Live 13,999 stories Updated Oct 18, 2026
Showing: PSM
Browse topics PSM

PSM

Live feed

މިހާތަނަށް 34 ނޫސް މަޖައްލާ ރަޖިސްޓްރީކޮށްފި

މި އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހާ ހަމައަށް ރީ-ރަޖިސްޓްރީ ނުކުރާ ނޫސްމަޖައްލާތަކުގެ ރަޖިސްޓްރީ، އައު ޤަވާއިދުގެ ދަށުން ބާތިލުވާނެ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ހިންގަމުން އަންނަ ނޫސް މަޖައްލާތައް މީގެކުރިން ރަޖިސްޓްރީވާން ޖެހެނީ، އެއިރަކު …

މާޓިނޭޒް އޮޕަރޭޝަނަކަށް, އެނބުރި އަންނަން ދެތިން ހަފުތާ ހޭދަވާނެ

ޗެލްސީގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް އޮޕަރޭޝަނެއް ކުރަންޖެހި, އެނރި އަންނަން ދެތިން ހަފްތާ ހޭދަވާނެ ކަމަށް ބުނެފިއެވެ. މިސީޒަނުގައި ޗެލްސީއަށް ބަދަލުވި, އާޖެންޓީނާގެ އެއްވަނަ ކީޕަރަށް އަނިޔާވީ އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އެވަޓަންއާ ވާދަކުރި މެޗުގައެވެ. އެވަޓަންގެ ޑިފެންޑަރު ޖެރާޑް ބްރަންތްވެއިޓް…

ސައުދީގެ ދިފާއުގައި ފިޔަވަޅު އަޅަން މިޞްރުގެ މަޖިލީހުގެ ރުހުމަށް އެދިއްޖެ

ސަޢުދީ ޢަރަބިއްޔާއިން އެދިއްޖެ ޙާލަތެއްގައި އެ ޤައުމުގެ ދިފާޢުގައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އެޅުމަށް މިޞްރު ތައްޔާރަށް އޮތް ކަމުގައި އެ ޤައުމުގެ ރައީސް ޢަބްދުލް ފައްތާޙް އަލް-ސީސީ ހާމަކުރައްވައިފިއެވެ. ސަޢުދީއަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި މިޞްރުގެ އަސްކަރީ އެކަޑަމ…

ކިނޮޅަހުގައި ޤާއިމުކުރާ ކުޅިވަރު ވަސީލަތްތަކާއެކު ޝަކުވާތަކަށް ނިމުމެއް

ރ. ކިނޮޅަހަކީ ކުޅިވަރަށް ލޯބިކުރާ، އަދި އަތޮޅު ފެންވަރާއި ޤައުމީ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ފަދަ މުހިންމު ކާމިޔާބީތަކެއް ކުޅިވަރުގެ ރޮނގުން ހޯދަމުން އަންނަ ޒުވާނުންތަކެއް ދިރިއުޅޭ ރަށެކެވެ. މިއާއެކު ސަރުކާރުން އަންނަނީ އެރަށުގައި ކުޅިވަރުގެ ވަސީލަތްތަކެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރައްވަމުނ…

ސައިބަރ ކުށުގެ %68 އަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ކުށްތައް

ރާއްޖޭގައި ހިންގާ ސައިބަރ ކުށުގެ %68 އަކީ، ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ކުށްތައް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ މިހެން ވިދާޅުވީ، ސައިބަރ ސެކިއުރިޓީއަށް ހޭލުންތެރިކުރުމުގެ މަހާ ގުޅުވައިގެން ނެރުއްވި ޚާއްސަ ޚިތާބުގައެވެ. ކޮމިޝަނަރ އޮފް ޕޮލިސް އަޙް…

ޔަހޫދީ ވަޒަންވެރިން ވިލާތުގެ ޚާރިޖީ ވަފުދަކަށާއި އާންމުންނަށް ހަމަލާދީފި

ޔަހޫދީންގެ ނިރުބަވެރި ދައުލަތުން ޣައިރުޤާނޫނީ ގޮތުގައި ވެރިވެގަނެގެން އުޅޭ ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވަމުންދިޔަ ފަލަސްޠީނުގެ އާންމު ރައްޔިތުންނަށާއި، ވިލާތުގެ ޚާރިޖިއްޔާގެ އިސް ބޭފުޅުންގެ ވަފްދެއްގެ އިތުރުން ފަރަންސޭސިވިލާތުގެ މޭޔަރަކަށް، ހައްދުފަހަނައެޅި ޔަހޫދީ ވަޒަންވެރިން އަނިޔާވެރި ހަމަލާ…

