Live 10,285 stories Updated Dec 11, 2025
Showing: PSM
Browse topics PSM

PSM

Live feed

ބީއެމްއެލްއާއި ވިސާއިން ގުޅިގެން ރާއްޖެއަށް މުޅިން އައު 2 ޚިދުމަތެއް ތަޢާރަފްކޮށްފި

ބީއެމްއެލްއާއި ވިސާގެ 22 އަހަރުގެ ޕާޓްނަރޝިޕް ފާހަގަ ކުރުމަށް ރާއްޖެއަށް މުޅިން އައު 2 ޚިދުމަތެއް ތަޢާރަފްކޮށްފިއެވެ. ތަޢާރަފްކޮށްފައިވަނީ، މާލީ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ހިންގުމަށް ވިސާއާއެކު ސްޓްރެޓީޖިކް ޕާޓްނާޝިޕަކާއި، ވިސާގެ އިންފިނިޓް ކްރެޑިޓް ކާޑެވެ. މާލީ ހޭލުންތެރިކަމުގެ ޕްރޮގްރާމް އި…

ޕީއެސްއެމްގެ އެމްޑީއަކަށް ޝަކީބު

ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް އަޙްމަދު ޝަކީބު އައްޔަނު ކުރައްވައިފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވިދާޅުވީ، ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް ދަފްތަރު ނަންބަރު ރސ 6886 އަޙްމަދު ޝަ…

ތައިލެންޑާއި ކެމްބޯޑިޔާއާ ޙަމަލާތައް އަނެއްކާވެސް ހުއްޓުވާނީ އަޅުގަނޑު: ޓްރަމްޕް

ތައިލެންޑާއި ކެމްބޯޑިޔާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ދެ ޤައުމުގެ ފައުޖުތަކުން ބަދަލު ކުރަމުންދާ ޙަމަލާތައް ހުއްޓުވުމަށް ދެ ޤައުމުގެ ވެރިންނަށް ފޯނުން ގުޅުއްވައި، ބާރު އަޅުއްވާނެ ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. މި އަހަރުގެ ކުރީކޮޅު ދެ ޤައުމުގެ ދެމެދުގައި ބަދަލު ކުރަ…

މިހާތަނަށް އަތުލައިގަތް އެންމެ ބޮޑު ވޭޕް ޝިޕްމަންޓް، އަގު 2.7 މިލިޔަން ރުފިޔާއަށް އަރާ

މަނާކުރިފަހުން، ރާއްޖެ އެތެރެކުރަން މަސައްކަތްކުރި އެންމެ ބޮޑު ވޭޕް ޝިޕްމަންޓް ކަސްޓްމަސްއިން ހިފަހައްޓައިފިއެވެ. ކަސްޓަމްސްއިން ވިދާޅުވީ ކަނޑުމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ގަވާއިދާ ޚިލާފް ތަކެތި ހުރިކަން ކަސްޓަމްސްއަށް ފާހަގަކުރެވިގެން، މިމަހުގެ 4ވަނަ ދުވަހު ޚާއްސަ އޮޕަރޭޝަ…

ވެކްސިންގެ ޤައުމީ ޝެޑިއުލްގައި އިތުރު ދެ ވެކްސިނެއް ހިމަނައިފި

ވެކްސިންގެ ޤައުމީ ޝެޑިއުލްގައި އިތުރު ދެ ވެކްސިނެއް ހިމަނައިފިއެވެ. ވެކްސިންގެ ޤައުމީ ޝެޑިއުލްގައި ހިމާނާފައިވަނީ، "ނިއުމަ ކޯކަލް" އަދި "ރޯޓާ ވައިރަސް" ވެކްސިނެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވެކްސިން ޕްރޮގްރާމްގެ ޑިރެކްޓަރ ނާޝިޔާ އަބްދުލް ޣަފޫރު ވިދާޅުވީ، މިއަދުން ފެށިގެން އެ ދެ…

