ނިރުބަވެރި ޙަމަލާއެއްގައި ޕާކިސްތާނުގެ 6 ސިފައިން މަރައިލައިފި
ޕާކިސްތާނުގެ ހުޅަނގުއުތުރު ކުރަމްގައި އަސްކަރީ ޗެކު ޕޮއިންޓަކަށް ނިރުބަވެރި ޙަމަލާއެއްދީ ސިފައިންގެ ހަ މީހުން މަރައިލައިފިއެވެ. ކުރަމްއަކީ ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮތް އަވަށެކެވެ. ޕާކިސްތާންގެ ފުލުހުންނާއި ސަލާމަތީ ދާއިރާގެ މަޞްދަރުތަކުން ބުނީ، ހަތިޔާރު އަޅައިގެނ…