މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ދެ ފަހަރު ރައްޔިތުން ޖެހިފައިވާ ކަމަށާއި، ތިން ވަނަ ފަހަރަށް ވެސް އެ ސްކޭމް ގައި ޖެއްސުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.