ރާއްޖޭގައި ބާއްވާ ދެވަނަ ޙައްޖު، ޢުމްރާ ކޮންފަރެންސް މައުރަޒަކާއެކު މާދަމާ ބާއްވަނީ

ރާއްޖޭގައި ބާއްވާ ދެވަނަ ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން 2025 މާދަމާ ބޭއްވުމަށް ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ފުރަތަމަ "ޙައްޖު އުމްރާ ކޮންފަރެންސް" ނުވަތަ މަހާސިންތާ ބާއްވާފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޫބަރ މަހުގެ 31 ގައެވެ. އިސްލާމ…

ތޫނު އެއްޗަކުން ހަމަލާދީގެން ހައްޔަރުކުރި އަންހެން މީހާގެ ބަންދަށް 30 ދުވަސް

އުމުރުން 64 އަހަރުގެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އަންހެން މީހާގެ ބަންދަށް ކޯޓުން 30 ދުވަސް ޖަހައިފިއެވެ. މާލޭ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ …

ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަނީ

ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ޤާނޫނުއަސާސީގައި ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިކަން ކަށަވަރު ކޮށްދެއްވާފައެވެ. ރައީސުލްޖުމްހޫރި…

ދައުރުވަނީ ކުރީގެ ބިލު، ވެރިފަރާތަށް އަދި ބިލެއް ނުފޮނުވާ

އައު ފްލެޓްތަކުގެ ފެން މީޓަރުތައް ވެރިފަރާތުގެ ނަންމައްޗަށް ބަދަލުކުރުމަށް ފަހުގައި، މިހާތަނަށް އެއްވެސް ބިލެއް ފޮނުވާފައި ނުވާނެކަމަށް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ލިމިޓެޑް، އެމްޑަބްލިއުއެސްސީން ވިދާޅުވެއްޖެއެވެ. ހުޅުމާލޭގައި އަލަށް ހަވާލުކުރި ބައެއް ފްލެޓްތަކުގެ ފެން ބިލު އާދަޔާ ޚިލާފަށް …

ޙައްޤުތައް ކަށަވަރުކުރެވިފައިވާ ވެއްޓެއް ރައްޔިތުންނަށް ހޯދައިދިނުމަކީ އަމާޒު: އެޗްއާރުސީއެމް

ހައްޤުތައް ކަށަވަކުރެވިފައިވާ ވެއްޓެއް ރައްޔިތުންނަށް ހޯދާދިނުމަކީ އަމާޒެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމުން ވިދާޅުވެއްޖެއެވެ. މިއަހަރުގެ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ ޝިޢާރަކީ "އިންސާނީ ހައްޤުތައް، އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގައި ހިމެނޭ ކަންކަން" މިއެވ…

ރާއްޖޭގެ ޖައްވުގެ ވައި ނުސާފުވެ، ދުރު ފެންނަ މިންވަރު ދަށަށް

ރާއްޖޭގެ ޖައްވުގެ ވައި ނުސާފުވެ، ދުރު ފެންނަ މިންވަރު ދަށަށް ހިނގައްޖެއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ވައި ނުސާފުވެފައިވަނީ އިރުވައި މޫސުން ގާތްވަމުންދާއިރު، ރާއްޖެއާއި ކައިރި ސަރަޙައްދުތަކުގެ ވައިގެ ދައުރުވުމަށް އަންނަމުންދާ ބަދަލެއްގެ ސަބަބުން ކަމަށެވެ. އެގޮތުން ވައިގެ މިސްރާބަށް …

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އުޅޭ ކޮންމެ މީހަކަށް ހަދިޔާއެއް

މިއަހަރުގެ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އުޅޭ އެފަދަ ފަރާތްތަކަށް ހަދިޔާ ދިނުމާއި މުނިފޫހިފިލުވުމުގެ ހަރަކާތަތަކެއް ކުރިއަށް ގެންގޮސްފިއެވެ. ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް، އެޗ…

Loading fresh headlines…