Live 10,285 stories Updated Dec 12, 2025
Showing: PSM
Browse topics PSM

PSM

Live feed

85 ޒުވާނުންނާއެކު ޔޫތު ހެކަތޮން ފަށައިފި، 48 ގަޑިއިރަށް ކުރިއަށްދާނެ

ޔޫތު ހެކަތޮން 2025 ފަށައިފިއެވެ. މި ހަރަކާތަކީ ކޯޑިން ދާއިރާއަށް ޝައުގުވެރިވާ ޒުވާނުންނަށް ޚާއްސަކޮށްގެންން ބާއްވާ ހަރަކާތެކެވެ. މި ހަރަކާތުގައި ޖުމްލަ 85 ޒުވާނުން ވަނީ ބައިވެރިވެފައެވެ. މި ހަރަކާތަކީ 3 ދުވަހަށް ދެމިގެންދާ ހަރަކާތެކެވެ. ޖުމްލަ 48 ގަޑިއިރަށް މެދުނުކެނޑި ކުރިއަށްގެންދާ މި ހަރަކާތުގ…

ޖަޕާނާއި ގުޅިގެން ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިއުމަށް މަޝްވަރާ ކުރައްވައިފި

ޖަޕާނުގެ ކުޅިވަރު ވުޒާރާއާއި އެކި އިދާރާތަކާ ގުޅިގެން ދިވެހި ކުޅުންތެރިންނާއި ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިއުމަށް ކުރެވިދާނެކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މިކަމާގުޅޭ ގޮތުން މަޝްވަރާ ކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފ…

ވޯލްޑް ކަޕްގައި ރިހި މެޑަލް ހޯދި އަންހެން ކެރަމް ޓީމުގެ އަގުވަޒަންކުރުމަށް ހަފްލާއެއް

ރާއްޖޭގެ ގައުމީ އަންހެން ކެރަމް ޓީމުން ހޯދި ކާމިޔާބީ ފާހަގަކޮށް ކުޅުންތެރިންގެ އަގުވަޒަންކުރުމަށް ބޭއްވި ހާއްސަ ހަފްލާ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ޝަރަފުވެރިކޮށްދެއްވައިފިއެވެ. ޑިސެމްބަރު މަހުގެ 2-6 އަށް ބާސެލޯ، ނަސަންދުރައިގައި ބޭއްވި 7 ވަނަ ކެރަމް ވޯލްޑް ކަޕްގައި ރާއްޖޭގ…

ފަހު ވަގުތު ގްރީން ބަލިކޮށް މާޒިޔާއިން ރިކޯޑު ދަމަހައްޓައިފި

ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ފަހު ވަގުތު ކުލަބު ގްރީން ސްޓްރީޓްސް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މޮޅުވުމުގެ ރިކޯޑު ދަމަހައްޓައިފިއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވ…

އެފްއޭއެމް ވިމެންސް ލީގު 2025: ދީޕާގެ ފަސް ލަނޑާއެކު މާޒިޔާ ލީގު ރޭހަށް

އެފްއޭއެމް ވިމެންސް ލީގު 2025 ގައި ނޭޕާލުގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ ދީޕާ ޝާހީގެ ފަސް ލަނޑާއެކު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ބޮޑު މޮޅެއް ހޯދައި، ލީގު ހޯދުމުގެ ރޭހަށް ވަދެއްޖެއެވެ. ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 10-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މ…

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރު ރާއްޖޭގައި

އަންނަ އަހަރަށް ތާވަލުކޮށްފައިވާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ މި މުބާރާތް ހޯސްޓުކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާކަމަށް ބުނެފައެވެ. 20 އަހަރުން ދަށުގެ ސާފ…

ޓޯވކުރާ އުޅަނދުތައް އަނބުރާ ގެންދާއިރު، ގެންދަނީ ރަޖިސްޓްރީ ކޮށްފައިވާ ޒޯނަށްކަން ކަށަވަރުކުރާނެ

