ވަރުގަދަ ފްރާންސް ކަޓުވާލުމަށްފަހު ސްޕެއިން، ވޯލްޑް ކަޕުގެ ފައިނަލަށް
15 Jul 2026, 01:59 ފީފާ ވޯލްޑް ކަޕު 2026 ގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވަރުގަދަ ފްރާންސް 2-0 ގެ ނަތީޖާއަކުން ބަލިކޮށް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ސްޕެއިން ހޯދައިފިއެވެ. އެމެރިކާގެ ޑެލާސް ސްޓޭޑިއަމްގައި ކުޅުނު މި ފޯރިގަދަ މެޗުގައި ސްޕެއިނުން ވަނީ މެޗުގެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން، ފްރާންސްގެ ވަރުގަދަ އެޓޭކްތައް ހުއްޓުވުމުގައި ކާމިޔާބު ހޯދާފައެވެ. މެޗު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ސްޕެއިނުން ވަނީ މެޗުގެ 22 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ…