Live 203,883 stories Updated Nov 3, 2026
Showing: SUN
Browse topics SUN

SUN

Live feed

"ހެލްތު އެންޑް ފެމެލީ އެކްސްޕޯ"އެއް ބާއްވަން ހެލްތް މިނިސްޓްރީން ނިންމައިފި

02 Nov 2026, 20:39 "ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުން ޚާއްސަ ހެލްތު އެންޑް ފެމެލީ އެކްސްޕޯ އެއް ބާއްވަން ހެލްތް މިނިސްޓްރީން ނިންމައިފިއެވެ. ހެލްތު މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި އެކްސްޕޯ ބާއްވަން ތާވަލުކޮށްފައި ވަނީ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ނިންމާފައިވާ މި އެކްސްޕޯއާއި ގުޅޭގޮތުން މައުލޫމާތު ދެމުން އެ އިދާރާއިން ބުނީ ފާއިތުވި ދެ އަހަރުވެސް މި އެކްސްޕޯ…

ކުލި ނުދެއްކުމުން އެއްބަސްވުން ބާތިލުކޮށް، ރިވެލި ރެސްޓޯރެންޓު ހިންގާ ބިން އެޗްޑީސީއިން ނަގައިފި

02 Nov 2026, 18:40 ކުލި ނުދެއްކުމުގެ ސަބަބުން ވިޔަފާރީގެ އެއްބަސްވުން ބާތިލުކޮށް ހުޅުމާލޭގައި ހިންގަމުން އަންނަ ރިވެލި ރެސްޓޯރެންޓު ހިންގާ ބިން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ނަގައިފިއެވެ. އެޗްޑީސީއިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވަނީ، ހުޅުމާލޭގެ ލޮޓް ނަމްބަރު 10877 ގައި ސޮލާރިސް ހޮސްޕިޓާލިޓީ ޕްރައިވެޓް ލިމިޓެޑުން ހިންގަމުންދިޔަ ވިޔަފާރީގެ އެއްބަސްވުން ބާތިލުކޮށް، މިއަދުން ފެށިގެން އެ ބިން އެ ކޯޕަރޭޝަނުގެ ބެލުމުގެ ދަށަަށް ނެގުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ. އެހެންކަ…

ޔޫޕީއާރުގެ 53 ވަނަ ބައްދަލުވުން ފެށިއްޖެ: 14 ގައުމެއްގެ އިންސާނީ ހައްގުތަކުގެ ހާލަތު ބަލާނެ

02 Nov 2026, 17:36 އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ޔުނިވަރސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރު) ގެ 53 ވަނަ ސެޝަން ސުވިޓްޒަލެންޑުގެ ޖެނީވާގައި ހުންނަ ޕެލެސް ޑެ ނޭޝަންސްގައި މިއަދު ފަށައިފިއެވެ. ފޮރިން މިނިސްޓްރީން ބުނީ މިއަދު ފެށުނު މި ބައްދަލުވުން ދެ ހަފުތާގެ މުއްދަތަކަށް ދެމިގެންދާނެ ކަމަށާއި، މި ސެޝަން ނިމޭނީ 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. މި މުއްދަތުގެ ތެރޭގައި ޔޫޕީއާރު ވޯކިންގ ގްރޫޕުން އދ. ގެ މެންބަރު 14 ގައުމެއްގެ އިންސާނީ ހައްގުތަކުގެ ރެކޯޑުތައް ވަރަ…

މަސްތުވާތަކެތި ކަމަށް ބެލެވޭ 11 ރަބަރު ޕެކެޓާއެކު ހިފެހެއްޓުމުން ބުނީ އެއީ "ފޭކު" އެއްޗެހި ކަމަށް

02 Nov 2026, 17:44 މަސްތުވާތަކެތި ކަމަށް ބެލެވޭ 11 ރަބަރު ޕެކެޓާއެކު ހައްޔަރުކުރުމުން އެ ތަކެއްޗަކީ އޭނާއަށް މީހަކު ވިއްކި ފޭކު އެއްޗެހި ކަމަށް ޒުވާނަކު ބުނެފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު، ސްނޯ ލައިޓް، އުމުރުން 21 އަހަރުގެ މުޙައްމަދު ސާދިލް އިބްރާހީމެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅުމުގެ ތުހުމަތުގައެވެ. ކޯޓު އަމުރުގައި ވަނީ އޭނާ ހައްޔަރުކޮށްފައި ވަނީ ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި ހުށަހަޅާފައިވުމުން ކަ…