ޓޯވކުރާ އުޅަނދުތައް ޓޯވކުރުމަށްފަހު ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދާއިރު އެ އުޅަނދުތައް ގެންދަނީ ރަޖިސްޓްރީ ކޮށްފައިވާ ޒޯނަށްކަން ކަށަވަރުކުރާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ފުލުހުން ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ ހުޅުމާލޭގެ ހުސްބިންތަކުގައާއި އާންމު ދަތުރު…

ޙައްޖު އަދި ޢުމްރާގެ ޚިދުމަތް އެންމެ ރަނގަޅަށްދޭ ކުންފުނިތަކަށް ޚާއްސަ އެވޯޑެއް ތަޢާރަފްކުރަނީ

ޙައްޖާއި ޢުމްރާގެ ޚިދުމަތް އުސޫލާއެއްގޮތަށް، އެންމެ ފުރިހަމައަށް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުނިތަކުގެ އަގުވަޒަންކުރުމަށްޓަކައި ޚާއްސަ އެވޯޑެއް ތަޢާރަފްކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ. ރާއްޖޭގައި ޙައްޖު އަދި ޢުމްރާގެ ކަންތައްތައް ކުރަމުންއައީ ސަރުކާރާއި އަމިއްލަ ކ…

ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރަން ވިޒިޓް މޯލްޑިވްސް، އަލިޕޭ، އަދި ބީއެމްއެލްއިން އެއްބަސްވުމެއް

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން އަލިޕޭ ޕްލަސް އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ބީއެމްއެލްއިން އަލިޕޭ ޕްލަސްއާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާ ދެމެދު އެކުލަވާލި އެއްބަސްވުމަކީ ރާއްޖޭގައި ފޯރުކޮށްދޭ މާލީ މުޢާމަލާތްތައް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިކަމ…

ޖަލުތަކުގައި ތިބޭ ޤައިދީން ގުޅާކަމަށް ޝައްކުކުރެވޭނަމަ ރިޕޯޓުކުރަން އެދިއްޖެ

ޖަލުތަކުގައި ތިބޭ ޤައިދީން ގުޅާކަމަށް ޝައްކުކުރެވޭނަމަ އެކަން ރިޕޯޓުކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން އެދިއްޖެއެވެ. ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވީ ޖަލުގައި ތިބޭ ޤައިދީން އެކި ފަރާތްތަކަށް ގުޅައި، ޤާނޫނާއި ގަވައިދާ ޚިލާފު ޢަމަލުތައް ހިންގަމުންދާކަން ފާހ…

ވެނެޒުއެލާއިން މުދާ ބޭރުކުރާ އާގުބޯޓުފަހަރަށް އެމެރިކާގެ ނުރައްކާ

ވެނެޒުއެލާއާ އެކު ވިޔަފާރީގެ މުޢާމަލާތު ހިންގާ އާގުބޯޓުފަހަރާއި އެ ޤައުމުގައި އުފައްދާ މުދާ ބޭރު ޤައުމުތަކަށް އުފުލާ އުޅަނދުފަހަރާއި، އެ އެ ފަދަ އުޅަނދުފަހަރު ހިންގާ ކުންފުނިތަކަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެފިއެވެ. ވެނެޒުއެލާއަށް މުދާ އުފުލާ، އ…

ސިނގިރޭޓު ކޮންޓެއިނަރު މައްސަލަ: ވަޙީދާއި، ޢާރިފު ޝަރުތުތަކަކާއެކު ދޫކޮށްލައިފި

މިދިޔަ އޭޕްރީލް މަހުގެ 26ވަނަ ދުވަހު ސިނގިރޭޓް ކޮންޓެއިނަރުތަކެއް ވަގަށް ނެގި މައްސަލާގައި ބަންދުކުރި މުޙައްމަދު ވަޙީދާއި، އަޙްމަދު ޢާރިފް ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލައިފިއެވެ. ރާއްޖެއަށް ސިއްރުން އެތެރެކުރަނިކޮށް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ ގިނަ ޢަދަދެއްގެ ސިނގިރޭޓް ރައްކާކޮށްފައި…

Loading fresh headlines…