Live 203,883 stories Updated Nov 3, 2026
Showing: SUN
Browse topics SUN

SUN

Live feed

ސިންގަޕޫރުގެ ބިލިއަނަރު ޕީޓާ ލިމްގެ އަންހެން ދަރީގެ އަތުން ވައްކަންކޮށް، ކުންފުނީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި މުވައްޒަފަކު ޖަލަށް

03 Nov 2026, 13:54 ސިންގަޕޫރުގެ މަޝްހޫރު މަހުޖަނު ޕީޓާ ލިމްގެ ދަރިކަނބަލުން ކިމް ލިމްގެ ތިޖޫރީން އަގުބޮޑު ގަޑިއަކާއި ފައިސާ ވަގަށް ނަގައި، ކުންފުނީގެ ކްރެޑިޓް ކާޑު އަމިއްލަ ބޭނުންތަކަށް ބޭނުންކުރުމުގެ އިތުރުން މަސްތުގެ ހާލަތުގައި ކުންފުނީގެ ކާރު ދުއްވި އޭނާގެ ކުރީގެ މުވައްޒަފަކު 22 މަސްދުވަހަށް ޖަލަށްލުމަށް ސިންގަޕޫރުގެ ކޯޓަކުން އިއްޔެ ހުކުމްކޮށްފިއެވެ. މެލޭ މެއިލްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ އުމުރުން 33 އަހަރުގެ ޓޭ ޖިންގް ވެން ނަމަކަށް ކިޔާ އަންހެނެއްގ…

ވަޓްސްއެޕް މެސެޖުތަކުގައިވާ ނަންބަރާއި އެޑްރެސްތައް ފަސޭހައިން ހޯދޭ އާ ފީޗާއެއް ތައާރަފުކުރަނީ

03 Nov 2026, 13:57 ވަޓްސްއެޕް މެސެޖުތަކުގައިވާ ނަންބަރާއި އެޑްރެސްތައް ފަސޭހައިން ހޯދޭ އާ ފީޗާއެއް ތައާރަފުކުރުމުގެ މަސައްކަތް މެޓާޢިން ފަށައިފިއެވެ. މިއީ އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް ޗެޓުތަކުގައި ހުންނަ ފޯނު ނަންބަރާއި، އެޑްރެސް، އަދި ތާރީޚު ފަދަ މައުލޫމާތުތަކަށް ސީދާ ފަސޭހައިން އަމަލުކުރެވޭނެ ގޮތް ހަދައިދިނުމަށް "ސްމާޓް ޓެކްސްޓް އެކްޝަންސް" ގެ ނަމުގައި އިތުރުކުރާ ފީޗާއެކެވެ. މި ފީޗާ މިހާރު ދޫކުރަން ފަށާފައިވަނީ އެންޑްރޮއިޑް އަދި އައިއޯއެސްގެ އެންމެ ފަހުގެ ވާޝަން ބޭނުންކުރާ މަދު ބަޔަކަށ…

ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ގިނަ ސްކޭމްތަކެއް، ހަ ދުވަސްތެރޭ 17 މައްސަލަ ރިޕޯޓުކޮށްފި

03 Nov 2026, 13:58 ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވެފައިވާ ކަމަށާއި، މިދިޔަ މަހުގެ ފަހު ހަ ދުވަހުގެ ތެރޭގައި އެކަނިވެސް ސްކޭމްގެ 32 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. މިދިޔަ އޮކްޓޯބަރު މަހުގެ 25 އިން ފެށިގެން 31 ގެ ނިޔަލަށް ހުށަހެޅުނު މި މައްސަލަތަކުގައި ޖުމްލަ 737,695.26 ރުފިޔާ އާންމުންގެ އަތުން ގެއްލިފައިވާއިރު، އޭގެ ތެރެއިން އަނބުރާ ހޯދިފައިވަނީ 144,558.26 ރުފިޔާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. ފުލުހުން އާންމުކުރި ތަފާސްހިސާ…

މާލެ ސަރަހައްދަށް މިއަދު ކެރީގެ އަސަރު ކުރާނެ، ނަމަވެސް ކުރިއަށް އޮތީ މޫސުން ރީތި ދުވަސްތަކެއް: މެޓް

