Live 203,905 stories Updated Nov 2, 2026
Showing: SUN
Browse topics SUN

SUN

Live feed

ސެޕްޓެންބަރަށްވުރެ މަސްވެރިކަން ރަނގަޅުވެ، މިދިޔަ މަހު މަސްވެރިންނަށް 30 މިލިއަން ދޫކޮށްފި

02 Nov 2026, 14:36 މިދިޔަ ސެޕްޓެންބަރު މަހަށްވުރެ މިދިޔަ މަހު މަސްވެރިކަން ރަނގަޅުވެ، މަސްވެރިންނަށް މިދިޔަ މަހު 30 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން ދައުލަތުގެ މަސް ކުންފުނި، މިފްކޯއިން މިއަދު ހާމަކޮށްފިއެވެ. މިފްކޯއިން މިއަދު އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ މަހު 462 ދޯނިން 1،356 ޓަނުގެ މަސް ކިރުވައި، މަސްވެރިންނަށް ވަނީ 30،038،039 ރުފިޔާ ދޫކޮށްފައެވެ. އެއާ އަޅައިބަލާއިރު އޭގެ ކުރީ މަހު މަސްވެރިންނަށް ދޫކުރީ 27.3 މިލިއަން ރުފިޔާއެވެ. މިދިޔަ މަހު ކިރުވި މަހަށް ބަލާއިރު، 1،354.77 …

ބީއެމްއެލް ގޭޓްވޭއާއެކު، ވިޔަފާރިތަކަށް ދަތިކަމެއްނެތި ބޭރުގެ ޑޮލަރު މުއާމަލާތްތައް ކުރެވޭނެ: މިނިސްޓްރީ

02 Nov 2026, 14:53 ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް ޑޮލަރުން ފައިސާ ބަލައިގަނެވޭ ގޮތް ހެދުމާއެކު، ކުދި އަދި މެދު ފަންތީގެ ވިޔަފާރި (ކުމެވި)ތަކަށް ބޭރުގެ މުއާމަލާތްތަކައް ދަތިކަމެއްނެތި ކުރެވޭނެ ކަމަށް އިގުތިޞާދީ ތަރައްގީއާބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ. ބީއެމްއެލް ގޭޓްވޭއިން ޑޮލަރު ޕޭމަންޓުތައް ބަލައިގަންނަން ފެށުމާ ގުޅޭގޮތުން އެ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި މި ޚިދުމަތް ފެށުން ސިފަކޮށްފައިވަނީ، ދިވެހި ވިޔަފާރިތަކުގެ ތަރައްގީއަށް އެޅުނ…

އަންހެން ކޮއްކޮއަށް އަނިޔާކުރި މައްސަލައިގައި ނަޞޭޙަތުގެ އެއްބަސްވުމެއް ހަދައި، ދަޢުވާ އަނބުރާ ގެންގޮސްފި

02 Nov 2026, 15:13 ރ. ހުޅުދުއްފާރުގައި އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮއަކަށް އަނިޔާކުރި މައްސަލައެއްގައި، ދަޢުވާލިބޭ މީހާއާއެކު ނަޞޭޙަތުގެ އެއްބަސްވުމެއް ހަދައި، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ އަނބުރާ ގެންދިއުމުން ކޯޓުން ޝަރީޢަތް ހުއްޓާލައިފިއެވެ. މި މައްސަލައަކީ މިދިޔަ ޖަނަވަރީ މަހުގެ އަށް ވަނަ ދުވަހުގެ ރޭ 10:30 ހާއިރު ފިރިހެނަކު، ހުޅުދުއްފާރު ގެއެއްގެ ބޭރު ޖޯލީގައި އިން އޭނާގެ އަންހެން ކޮއްކޮއާ ޒުވާބުކުރުމަށްފަހު، ކޮއްކޮގެ ވާއަތު ފައިގެ ފަލަމަސްގަނޑުގައި ފައިން ޖަހައި ބިންމައް…

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ހޯދައި ދިނުމަށް ހަރަކާތެއް

02 Nov 2026, 13:50 ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ހޯދައި ދިނުމުގެ ހަރަކާތެއް، މޯލްޑިވްސް ޕޯސްޓާއި ޔުނިވާސަލް ޕޯސްޓަލް ޔޫނިއަން އާއި އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް އިންސްޓިޓިއުޓް (އައިއެސްޑީބީއައި) ގުޅިގެން ފަށައިފިއެވެ. މޯލްޑިވްސް ޕޯސްޓްއިން ބުނި ގޮތުގައި، 'ޕްރޮސްޕާ އެމްއެސްއެމްއީސް'ގެ ނަމުގައި ފަށައިފައިވާ މި ހަރަކާތުގެ ތެރެއިން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުސަތުތައް ފަހިކުރުމަށް ޕޯސްޓަލް ޚިދުމަތްތައް ބޭނުންކުރެވޭނެ ގޮތްތައް ބަލާނެއެވެ. އަދި ލޮޖިސްޓިކ…

