Live 13,999 stories Updated Oct 19, 2026
Showing: PSM
Browse topics PSM

PSM

Live feed

"ހޭންޑްބޯޅަ އިންޑޯ ކޯޓުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ"

މާލޭގައި ގާއިމްކުރުމުގެ މަސައްކަތްކުރަމުންދާ އިންޑޯ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް މާލަސްތަކެއް ނުވެ، ވަރަށް އަވަހަށް ނިންމާލެވޭނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ. "އަހާ ފޯރަމުގައި" ބައިވެރިވި ޤައުމީ ހޭންޑްބޯޅަ ޓީމުގެ ކުޅުންތެރިއެއްކަމުގައިވާ އަޙްމަދު ސައިފް ނ…

ގެދޮރު ލޯނުގެ އިކުއިޓީ ހިލޭ ދިނުމާއި ގުޅޭ އެއްބަސްވުމެއް

އަމިއްލަ ބޯހިޔާވަހިކަން ހޯދައިދިނުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން ތަޢާރަފްކުރި "ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް"ގެ ދަށުން ކުރިއަށްގެންދާ އިކުއިޓީ އެހީތެރިކަންދޭ "ހެލްޕް ޓު ބިލްޑް އަދި ހެލްޕް ޓު ބައި" ސްކީމްތައް ތަންފީޒުކުރުމަށް މާލީ 4 އިދާރާއަކާއެކު ފަހުމުނާމާގައި ސޮއިކޮށްފިއެވެ. "ހެލްޕް…

"ޤާނޫނީ ދާއިރާގެ ޑިގްރީ ކޯސްތައް އޮންލައިންކޮށް ހިންގުމަށް ހުރަހެއް ނެތް"

ޤާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާނުތަކަކީ ހާޒިރުވެގެން ހަދަންޖެހޭ އިމްތިހާނެއް ކަމަށް ކަނޑައަޅާފައިވީނަމަވެސް މިފަދަ ޑިގްރީއެއް އޮންލައިންކޮށް ކިޔެވުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ބާ ކައުންސިލްގެ ރައީސް ހުސެއިން ސިރާޖު ވިދާޅުވެއްޖެއެވެ. ބާ ކައުންސިލްގެ ރައީސް މިހެން ވިދާޅުވީ، ގާނޫނީ…

ފަތުރުވެރިކަމަށް ރަށް ކުއްޔަށް ދިނުމުގެ ރޭޓުތަކަށް ބަދަލުތަކެއް!

ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ދަށުން، ބައެއް އަތޮޅުތަކުގެ ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމަށް ލީޒް އެކުއިޒިޝަން ކޮސްޓް ހިސާބުކުރާ ރޭޓްތަކަށް ބަދަލު ގެނެސްފިއެވެ. ފަތުރުވެރިކަމާއި މަދަނިީ އުދުހުންތަކާބެހޭ ވުޒާރާއިން ކުރި…

ރައީސުލްޖުމްހޫރިއްޔާ ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތާނަށް ވަޑައިގަންނަވަނީ

ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވަން ނިންމަވައިފިއެވެ. މި މަހުގެ 20 އިން 22 އަށް ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރު…

ސަޢުދީގައި ހެލިކޮޕްޓަރެއް ވެއްޓި 2 މީހުން މަރުވެއްޖެ

ސައުދީ އަރަބިއްޔާގެ ދެކުނުގެ ނަޖްރާން ސަރަހައްދަށް ސައުދީ ކޯލީޝަންގެ އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި، އޭގައި ތިބި 2 ކްރޫއިން މަރުވެއްޖެއެވެ. ވެއްޓިފައިވަނީ ޖާސޫސީ އަދި ފާރަލުމުގެ ހަރަކާތްތަކުގައި ބޭނުންކުރާ "އޭއެޗް-6.އައި" މަރުކާގެ ހެލިކޮޕްޓަރެކެވެ. ސައުދީ އިސްވެ އޮންނަ ޢަރަބި ކޯލީޝަންގެ ތަރުޖަމާނ…