03 Nov 2026, 14:02 މާލެ ސަރަހައްދަށް މިއަދު ކެރީގެ އަސަރު ކުރާނެ ކަމަށާއި ނަމަވެސް ކުރިއަށް އޮތީ މޫސުން ރީތި ދުވަސްތަކެއް ކަމަށް މޫސުމާ ބެގޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ. 'ސަން' އަށް މައުލޫމާތު ދެމުން މެޓް އޮފީހުން ބުނީ މާލެ ސަރަހައްދަށް މިއަދު ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެ ކަމަށާއި ނަމަވެސް ދިގު ދެމިގެންދާ ގޮތަކަށް ވާރޭވެހޭނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ. އަތޮޅުތެރޭގެ އެކި ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ދެކުނުގެ ހިސާބުތަކަށް ވެސް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރާނ…

ވަންޕްލަސް 16ޓީ 200، މެގަޕިކްސެލްގެ ދެ ކެމެރާއާއެކު ނެރެނީ

03 Nov 2026, 14:05 ޗައިނާގެ ވަންޕްލަސް ކުންފުނިން އަލަށް ނެރުމަށް ތައްޔާރުވަމުންދާ "ވަންޕްލަސް 16ޓީ" ސްމާޓްފޯނުގައި 200 މެގަޕިކްސެލްގެ ދެ ކެމެރާ ހިމެނޭނެ ކަމަށް ލީކުވެފައިވާ މައުލޫމާތުތަކުން ހާމަވެއްޖެއެވެ. ޗައިނާގެ ޓެކް ލީކްސް ހާމަކުރާ މަޝްހޫރު ފަރާތެއް ކަމަށްވާ "ޑިޖިޓަލް ޗެޓް ސްޓޭޝަން" އާ ހަވާލާދީ އާންމުވެފައިވާ މައުލޫމާތުތަކުގައިވާ ގޮތުން، މި ފޯނުގެ ފަހަތުގައި އޯއައިއެސް (އޮޕްޓިކަލް އިމޭޖް ސްޓެބިލައިޒޭޝަން) އެކުލެވޭ 200 މެގަޕިކްސެލްގެ މެއިން ކެމެރާއެއްގެ އިތުރުން 200 މެގަޕިކްސެލްގެ ޕެރިސްކޯޕް…

ސްކޭމް ހިންގާ ޒުވާނުންނަށް ލުއި އަދަބު ނުދެވޭ ގޮތަށް ސިންގަޕޫރުގެ ޤާނޫނު ހަރުކަށި ކުރަނީ

03 Nov 2026, 14:06 ސިންގަޕޫރުގައި މަކަރާއި ހީލަތް (ސްކޭމް) ހެދުމާއި އެފަދަ ކަންކަމަށް މަގުފަހިކޮށްދޭ ކުށްތަކަށް އަރައިގަންނަ ޒުވާނުންނަށް، އިސްތިސްނާ ހާލަތްތަކެއްގައި މެނުވީ، އަސާސީ އަދަބެއްގެ ގޮތުގައި ޖަލު ހުކުމް ނުވަތަ ރިފޯމެޓިވް ޓްރެއިނިންގ ދިނުން ލާޒިމުކުރާ ގޮތަށް ޤާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅައިފިއެވެ. ސީއެންއޭގައިވާ ގޮތުން، ސިންގަޕޫރުގެ މިނިސްޓްރީ އޮފް ހޯމް އެފެއާޒް (އެމްއެޗްއޭ) އިން ވަނީ މިކަމާ ގުޅޭ "ސެންޓެންސިންގ (ސްކޭމްސް) ބިލް" ގެ ފުރަތަމަ ކިޔުން އަންގާރަ ދުވަހު އެ ޤަ…

މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު ހުރިހާ ސަރަހައްދުތަކަށް އަލުން ކަރަންޓު ދީފި

03 Nov 2026, 14:09 ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ޚިދުމަތް ކެނޑުނު ހުރިހާ ސަރަހައްދުތަކަށް މިހާރު ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށާއި މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ބުނީ މިއަދުގެ 01:12 ހާއިރުގައެވެ. އެއަށްފަހު ދެންމެ ސްޓެލްކޯއިން ވަނީ…

ކަޅުތުއްކަލާ ކޮށީގައި 15 ފަންގިފިލާގެ އިމާރާތެއް ދެ އަހަރުން އަޅަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