ހޯމްސްކޫލިން ފަހިކޮށްދިނުން ހިމެނޭހެން ހުށަހެޅި އިސްލާހުތައް ބަލައިގަނެ ކޮމިޓީއަށް

02 Nov 2026, 13:59 ސްކޫލަށް ހާޒިރުވެ ދަރިވަރުން ތައުލީމު ހާސިލްކުރަން ނުކުޅެދިއްޖެ ހާލަތުގައި ގޭގައި ބައިތިއްބައިގެން ނުވަތަ ހޯމްސްކޫލިން ދީގެން ދަރިވަރުންނަށް އުނގެނުން ފަހިކޮށްދިނުމަށްޓަކައި ތައުލީމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ބަލައިގަނެ ދިރާސާކުރަން ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ. ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ހުށަހެޅުއްވި އިސްލާހު ބަލައިގަތީ ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 41 މެންބަރުންގެ އިއްތިފާގުންނެވެ.…

ބިލިއަން ޑޮލަރުގެ މި މަޝްރޫއަކީ، ފެންނާނެ މަންޒަރުގެ ކުޑަ މިންވަރެއް؟

02 Nov 2026, 13:06 އަބޫދާބީގެ އައްސޭރިފަށުގައި އޮންނަ ރަމްހާން އައިލެންޑަށް ދިއުމުގެ ކުރިން، އެ ތަނާ ބެހޭ ގޮތުން ލިބިފައިވާ މައުލޫމާތުތަކުން ހީކުރެވުނީ އެއީ ހަމައެކަނި ކަނޑުމަގުން ދެވޭނެ އެކަހެރި ރަށްތަކެއް ކަމަށެވެ. ނަމަވެސް، ދިވެހި މީޑިއާ ވަފުދުން އެ ތަނަށް ކުރި ޒިޔާރަތުގައި، ވެހިކަލް ތެރޭ ހުއްޓައި، ކުއްލިއަކަށް ވަދެވުނީ ހުއްޓުމެއް ނެތި މަސައްކަތްކުރަމުން އަންނަ ބޮޑު ސަރަހައްދެއްގެ ތެރެއަށެވެ. ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. ވެހިކަލްގައި، އެއްގަމުން ދުއްވައިފައި ގޮސް ވަދެ މި ހުރެވުނީ ރަމްހާ…

އެމްޑީޕީ މެންބަރުންގެ ކަންބޮޑުވުން: ހޯމްސްކޫލިން ބިލާއެކު، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފުރުސަތުތައް ވާނީ ހަނި

02 Nov 2026, 11:25 ހޯމްސްކޫލިންއާ ގުޅޭ އިސްލާހުތައް ތައުލީމާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚަރަދުކުރަން ޖެހިދާނެތީ، އެ ކުދިން ސްކޫލުތަކަށް ގެންގޮސް ކިޔަވައިދިނުން ހުއްޓުވައިލުމަށް ކަމަށް، މައި އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން މިއަދު ވިދާޅުވެއްޖެއެވެ. ހޯމްސްކޫލިން ހިމެނޭހެން ތައުލީމާ ބެހޭ ގާނޫނަށް ސަރުކާރު ފަރާތުން ހުރާ ދާއިރާގެ ޕީއެންސީ މެންބަރު ޑރ. އަނާރާ ނަޢީމް ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުން ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މަޢުރޫފް ޛާކިރު …

ކުދި ގައުމުތަކުގެ ދެމެހެއްޓެނިވި ތަރައްގީއަށް ލުއި މާލީ އެހީއާއި އަމަލީ ނަތީޖާ ބޭނުންވޭ: މިނިސްޓަރު އިރުތިޝާމް

02 Nov 2026, 12:07 ކުދި ގައުމުތަކުގެ ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރުމަށްޓަކައި ލުއިގޮތެއްގައި މާލީ އެހީތެރިކަން ލިބުމާއި، ދައްކާ ވާހަކަތަކުން އަމަލީ ނަތީޖާ ނެރުން މުހިންމު ކަމަށް ޚާރިޖީ ވަޒީރު ޢިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ކޮމަންވެލްތުގެ ކުދި ޤައުމުތަކުގެ ވަޒީރުންގެ ބައްދަލުވުމުގެ ކޯ-ޗެއާގެ ހައިސިއްޔަތުން ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، ކުދި ގައުމުތަކަކީ ނާޒުކު ހާލ…

