Live 198,757 stories Updated Jul 14, 2026
Showing: SUN
Browse topics SUN

SUN

Live feed

މިންތީގެ ހަމަހަމަކަމާއި އިޖުތިމާއީ ޝާމިލުކަން ކަށަވަރުކުރަން، 4 އިދާރާއަކަށް 12 ބިލިއަން ރުފިޔާ

14 Jul 2026, 10:44 މިންތީގެ ހަމަހަމަކަމާއި އިޖުތިމާއީ ޝާމިލުކަން (ޖީއީއެސްއައި)އަށް ހަތަރު އިދާރާއަކުން ކުރާ މަސައްކަތްތަކަށް ތިން އަހަރުތެރޭ 12 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ވަނީ، މިންތީގެ ހަމަހަމަކަމާއި އިޖުތިމާއީ ޝާމިލުކަމަށް ކުރާ މަސައްކަތުގެ ބަޖެޓިންއާ ގުޅޭ ޕައިލެޓް ޕްރޮޖެކްޓެއް އިއުލާންކޮށްފައެވެ. އެ މިނިސްޓްރީން ވަނީ، އެ މަސައްކަތްތަކުގެ ދަށުން އެހީ ފޯރުކޮށްދެނީ އަންހެނުންނާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، ކުޑަކުދިންނާއި އުމުރުން ދުވަސްވ…

އީލޮން މަސްކުގެ މިލްކިއްޔާތު 900 ބިލިއަން ޑޮލަރަށްވުރެ ދަށަށް ވެއްޓިއްޖެ

14 Jul 2026, 10:48 ސްޕޭސްއެކްސްގެ ހިއްސާގެ އަގުތައް އައިޕީއޯ އަށްފަހު ދަށަށް ދާން ފެށުމާ ގުޅިގެން، ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ އީލޮން މަސްކުގެ މިލްކިއްޔާތު 900 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ދަށަށް ވެއްޓިއްޖެއެވެ. ހޯމަ ދުވަހު ސްޕޭސްއެކްސްގެ ހިއްސާގެ އަގު 4.45 އިންސައްތަ ދަށަށް ގޮސް، ހިއްސާއެއްގެ އަގު ވަނީ ގާތްގަނޑަކަށް 140 ޑޮލަރަށް ތިރިވެފައެވެ. މިއީ އެ ކުންފުނި ހިއްސާގެ ބާޒާރަށް ނެރުނުއިރު ކަނޑައެޅި 135 ޑޮލަރުގެ އަގާ ވަރަށް ކައިރި އަދަދެކެވެ. ހިއްސާގެ އަގަށް އައި މި ބަދަލާއެކު ފޯބްސ…

ބޭހުގެ ދަތިކަން ހައްލުކުރުމުގައި އަމާޒަކީ ނަފާ ހޯދުމެއް ނޫން: ޑރ. ޝާހު

14 Jul 2026, 10:58 ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (އެސްޕީއެމްއެސްސީ) ގެ އަމާޒަކީ ވިޔަފާރި ނަފާ އިތުރުކުރުން ނޫން ކަމަށާއި، މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ދަތިކަމެއް ނެތި ހުރިހާ ބޭހެއް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މެޑިކަލް ޑޮކްޓަރެއް ކަމަށްވާ ޝާހު ވިދާޅުވި ގޮތުގައި، އެ ކުންފުނީގެ މައިގަނޑު ޒިންމާއަކީ ރާއްޖެއަށް ބޭނުންވާ ބޭހާއި ސ…

ކުނި މެނޭޖްކުރުމަކީ ކޮބައިކަން އެމްޑީއަށް ދަސްކޮށްދިނީ އަޅުގަނޑުމެން: މެމްބަރު ޝާހިދު

14 Jul 2026, 11:17 ދިވެހިރާއްޖޭގައި ކުންޏަކީ ކޯއްޗެއް ކަމާއި، ކުނި މެނޭޖުކުރުމަކީ ކޮބައިކަން ރާއްޖޭގެ ރައްޔިތުންނަށާއި ޚާއްސަކޮށް އިދިކޮޅު އެމްޑީޕީއަށް ދަސްކޮށްދިނީ މިހާރުގެ ސަރުކާރު ހިންގާ ޕީއެންސީން ކަމަށް ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ. ޝާހިދު މިފަދައިން ވިދާޅުވީ ކުނި މެނޭޖުކުރުމުގެ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައި މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ. ނިމިދިޔަ އެމްޑީޕީ ސަރުކާރުން ކުނި މެނޭޖުކުރިގޮތަށް ވަރަށް ބޮޑަށް…