03 Nov 2026, 12:57 މިއަހަރުގެ ރިޔާސީ ބަޔާނުގައި ސިފައިންގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރުކޮށް، ވަސީލަތްތައް ގާއިމުކުރުމަށް ޚާއްސަކޮށްގެން ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވާފައިވާ ކަޅުތުއްކަލާ ކޮށީގެ 15 ބުރީގެ އުމްރާނީ ބިނާ މަޝްރޫއުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި މިކަމަށްޓަކައި އިއްޔެ ބަންޑާރަކޮށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޑިޒައިން އެންޑް ކޮންސްޓްރަކްޝަން އުސޫލުން ޗައިނާގެ ރޯޓައިމް އިންޖިނިއަރިނ…

ސަން ޕޯލް: މެންބަރުންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންނަށް ކުރާ ޚަރަދު ދެއްކި ނަމަވެސް ގިނަ ރައްޔިތުން ދެކެނީ އެއީ "ރިޝްވަތު" ކަމަށް

03 Nov 2026, 12:59 ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިން ދާއިރާގެ ރައްޔިތުންގެ ވަކިވަކި ބޭނުންތަކަށް ޚަރަދުކުރުމަކީ ރިޝްވަތު ދިނުމާއި ވޯޓު ހޯދުމަށް ކުރާ ކަމެއްގެ ގޮތުގައި ޢާންމުންގެ އަޣުލަބިއްޔަތުން ދެކޭކަން "ސަން އޮންލައިން"ގެ ޚިޔާލު ހޯދުމުގެ ޕޯލުން ހާމަވެއްޖެއެވެ. މަޖިލިސް މެންބަރުންނާއި ދައުލަތުގެ ބައެއް އިސް މަޤާމުތަކުގެ މުސާރަ ބޮޑުކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރުމާ ގުޅިގެން ހޫނު ބަހުސެއް އުފެދިފައިވުމާއެކު ކުރިއަށްގެންދިޔަ މި ޕޯލްގައި ވޯޓުދިން މީހުންގެ 53.5 އިންސައ…

ގޭސްފުޅި ގޮވި ހާދިސާ: ފަރުވާދެމުން ދިޔަ ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

03 Nov 2026, 13:17 ހުޅުމާލެ ރުއްގަނޑު އެކެއް ކައިރީގައި ހުންނަ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލުގައި އެޑްމިޓްކުރި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. ހުޅުމާލެ ރުއްގަނޑު އެކެއް ކައިރީގައި ހުންނަ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގީ އާދިއްތަ ދުވަހުގެ ހެނދުނު 10 ޖަހާކަށް ހާއިރުއެވެ. 'ސަން' އަށް މައުލޫމާތުދެމުން އެ ދުވަހު ހުޅުމާލޭ ހޮސްޕިޓަލުން ބުނީ، އަލިފާނުގެ ހާދިސާއާ …

ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

03 Nov 2026, 13:29 ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ. ސްޓެލްކޯއިން މައުލޫމާތު ދިން ގޮތުގައި ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ. އަދި މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ބުންޏެވެ. https://x.com/STELCOMALDIVES/status/2117530393427558520 އެ ކުނ…

ދުޝްމަނުންނާއި ޚާއިނުންގެ ނުބައި ރޭވުންތަކުން ދިވެހި ގައުމު ސަލާމަތްކުރަން އެއްބައިވަންތަ ބަޔަކަށް ވާންޖެހޭ: ވަޒީރު

03 Nov 2026, 11:45 މިއަދު ނަސްރުގެ ދުވަސް ފާހަގަކުރާއިރު، އަޅުގަނޑުމެން އެންމެން ވެސް ވާންޖެހޭނީ ގައުމުގެ ދުޝްމަނުންނާއި ޚާއިނުންގެ ނުބައި ރޭވުންތަކުން މި ގައުމު ސަލާމަތްކުރުމުގައި އެއްބައިވަންތަކަމާ އެކު މަސައްކަތްކުރާ، ދީނާއި ގައުމުދެކެ ލޯބިވާ ބަޔަކަށް ކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ވިދާޅުވެއްޖެއެވެ. ނަސްރުގެ ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާ، ޕީއެސްއެމް މެދުވެރިކުރައްވައި ދެއްވި ޚާއްޞަ މެސެޖެއްގައި ވަޒީރު ވިދާޅުވީ، 3 ނޮވެމްބަރު 1988 އަކީ ބޭރު…

Loading fresh headlines…