ބަޖެޓު 2027: މި ފަހަރު ވެސް ކޮންމެ މެންބަރަކަށް ބަހުސްކުރަން ދިނީ 15 މިނެޓު

02 Nov 2026, 12:19 މި އަހަރު ވެސް ދައުލަތުގެ ބަޖެޓަށް ބަހުސްކުރަން ކޮންމެ މެންބަރަކަށް 15 މިނެޓުގެ ފުރުސަތެއް އަރުވަން ފެންނަ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. މިދިޔަ އަހަރު ވެސް ކޮންމެ މެންބަރަކަށް ބަޖެޓަށް ބަހުސްކުރަން ދިނީ 15 މިނެޓެވެ. އަދި ބަޖެޓު ދިރާސާކުރާ ކޮމިޓީން ބަޖެޓު ފާސްކޮށް ހުށަހަޅާ ރިޕޯޓަށް ބަހުސްކުރަން ހަތް މިނެޓު ދިން އިރު، މެންބަރުންގެ ސުވާލުތަކަށް ފިނޭންސް މިނިސްޓަރަށް ޖަވާބުދެއްވަން ދިނީ 45 މިނެޓެވެ. ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އި…

ފުލުހުން މަޑުކުރަން އެންގުމުން ހައިވޭގައި ބާރަށް ދުއްވަނިކޮށް އެކްސިޑެންޓުވި މީހެއްގެ އަތުން ޑުރަގު ފެނިއްޖެ

02 Nov 2026, 10:46 ފުލުހުން މަޑުކުރަން އެންގުމުން ވެސް، ސިނަމާލެ ބުރިޖުގެ ހައިވޭގައި ބާރަށް ދުއްވި މީހަކު އެކްސިޑެންޓުވެގެން ބެލިއިރު، އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައިވާކަން ހާމަވެއްޖެއެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނ. ވެލިދުއަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދު މުއްދަތު ޖަހަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާއިރު، އޭނާގެ މައްޗަށް ވަނީ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި ޓްރެފިކްކުރުމުގެ ތުހުމަތުކޮށްފައެވެ. ކޯޓު އަމުރުގައިވާ ގޮތުން އޭނާ ބާރު ސް…

ޖޭޑީއެސް ސްކޮލާޝިޕާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންތައް މި މަހު 8ވަނަ ދުވަހާއި 19ވަނަ ދުވަހު

02 Nov 2026, 10:54 ޖަޕާން ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ "ޖަޕަނީޒް ގްރާންޓް އެއިޑް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް" (ޖޭޑީއެސް) އާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ސެޝަންތައް މި މަހު ބާއްވަން ތާވަލުކޮށްފިއެވެ. ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން ސެންޓަރު (ޖައިސް) އިން އިންތިޒާމުކުރާ އެ ސެޝަންތައް ބާއްވާނީ މި މަހުގެ އަށްވަނަ ދުވަހާއި 19 ވަނަ ދުވަހެވެ. ތަން: ޓްރެއިނިން އިންސްޓިޓިއުޓް (އަމީނީ މަގު، މާލެ) 8 ނޮވެމްބަރު 2026 | މެންދުރުފަހު 3:00 އިން 4:00 އަށް 19 ނޮވެމްބަރު 2026 | މެނ…

ފިލްމު 'ކިންގް'ގެ މިއުޒިކް ރައިޓްސް، ބައި ގަރުނަށް ޓީ-ސީރީޒުން މިލްކުކޮށްފި

02 Nov 2026, 09:52 ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާން ލީޑް ރޯލުން ފެންނަ ފިލްމު "ކިންގް"ގެ އޯޑިއޯ އަދި ވީޑިއޯ ލަވަތަކުގެ ބައިނަލްއަގުވާމީ ވިޔަފާރީގެ އެންމެހައި ޙައްގުތައް، ކުރިއަށް އޮތް 50 އަހަރުގެ މުއްދަތަށް އިންޑިއާގެ މިއުޒިކް ކުންފުނި ޓީ-ސީރީޒުން ކާމިޔާބުކޮށްފިއެވެ. ޒީ މިއުޒިކް ކޮމްޕެނީ މެދުވެރިކޮށް ރެޑް ޗިލީސް އެންޓަޓެއިންމަންޓުން މަގުފަހިކޮށްދިން މި ބޮޑު އެއްބަސްވުމާއެކު، ފިލްމުގެ މިއުޒިކް ލައިސަންސް ދޫކުރަނީ ކުރު މުއްދަތަކަށް ކަމަށް ބުނެ ފެތުރުނު ވާހަކަތަކަށް މިވަނީ ނިމުމެއް އައިސްފައެ…

Loading fresh headlines…