މަދިރި އާލާވާ މިންވަރު އިތުރުވާތީ ޑެންގޫއަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ވިއްސާރަ ދުވަސްވަރާ ގުޅިގެން، މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޑެންގީ ހުމަށް ރައްކާތެރިވުމަށް ދުރާލައި ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާޒްކޮށްފިއެވެ. ވިއްސާރަވެ ފެން ހަރުލުމުގެ ސަބަބުން މަދިރި އާލާވާ މިންވަރު އިތުރުވާކަން ފާހަގަކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވީ އެ…

އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރާ އުނގޫފާރުގައި ތަރައްޤީގެ މުހިންމު މަސައްކަތްތަކެއް

ރ. އަތޮޅު އުނގޫފާރަކީ އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. ރަށުގެ އާބާދީއަކީ 1900 ނަމަވެސް، ދިރިއުޅޭ އާބާދީ 2500އިން މަތިކަމަށް އަންދާޒާކުރެވެއެވެ. ތަޢުލީމާ ސިއްޙީ ޚިދުމަތަށް އެރަށުގައި އެތަށް އާއިލާއެއް ހިޖުރަކޮށް ދިރިއުޅެއެވެ. އުނގޫދާރަކީ ސަރުކާރުން އަރބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްޤީކުރަން ނިންމާ…

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ ތެޔޮ ޓޭންކަރެއް މައިނެއްގައި ޖެހި ރޯވެއްޖެ

ހުރްމުޒް ކަނޑުއޮޅި ހުރަސްކުރަން އުޅުނު ސާފުނުކުރާ ތެޔޮ އުފުލާ ދެ ޓޭންކަރެއް، ކަނޑުއަޑީގެ މައިންތަކެއްގައި ޖެހިގެން ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އީރާނުގެ އިންޤިލާބީ ފައުޖު، އައިއާރްޖީސީގެ ކަނޑުގެ ސިފައިންނާ ޙަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނެފަ…

މަސްތުވާތަކެއްޗާއި ބަނގުރަލުގެ އޮޕަރޭޝަން: ރަސްދޫއިން 9 މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ބަނގުރަލާ ގުޅޭ އޮޕަރޭޝަނެއްގައި އއ. ރަސްދޫއިން 9 މީހުން ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި އޮޕަރޭޝަނަކީ މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ އެތަކެތި ބޭނުންކޮށް، ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ރަސްދޫގައި ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މިއީ، ފުލުހުންގެ …

ޔޫކްރެއިނުގެ އުމްރާނީ ވަސީލަތްތަކާއި އުޅަނދުފަހަރަށް ރަޝިއާގެ ވަރުގަދަ ހަމަލާތަކެއް

ރަޝިއާއާއި ޔޫކްރެއިނާ ދެމެދު ރޭގަނޑުގެ ވަގުތުގައި ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށް، ދެ ޤައުމުގެ މުހިންމު އުމްރާނީ ވަސީލަތްތަކަށާއި މުދާ އުފުލާ އުޅަނދުފަހަރަށް ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. ޔޫކްރެއިނުން ރަޝިއާގެ ވެރިރަށަށް އަމާޒުކޮށް ގިނަ އަދަދެއްގެ ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމުގައި ރަޝިއާއިން …

އަހަރު ނިމޭއިރު 442 އޮޑިޓުގެ މަސައްކަތް ނިމޭނެ

މިއަހަރު ނިމޭއިރު 442 އޮޑިޓް ނިންމައި، އާންމު ކުރެވޭނެ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ. އެ އޮފީހުން މިކަން ހާމަކުރެއްވީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވައި، އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން މެންބަރުންނަށް މައުލޫމާތު ދެއްވަމުންނެވެ. އޮޑިޓަރ ޖެނެރަލްގެ …

Loading fresh headlines…