އައިޔޫއެމްގެ ފުނަދޫ ކެމްޕަހުގެ މަސައްކަތް ފަށައިފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ށ. ފުނަދޫގައި ޤާއިމްކުރާ ކެމްޕަހުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ، ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙާއި، ކައުންސިލުގެ ރައީސް މުޙައްމަދު އާދިލް، އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު އަދި ޑެޕިއުޓީ ވައިސް ޗ…

ކެނެޑާގެ އަސްކަރީ މަރުކަޒެއްގައި އަލިފާނުގެ ހާދިސާއެއް

ކެނެޑާގެ އަލްބެޓާގައި ހުންނަ އެންމެ ބާރުބޮޑު އެއް އަސްކަރީ މަރުކަޒުގައި ހިނގި ނުރައްކާތެރި ހާދިސާއަކާ ގުޅިގެން ރޯވި ބޮޑު އަލިފާންގަނޑެއްގައި ބަޔަކު މަރުވެ، އިތުރު ބަޔަކު ޒަޚަމްވެއްޖެއެވެ. ކެނެޑާގެ ދިފާޢީ ވަޒީރު ޑޭވިޑް މެކްގުއިންޓީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކެނެޑިއަން ފޯސަސް ބޭސ…

ހުޅުމާލޭގެ 220 އެޕާޓްމަންޓެއްގައި ރެއިލިން ހަރުކޮށްފި

އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުރި އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ފެށި މަސައްކަތުގެ ތެރެއިން މިހާތަނަށް 220 އެޕާޓްމަންޓުގައި ރެއިލިން ހަރުކޮށްފިއެވެ. އެޕާޓްމަންޓުތަކުގެ ކުޑަދޮރުތަކާއި ބެލްކަނީ ރެއިލިން ހުރީ ޤަވާއިދާ އެއްގޮތަށްތޯ ބެލުމަށް ފެށި މަސައްކަތުގެ ތެރެއިން ރ…

ކާރިސާގެ ކަންކަން މެނޭޖުކުރުމުގެ ޕްލޭނެއް ވިލުފުށިން އެކުލަވާލަނީ

ކާރިސާގެ ކަންކަން މެނޭޖުކުރުމުގެ ޕްލޭން އެކުލަވާލުމާއި ކުއްލި ހާލަތެއްގައި ހަރަކާތްތެރިވާނެ މީހުން ތަމްރީން ކުރުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ކުރިއަށް ގެންދާ ކޮމިއުނިޓީ ބޭސްޑްރެސިލިއަންސް ބިލްޑިންގ ޕްރޮގްރާމްގެ މަސައްކަތު ބައްދަލުވުން ތ. ވިލުފުށީގައި މިއަދު ފަށައިފި…

"ސިއްޙީ ރައްކާތެރިކަމަށް ގިނަ ދާއިރާތައް އެކުލެވޭ ޕްލޭނެއް އެކުލަވާލުން މުހިންމު"

ކުރިމަތިވެދާނެ ސިއްޙީ ބަލިމަޑުކަމަކުން ރައްކާތެރިވުމަށް ދުރާލައި ގިނަ ދާއިރާތަކެއް އެކުލެވޭ ޕްލޭންތަކެއް އެކުލަވާލުން މުހިންމުކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ޑަބްލިއުއެޗްއޯ ރީޖަނަލް ރިވިއު ކޮމިޓީ މީޓިންގ އޮން ޕެންޑަމިކް ޕްރިޕެއާރޑްނަސް ހެލްތު ސެކިއުރިޓ…

2030ގައި މިޞްރުގެ ވެރިކަން ސީސީ ދޫކޮށްލަނީ

މިޞްރުގައި މިިހާރު ހިނގަމުންދާ ރިޔާސީ ދައުރު 2030 ގައި ނިމުމަކަށް އަންނާނެ ކަމަށާއި، ޤާނޫނުއަސާސީއަށް ދެން އިތުރު ބަދަލެއް ނުގެންނަވާނެ ކަމުގައި އެ ޤައުމުގެ ރައީސް ޢަބްދުލް ފައްތާޙް އަލް-ސީސީ ހާމަކުރައްވައިފިއެވެ. މިލިޓަރީ އެކެޑަމީގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ސީސީ ވިދ…

Loading fresh headlines…