Live 5,245 stories Updated Apr 22, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން، މަސައްކަތް ނުކުރާ މުވައްޒަފުންނަށާއި މީޑިއާތަކަށް ފައިސާ ދޭ މައްސަލަ މަޖިލީހަށް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ މުއައްޡަފުންގެ ތެރެއިން، މަސައްކަތް ނުކުރާ މުވައްޒަފުންނަށާއި މީޑިއާތަކަށް ފައިސާ ދޭ މައްސަލަ މަޖިލީހަށް ހުށަހަޅައިފި އެވެ.

މަޖިލީހުގެ އެންމެ މުހިއްމު ދެ ކޮމިޓީ އިން ވެސް ނާޒިމް ވަކި ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިއްމު ދެ ކޮމިޓީ ކަމަށް ވާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީ އިން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކޮށްފި އެވެ.

ސަރުކާރުގެ ވިސްނުން ހުރީ މި ސަރުކާރުން އަލަށް ފަށާ ކަންކަން ކުރަން، މަޝްރޫޢުތައް ހުއްޓި އިތުބާރު ގެއްލުނު ހިސާބަކީ އެއީ: ފުވައްމުލަކު މޭޔަރ

ސަރުކާރުގެ ވިސްނުން ހުރީ މި ސަރުކާރުން އަލަށް ފަށާ ކަންކަން ކުރަން، މަޝްރޫޢުތައް ހުއްޓި އިތުބާރު ގެއްލުނު ހިސާބަކީ އެއީ ކަމަަށް ފުވައްމުލަކު ސިޓީގެ މޭޔަރ އިސްމާޢީލް ރަފީޤް ވިދާޅުވެއްޖެއެވެ.

މި ސަރުކާރުން މަސްވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފަރުމާ ކޮށްފައިވަނީ ހުރިހާ ގޮތަކުން މަސްވެރިންނަށް އުނދަގޫ ކުރެވޭނެ ގޮތަށް: ނާޒިލް

މި ސަރުކާރުން މަސްވެރިކަމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގައި ގިނައީ މަސްވެރިންގެ އަތުން ފީ ނެގޭނެ ވާހަކައާ މަސްވެރިން ޖޫރިމަނާ ކުރެވޭނެ ވާހަކަ ކަމަށާ މި ބިލު ފަރުމާ ކުރެވިފައިވަނީ ވީހާ ވެސް ގިނަ ގޮތްގޮތުން މަސްވެރިންނަށް އުނދަގޫ ކުރެވޭނެ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދ…

ފުލުހުންގެ ވަޒީފާއިން ވަކިކުރި ޝިޔާމަށް އަލުން ވަޒީފާ ދޭން ކުރި ހުކުމުގައި ހިމެނޭ 12 އަހަރުގެ މުސާރަ އާއި އިނާޔަތުގެ ބައި އިސްތިއުނާފްކުރަނީ

ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހްމަދު ޝިޔާމް ފުލުހުންގެ ވަޒީފާ އިން ވަކިކުރީ ރަނގަޅަށް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފައިވާއިރު، އެ ޙުކުމުގައިވާ ފައިސާގެ ބަދަލުގެ ބައި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ދައުލަތުން ނިންމައިފިއެވެ.

މަޖިލީހުން ފާސްކުރާ ޤާނޫނުތަކާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ހަދަންޖެހޭ ޤަވާއިދުތައް ނުހަދާތީ މެމްބަރު ޒިޔާދުގެ ކަންބޮޑުވުން!

މަޖިލީހުން ފާސްކުރާ ޤާނޫނުތަކާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ހަދަންޖެހޭ ޤަވާއިދުތައް ނުހަދާތީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ބީއެމްއެލްގެ ޖުމްލަ އެސެޓް ފުރަތަމަ ފަހަރަށް 60 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެއްޖެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޖުމްލަ އެސެޓް 60 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާ ކަމަށް ބޭންކުން ހޯމަ ދުވަހު ނެރުނު މިއަހަރުގެ ފުރަތަމަ ކުއަޓަރ ރިޕޯޓުން ދައްކައިފި އެވެ.

އިދިކޮޅު މުޒާހަރާތަކާއި ގުޅިގެން ފިޔަވަޅެއް އެޅުމުގެ ވިސްނުމެއް ނެތްކަމަށް ވިދާޅުވިތާ 12 ގަޑިއިރު ނުވަނީސް މުޒާހަރާކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލައިފި

މުޒާހަރާތަކުގައި މިންގަނޑާ ހިލާފުވާކަމަށާއި ފިޔަވަޅެއް އެޅުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހޯމަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިތާ 12 ގަޑި އިރު ނުވަނީސް މުޒާހަރާތަކުގައި ހިޔާލުފާޅުކުރުމުގެ ހައްގު އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތެއްގެމަތިން ބޭނުން ކުރު…

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ވީޑިއޯ އާއި ފޮޓޯ ގަނެ ވިއްކާ ކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ގަނެ ވިއްކިކަ މަށް ތުހުމަތުކުރެވޭ ދިވެހި ޒުވާނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

Loading fresh headlines…