Live 203,905 stories Updated Nov 4, 2026
Showing: SUN
Browse topics SUN

SUN

Live feed

އެމެރިކާގެ ސެނެޓަށް ފުރަތަމަ ފަހަރަށް މުސްލިމް މެންބަރަކު އިންތިޚާބުވެއްޖެ

04 Nov 2026, 13:46 އެމެރިކާގެ ސިޔާސީ ތާރީޚުގައި މުޅިން އާ ސަފްޙާއެއް ލިޔެވުނު މި ފަހަރުގެ މިޑްޓާމް އިންތިޚާބުގައި، އެމެރިކާގެ ސެނެޓަށް ފުރަތަމަ ފަހަރަށް މުސްލިމް މެންބަރަކު އިންތިޚާބުވެއްޖެއެވެ. މި ތާރީޚީ ކާމިޔާބީ ހޯއްދަވާފައިވަނީ މިޝިގަން ސްޓޭޓުން ވާދަކުރެއްވި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަބްދުއްސައްޔިދެވެ. މިޝިގަންގެ ހުސްވެފައިވާ ސެނެޓް ގޮނޑިއަށް ވާދަކުރައްވައި އަބްދުއްސައްޔިދު މި ކާމިޔާބީ ހޯއްދެވީ ރިޕަބްލިކަން ޕާޓީގެ ތަޖުރިބާކާރު ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކޮށް، ކުރިހޯއްދަވައިގެންނެވެ.…

ރާއްޖެއަށް ކުރި ދަތުރުގައި ލިބުނު މެހެމާންދާރީއަށް އިންޑިއާގެ ސުޕަސްޓާރު މޯހަންލާލްގެ ތައުރީފް

04 Nov 2026, 14:10 ރާއްޖޭގެ ލަގްޒަރީ ރިސޯޓެއް ކަމަށްވާ ކުޑަ ވިލިނގިލި ރިސޯޓުގައި ހޭދަކުރި ޗުއްޓީއަށްފަހު، އެ ރިސޯޓުގެ ހިތްގައިމު މާޙައުލަށާއި ފުރިހަމަ މެހެމާންދާރީއަށް އިންޑިއާގެ މަލަޔާލަމް ސިނަމާގެ ލެޖެންޑަރީ އެކްޓަރު މޯހަންލާލް ވަރަށް ބޮޑަށް ތަޢުރީފުކޮށްފިއެވެ. ރާއްޖޭގައި ހޭދަކުރި އުފާވެރި ދުވަސްތަކުގެ ހަނދާންތައް ހިއްސާކުރަމުން މޯހަންލާލް ބުނީ، ކުޑަ ވިލިނގިލީގައި އޭނާ ހޭދަކުރި ތިން ދުވަހަކީ ހިތުން ދުވަހަކުވެސް ފޮހެވިގެން ނުދާނޭ ފަދަ އާދަޔާ ޚިލާފު އަދި އެހާމެ ހިތްގައިމު ތަޖުރިބާއެއް ކަމަށެވެ. …

މި ސަރުކާރަށް އިތުރު 15 އަހަރު ދީފިނަމަ ޑޮލަރު ރޭޓު ހުންނާނީ 10 ރުފިޔާގައި: ފަލާޙް

04 Nov 2026, 14:20 ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް އިތުރު 15 އަހަރު ލިބިއްޖެނަމަ ޑޮލަރުގެ ރޭޓު ހުންނާނީ 10 ރުފިޔާއަށް ތިރިވެފައި ކަމަށް، ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް މިއަދު ވިދާޅުވެއްޖެއެވެ. އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި މައްސަލައަށް ބަހުސްކުރައްވަމުން ފަލާޙް ވިދާޅުވީ، ޑޮލަރުގެ އަގު ބޮޑުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރު…

އެތުލެޓިކޯ އަތުން ބަޔާންއަށް އުނދަގޫ މޮޅެއް؛ ބެލޮން ޑި އޯ ލިބުނު ފަހުން ކޭންގެ ގޯލެއް ނުފެނި ދެވަނަ މެޗު

04 Nov 2026, 12:44 ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗު 0-2 ގެ ނަތީޖާއިން ބަޔާން މިއުނިކް ކާމިޔާބުކޮށްފިއެވެ. އެތުލެޓިކޯ މެޑްރިޑްގެ ރިޔާދު އެއާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިފައިވާ މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ލަނޑެއް ނުޖެހިއެވެ. ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ނުވަވަނަ މިނެޓުގައި ބަޔާން މިއުނިކްގެ ޒުވާން ކުޅުންތެރިޔާ ލެނާޓް ކާލް ވަނީ ލަނޑެއް ޖަހައި، އެޓީމަށް ލީޑު ނަގައިދީ…

އިންތިޚާބުން ނާކާމިޔާބުވީ އީރާން ހަނގުރާމައިގެ ސަބަބުން: ޓްރަމްޕް

04 Nov 2026, 13:01 އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީގައި އީރާނާއެކު ކުރިއަށްދާ ހަނގުރާމައިގެ އަސަރު ފޯރާފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އެއްބަސްވެވަޑައިގެންފިއެވެ. މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، އިންތިޚާބުން ނުކުތް ހިތި ނަތީޖާގެ މައިގަނޑު އެއް ސަބަބަކީ އީރާނުގެ މައްސަލަ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ޚާއްސަކޮށް ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އާދަޔާޚިލާފަށް އުފުލި، އާންމުންގެ ދިރިއުޅުމުގެ ޚަރަދުތ…

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފި

04 Nov 2026, 13:17 ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ. މިއީ ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް)ގެ ދަށުން ޒުވާނުން ބާރުވެރިކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަދި މިއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައާރަފްކުރި މިފަދަ ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ. ދިރާގުން ބުނި ގޮތުގައި މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުވުމެވެ. އަދި މި ޕްރޮގްރާމް މެދުވެރިކޮށް ބައިވެރިންނަށ…