ރައީސް ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

14 Jul 2026, 09:35 ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، ގަތަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން، އެ ޤައުމުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ އާއި ޝާހީ ޢާއިލާއަށް އިޙުތިރާމު އަދާކުރައްވައި ތަޢުޒިޔާ ދެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ. އުމުރުފުޅުން 74 އަހަރުގައި ގަތަރުގެ ކުރީގެ އަމީރު އަވަހާރަވީ މިދިޔަ އާދީއްތ…

އުމުރުން ދުވަސްވީ މީހަކު އޭދަފުށީ ފަޅުތެރޭގައި މަރުވެފައި އޮއްވައި ފެނިއްޖެ

14 Jul 2026, 09:46 ބ. އޭދަފުށީ ބަނދަރު ސަރަހައްދު މޫދުގައި އުމުރުން ދުވަސްވެފައިވާ މީހަކު މަރުވެފައި އޮއްވާ މިއަދު ހެނދުނު ފެނިއްޖެއެވެ. ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 7:55 ހާއިރު ކަމަށެވެ. ފުލުހުން މައުލޫމާތުދޭ ގޮތުގައި މޫދުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ބ. އޭދަފުށީ، ސީސަންގެ، އުމުރުން 82 އަހަރުގެ ޢަލީ ޢަބްދުﷲ އެވެ. އޭނާ ފެނުނު އިރުވެސް އޮތީ މަރުވެފައި ކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކުރައްވާފައެއް …

ފުލުހުން ތަމްރީނުކުރުމަށް ސައުދީގެ އެހީ ހޯދުމަށް މަޝްވަރާ ކޮށްފި

14 Jul 2026, 09:52 ދިވެހި ފުލުހުން ތަމްރީނުކުރުމަށާއި މުއައްސަސާގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ސައުދީ އަރަބިއްޔާގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި މުހިންމު މަޝްވަރާތަކެއް އިއްޔެ ކުރިއަށްގެންގޮސްފިއެވެ. މި މަޝްވަރާތައް ކުރިއަށްދިޔައީ ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޔަޙްޔާ އަލްޤަޙްތާނީއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. އިއްޔެ ފުލުހުންގެ މައި މަރުކަޒު ކަމަށްވާ ޝަހީދު ޙުސައިން އާދަމ…

ފީފާ ވޯލްޑް ކަޕް 2026 ސެމީ ފައިނަލް: ފްރާންސް - ސްޕެއިން| ޕްރިވިއު

14 Jul 2026, 10:07 ފީފާ ވޯލްޑް ކަޕް 2026 ގެ ފުރަތަމަ ސެމީ ފައިނަލް މެޗުގައި ބައްދަލުކުރަނީ ދުނިޔޭގެ ފުޓްބޯޅައިގެ ގަދަ ދެ ބާރު ކަމަށްވާ ފްރާންސާއި ސްޕެއިނެވެ. އެމެރިކާގެ ޓެކްސަސްގައި ކުޅޭ މި މެޗަކީ ފުޓްބޯޅަ ސަޕޯޓަރުންގެ ބޮޑު ސަމާލުކަމެއް ލިބިފައިވާ، ހުރިހާ ގޮތަކުންވެސް ފޯރިގަދަވާނެ ކުރިމަތިލުމެކެވެ. ޖެހިޖެހިގެން ތިންވަނަ ވޯލްޑް ކަޕް ފައިނަލަށް ދިއުމަށް ފްރާންސް މަސައްކަތް ކުރަމުންދާއިރު، ސްޕެއިން ނުކުންނަނީ 2010 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ތަށި ނެގުމުގެ އުއްމީދުގައެވެ. ފްރާންސުން ވަނީ މިފ…

މިހިތް އެދޭތީ... 24

14 Jul 2026, 08:36 އާގިސާ ބޯ ޖަހައިލިއެވެ. އާމިނަތު އިށީނުމަށް ސޯފާ ދައްކާފައި، އޭނާ ގޮސް ވަނީ ބަދިގެއަށެވެ. ސިންކު ކައިރީގައި ހުރިއިރު، އާގިސާއަށް ވިސްނުނީ ދެން ހަދާނެ ގޮތަކާއި މެދުގައެވެ. އާމިނަތުގެ ސުވާލުތަކަށް ދޭނެ ޖަވާބެއް އޭނާއަކަށް ނޭނގެއެވެ. އާމިނަތުގެ މޫނުމަތީގެ އަސަރުތައް ހުރިގޮތުން އޭނާއަށް ހަގީގަތް ނޭނގޭކަން އާގިސާއަށް އެނގުނެވެ. އަނެއްކޮޅުން އެ ނާޒުކު ވަގުތުގައި އިޒީ ނުކުމެދާނެތީވެސް އާގިސާ ކަންބޮޑުވިއެވެ. ******** "ކޮބާތަ އަހަރެންގެ ދަރިފުޅު ކައިވެނި ކުރަންއުޅޭ ކުއްޖާ؟... ގޭގަ އެބަ…