ލަގްޒަރީ ދަތުރުތަކަށް ޚާއްސަ "ކިންގް އެއާ 360" މަރުކާގެ މަތިންދާބޯޓެއް މޯލްޑިވިއަނުން ގެނެސްފި

02 Nov 2026, 18:02 ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ލަގްޒަރީ ދަތުރުތަކަށް ޚާއްސަކޮށްގެން އަލަށް ގެނައި "ކިންގް އެއާ 360" މަރުކާގެ މަތިންދާބޯޓު މިއަދު ހަވީރު ރާއްޖެ ގެނެސްފިއެވެ. މި ބޯޓަކީ "ނިލާ ކޮރަލްސް" އާ ގުޅިގެން މޯލްޑިވިއަނުން ފަށާ ލަގްޒަރީ އުދުހުންތަކަށް ގެނައި ބޯޓެކެވެ. މި ބޯޓު ރާއްޖެ އައުމާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އައިލެންޑް އޭވިއޭޝަން ސާވިސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ތަރައްގީގެ އ…

މޫނު ބުރުގާ އަޅައިގެން ވައްކަންކުރި މައްސަލައެއްގައި އިންޑިއާ ފިރިހެނަކު ހައްޔަރުކޮށްފި

02 Nov 2026, 18:18 ވައްކަމުގެ މައްސަލައެއްގައި މޫނު ބުރުގާ އަޅައިގެން އުޅުނު އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކު މިއަދު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ، ޝާހުލް ޔެހަޔާ އަބްދުލްރަޖާކު ނަމަކަށް ކިޔުނު 41 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ވައްކަމުގެ ތުހުމަތުގައެވެ. ކޯޓު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވުމުން…

ނާސަރީ ކުއްޖާގެ ގްރޭޑާ މެދު އަލުން ގޮތެއް ކަނޑައަޅަން ސުޕްރީމް ކޯޓުން އަންގައިފި

02 Nov 2026, 18:26 ޢުމުރު ހަމަނުވާތީ ސްކޫލުގައި ގްރޭޑް ބަދަލުނުކުރެވުނު ކުއްޖެއްގެ އެސެސްމަންޓުތަކަށް ބަލައި އެ ކުއްޖާ ހުންނަންޖެހޭ ގްރޭޑާމެދު އަލުން ގޮތެއް ނިންމުމަށް އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް ހައިކޯޓުން ކޮށްފައިވާ އަމުރު ސުޕްރީމް ކޯޓުން ބާޠިލުކޮށްފިއެވެ. މި މައްސަލައަކީ 2024 ވަނަ އަހަރު ދިރާސީ އަހަރަށް ގެނައި ބަދަލާ ގުޅިގެން ކަނޑައެޅި ޢުމުރު ހަމަނުވާތީ، ޕްރީސްކޫލް ކުއްޖަކު ނާސަރީއަށް ބަދަލުނުކޮށް ރިޕީޓްކުރަން މިނިސްޓްރީން ނިންމުމުން، އެ ކުއްޖާގެ ބެލެނިވެރިޔާ ކޯޓަށް ހުށަހެޅި މައްސަލައެ…

ޔުނައިޓެޑު ރެލިގޭޓުވުމަކީ މިހާރު އޮތް ހާލަތުން ވެދާނެ ކަމެއް: ޓެން ހާގް

02 Nov 2026, 16:31 އިނގިރޭސި ޕްރިމިއާ ލީގުން ޔުނައިޓެޑް ރެލިގޭޓްވުމަކީ މިހާރުގެ ހާލަތަށް ބަލާއިރު ހަގީގަތަކަށް ވުން ވަރަށް ގާތް ކަމެއް ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. އީއެސްޕީއެން އަށް ދިން އިންޓަވިއުއެއްގައި ޓެން ހާގް ބުނީ އިނގިރޭސި ޕްރިމިއާ ލީގަކީ ދުނިޔޭގެ އެންމެ ވާދަވެރި، އަދި ކޮންމެ ޓީމެއްގައިވެސް ވަރުގަދަ ސްކޮޑަކާއި ގާބިލު ކޯޗުން ތިބި ލީގެއް ކަމަށާއި އެހެންކަމުން ނަތީޖާތައް ގޯސްވެ ޓީމު ނުރައްކާތެރި ހާލަތަކަށް ވެއްޓިއްޖެނަމަ، އެއިން ސަލާމަތްވުމަކީ އިން…