އެމެރިކާގެ އިންތިޚާބާއި ބައިނޭންސް ހެކްކުރުމާއެކު ކްރިޕްޓޯގެ އަގުތައް ވެއްޓިއްޖެ

04 Nov 2026, 13:21 އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ޤާނޫނުހަދާ މަޖިލީހުގެ ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓިކް ޕާޓީން ހޯދުމާއި، ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް ކަމަށްވާ ބައިނޭންސް އަށް ދިން ހެކިން ހަމަލާއާ ގުޅިގެން ކްރިޕްޓޯކަރަންސީ މާކެޓަށް ބޮޑު ލޮޅުމެއް އައިސް، އަގުތައް ދަށަށް ގޮސްފިއެވެ. ޑިޖިޓަލް އެސެޓްތަކުގެ ޤަވާއިދުތައް ލުއިކުރުމަށް ވަކާލާތު ކުރަމުންދާ ކްރިޕްޓޯ ސިނާއަތަށް މި ނަތީޖާއަކީ ލިބުނު ބޮޑު ގޮންޖެހުމެކެވެ. ކްރިޕްޓޯ ކުންފުނިތަކަށް ޤާނޫނީ ގޮ…

ކުރީ ސަރުކާރުގެ ފަހު 3 އަހަރަށްވުރެ 80 އިންސައްތަ އިތުރަށް ޑޮލަރު ދޫކޮށްފައިވާނެ: ސައީދު

04 Nov 2026, 11:51 ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ފަހު ތިން އަހަރާ އަޅާ ބަލާއިރު، މި ސަރުކާރުގެ ފުރަތަމަ ތިން އަހަރު ތެރޭ 80 އިންސައްތަ އިތުރަށް ރަސްމީ ރޭޓުގައި އެކި ބޭނުންތަކަށް ޑޮލަރު ދޫކޮށްފައިވާ ކަމަށް، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. އިދިކޮޅު އެމްޑީޕީން ސަޢީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖަވާބުދެއްވަމުން ސަޢީދު ވިދާޅުވީ ޞާލިޙްގެ ސަރުކާރުގައި ޓެލެގްރާފިކް ޓްރާންސްފާ…

ސްކޭމްގެ މައްސަލައެއްގައި މައްސަލަ ހިނގިތާ ގިނަ ދުވަސްތަކެއް ފަހުން މީހަކު ހައްޔަރުކޮށްފި

04 Nov 2026, 11:52 ސްކޭމްގެ މައްސަލައެއްގައި އެކަން ހިނގިތާ ގިނަ ދުވަސްތަކެއް ފަހުން އިއްޔެ މީހަކު ހައްޔަރުކޮށްފިއެވެ. މިމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މާލެއަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ މުޙައްމަދު ރީޙާންއެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ޖަހާފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވުމުން ކަމަށް ކޯޓު އަމުރުގައިވެއެވެ. އެގޮތުން ފުލުހުންގެ ފަރާތުން ބޭންކަށް ފޮނުވާފަ…

މިފަހަރު ވެސް ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް ސަލީމް، ނައިބު މުގައްރިރަކަށް ފަޒާދު

04 Nov 2026, 11:53 އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރުކަމަށް މަޖިލީހުގެ ނައިބު ރައީސް އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ސަލީމް، އަދި ނައިބު މުގައްރިރުކަމަށް ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދު އައްޔަންކޮށްފިއެވެ. މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ސަލީމާއި، އިގްތިސޯދީ ކޮމިޓީގެ މުގައްރިރުކަން ކުރައްވާ ފަޒާދު އައްޔަންކުރަން ބަޖެޓު ކޮމިޓީން ނިންމީ ބައްދަލުވުމުގ…

މިނިސްޓަރު ސަޢީދުގެ އިތުބާރު ނެތް ކަމަށް ފާހެއްނުވި

04 Nov 2026, 11:57 އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފަރާތުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ ވެރިކަންކުރާ ޕީއެންސީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ބޭރުކޮށްލައިފިއެވެ. ސަޢީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް އެމްޑީޕީގެ މެންބަރުން ހުށަހެޅީ މިދިޔަ އޮގަސްޓު މަހެވެ. ނަމަވެސް އެ މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ މައްސަލަ ހުށަހެޅިތާ ތިން މަސް ފަހުން މިއަދެވެ. މި މައްސަލައަށް ބަހުސްކޮށް ނިމި، ސަޢީދުގެ އިތުބާރު ނެތް ކަމަށް ރިޔާސަތު…

ކައުންސިލުގެ އިޙްތިޞާޞުން 14 ބިމެއް ދައުލަތަށް ނެގި މައްސަލައިގައި ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

04 Nov 2026, 12:09 މަސް މާރުކޭޓާއި ސަލްޓަން ޕާކާއި ކާނިވާ ސަރަހައްދު ހިމެނޭހެން މާލޭ ސަރަހައްދުގެ 14 ބިމެއް މާލޭ ސިޓީ ކައުންސިލުގެ ދަށުން ނަގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަން ނިންމުމަކީ ކައުންސިލުގެ ބާރުތައް ހަނިވެ، އާންމުންނަށް ފައިދާވާ މަޝްރޫއުތައް ހިންގަން ދަތިވެ، އަދި އެކަމުގެ އާންމުންނަށް ގެއްލުންވާނެ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފިއެވެ. ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް ހުށަހެޅުއްވި ގަރާރަށް ބަހުސްކުރަން ފެނޭތޯ ރިޔާސ…

Loading fresh headlines…