޖާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން މިރޭ ނެރުނު ބަޔާނެއްގައިވަނީ، މިއަދު ހެނދުނު 10:34 ހާއިރު މާފަންނު ދިލްކްޝާ ގޯޅީގައި ހުންނަ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ހާލު ދެރަވެފައި ތިބިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ހާދިސާއާ ގުޅިގެން ހޮސްޕިޓަލަށް ގެންދެވުނު ދެ މީހުންގެ ތެރެއިން އެކަކު ނިޔާވެފައިވާ…

މިފްކޯއަށް ސަބްސިޑީ ދޭތީ، އެންސިސް އިން ހުށަހެޅި މައްސަލަ އަލުން ބަލަން އަންގައިފި

27 Aug 2026, 23:27 ދައުލަތުގެ މަސް ކުންފުނި، މިފްކޯއަށް ސަބްސިޑީ ދޭތީ، އަމިއްލަ މަސް ކުންފުނި، އެންސިސްއިން އެކަމާ ދެކޮޅަށް ދައުވާ ކުރި މައްސަލަ ސިވިލް ކޯޓުން އަލުން ބަލަން ހައިކޯޓުން އަންގައިފިއެވެ. މިއީ، 16 ސެޕްޓެމްބަރު 2023 އިން ފެށިގެން ސަރުކާރުގެ ފުރިހަމަ ހިއްސާ އޮންނަ މިފްކޯ މެދުވެރިކޮށް، ސަރުކާރުން ސަބްސިޑީ ދީގެން ކިލޯއަކަށް -/25 ރުފިޔާގެ މަގުން މަސް ގަތުމަށް ސަރުކާރުން ނިންމެވި ނިންމެވުމާ ދެކޮޅަށް، އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ދައުވާ ކުރި މައްސަލައެވެ. އެންސިސްއިން ދައުވާ ކުރީ…

ވަގު ޓީޓީ ހުއްޓުވުމަށް ކަސްޓަމްސްއާއި ބޭންކުތަކުން ޓީޓީ ވެރިފިކޭޝަން ނިޒާމެއް ގާއިމްކުރަނީ

27 Aug 2026, 21:30 ޒަރުރީ މުދާ އެތެރެކުރާ ފަރާތްތަކަށް ޑޮލަރު ފޯރުކޮށްދިނުމަށް ވެރިފިކޭޝަން ނިޒާމެއް ގާއިމްކުރުމަށް ރާއްޖޭގައި ހިންގާ ހުރިހާ ބޭންކުތަކާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ކަސްޓަމްސްއިން ވަނީ ރާއްޖޭގައި ހިންގަމުންދާ ހަތް ބޭންކަކާއެކު ޓީޓީ ވެރިފިކޭޝަނާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ކަސްޓަމްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއެވެ. އަދި ބޭންކުތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ބޭ…

Loading fresh headlines…