ވޯލްޑް ކަޕްގައި ޕާފޯމްކުރި ސަންޖޯއީ ސާފް ޗެމްޕިއަންޝިޕް ފެށުމުގެ ރަސްމިއްޔާތުން ފެންނާނެ

02 Nov 2026, 17:12 ފީފާ ވޯލްޑް ކަޕްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ޕާފޯމްކޮށް، ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ބަންގްލަދޭޝްއަށް އުފަން އެމެރިކާގެ މަޝްހޫރު ޑީޖޭ އަދި މިއުޒިކް ޕްރޮޑިއުސަރު ސަންޖޯއީ މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ޕާފޯމްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ. ބަންގްލަދޭޝްގެ ޑާކާގައި ހުންނަ ނޭޝަނަލް ފުޓްބޯޅަ ސްޓޭޑިއަމްގައި މި މަހުގެ 5 އިން 17 އަށް ކުރިއަށްދާ "ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026" ގެ ހާއްސަ މެހެމާނެއްގެ ގޮތުގައި އޭނާ ފެނިގެންދާނީ އަނ…

ޑްރަގު ގެންގުޅެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މެދު އުމުރުގެ 4 މީހަކު ހައްޔަރުކޮށްފި

02 Nov 2026, 17:27 މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ ވިޔަފާރިކޮށް ޓްރެފިކުކުރާ ކަމުގެ ތުހުމަތުގައި މެދުއުމުރުގެ ހަތަރު މީހަކު މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ފުލުހުންގެ ޑްރަގު އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ އުމުރުން 38 އަހަރުގެ ފިރިހެނަކާއި 41 އަހަރުގެ ފިރިހެނަކާއި 41 އަހަރުގެ އަންހެނެއްގެ އިތުރުން 45 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ މައްސަލައާ ގުޅިގެން އެ ހަތަރު މީހުން ހައްޔަރުކޮށް މާލޭގ…

ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ޕީއެސް ވަކިކުރުމުގައި ތަފާތު ކުރުމެއް ނުގެންގުޅޭ: ޓްރައިބިއުނަލް

02 Nov 2026, 15:39 ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީގެ (ޕީއެސް) މަގާމުގައި ހުންނަވަނިކޮށް މަގާމުން ވަކިކޮށް، އަދި ފަހުން އެ މަގާމަށް މީހަކު ހޮވުމުގައި ވެސް ތަފާތުކުރުން ގެންގުޅެފައިވާ ކަމަށް ވިދާޅުވެ ފާޠިމަތު ޝައުފާ ހުށަހެޅުއްވި މައްސަލަ ސާބިތުނުވާ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅައިފިއެވެ. މި މައްސަލައަކީ މިދިޔަ އަހަރުގެ ޖަނަވަރީ ހަވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ޢައްޔަނުކުރެވުނު ލ. ފޮނަދޫ، ދޯޅަބުގެ، ފާޠިމަތު ޝައުފާ، އޭނާގެ ޕްރޮބޭޝަން މުއްދަތުގެ…

"އަދަދު"ގެ އޮފީހުން ގެންދިޔަ ލެޕްޓޮޕްތަކެއްގެ ޕާސްވޯޑު ދޭން ކޯޓުން އަމުރުކޮށްފި

02 Nov 2026, 15:47 މިދިޔަ މާރިޗު މަހު ފަހުކޮޅު "އަދަދު" ނޫހުން ދެއްކި ޑޮކިއުމެންޓަރީއެއްގެ މައްސަލައިގައި އެ ނޫސް ހިންގާ އޮފީހުން ގެންދިޔަ ޑިވައިސްތަކުގެ ޕާސްވޯޑު ފުލުހުންނަށް ދޭން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ. އަދަދު ނޫހުން ބުނީ، ކްރިމިނަލް ކޯޓުން އަމުރުކުރީ ފުލުހުން ގެންދިޔަ ޑިވައިސްތަކުގެ ތެރެއިން ހަތަރު މެކްބުކެއްގެ ޕާސްވޯޑު ދިނުމަށް ކަމަށެވެ. އެގޮތުން އެ މެކްބުކްތަކުން ޑޭޓާ އެކްސްޓްރެކްޓް ކުރަން ވާނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)އިން ކަނޑައަޅާ …

Loading fresh headlines…