ބޭނުންނަމަ ހެމާގެ ބައޮޕިކް ދިޕިކާއަށް ކުޅެވިދާނެ ކަމަށް ބުނެ، ހެމާގެ ތައުރީފު ބަތަލާއަށް

14 Jul 2026, 08:40 އިންޑިއާގެ ސިނަމާގައި 60 އަހަރު ވަންދެން މަސައްކަތްކޮށްފައިވާ މަޝްހޫރު ބަތަލާ ހެމާ މާލިނީގެ ބައޮޕިކް ކުޅެން ޝައުގުވެރިވާނަމަ ބޮލީވުޑްގެ ހުނަރުވެރި ތަރި ދީޕިކާ ޕަދުކޯންއަށް އެ ފުރުސަތު އެބައޮތް ކަމަށް ހެމާ ބުނެފިއެވެ. ފިލްމީ ދާއިރާގައި މަސައްކަތްކުރާތާ 60 އަހަރު ފުރުން ފާހަގަ ކުރުމުގެ ޚާއްސަ މުނާސަބާ ފާހަގަކުރުމަށް މިދިޔަ ހުކުރު ދުވަހު ހޭމާ މާލިނީ - ލައިވް އިން ކޮންސަޓް: ސެލެބްރޭޓިން ދަ ޑްރީމް ގާލްސް ޑައިމަންޑް ޖޫބިލީ"ގެ ނަމުގައި މުމްބާއީގެ ޝަންމުޚާނަންދާ ހޯލުގައި ވަރަށް ޚާއްސަ…

މަގުބޫލު ޑްރާމާ ސީރީޒް 'މިސްމެޗްޑް'ގެ ހަތަރު ވަނަ ސީޒަންގެ މަސައްކަތް ފަށައިފި

14 Jul 2026, 08:42 މީގެ ހަ އަހަރު ކުރިން ނެޓްފްލިކްސްއިން ސްޓްރީމްކުރަން ފެށި އެ ޕްލެޓްފޯމްގެ މަގުބޫލު ސީރީޒް "މިސްމެޗްޑް"ގެ ހަތަރު ވަނަ ސީޒަންގެ އަމަލީ މަސައްކަތް ފަށާފައިވާކަން އިއުލާނުކޮށްފިއެވެ. ލީޑް ރޯލްތަކުން މަގުބޫލު ފިލްމީ ތަރިން ކަމަށްވާ ރޯހިތު ސަރާފް އަދި ޕްރަޖަކްތާ ކޯލީ ފެންނަ މަގުބޫލު ރޮމޭންޓިކް ޑްރާމާ ސީރީޒްގެ ތިން ވަނަ ސީޒަން ނިންމާލީ، މި ސީރީޒްގެ މައި ކެރެކްޓާސްތައް ކަމަށްވާ 'ޑިމްޕަލް' އާއި 'ރިޝީ' އެ މީހުންގެ ކެރިއަރަށް އިސްކަންދިނުމުގެ ގޮތުން އެންގޭޖްމަންޓް މަޑުޖައްސާލި ހިސާބުންނ…

ދަރިފުޅު ޔަޝްއާ އެކު ސުނީތާ ވެސް ބޮލީވުޑަށް

14 Jul 2026, 08:43 އިންޑިއާގެ އެކްޓަރު ގޯވިންދާގެ ދަރިފުޅު ޔަޝްވަރްދަން އަހޫޖާ ބޮލީވުޑަށް ތައާރަފްވާ ފިލްމުން، މަންމަ ސުނީތާ އަހޫޖާ ވެސް ފިލްމީ ދާއިރާއަށް ތައާރަފްވާނެކަން އިއުލާނުކޮށްފިއެވެ. ގޯވިންދާގެ އަންހެނުން އަދި ދަރިފުޅު ޔަޝް ބޮލީވުޑަށް ތައާރަފްވާ ފިލްމަކީ، ކާމިޔާބު ޕްރޮޑިއުސަރު އެކްތާ ކަޕޫރު އުފައްދާ ފިލްމެކެވެ. ފިލްމުގައި ސުނީތާ ފެންނާނީ ހަގީގީ ދިރިއުޅުމެކޭ އެއްގޮތަށް ޔަޝްގެ މަންމަގެ ރޯލްއިންނެވެ. އޭއެންއައިއަށް ދިން އިންޓަވިއުއެއްގައި ސުނީތާ ހާމަކުރި ގޮތުގައި މި ފިލްމު ރިލީޒްކުރުމަށް ހ…

Loading fresh headlines…