Live 10,244 stories Updated Dec 25, 2025
Showing: PSM
Browse topics PSM

PSM

Live feed

ރައީސް ވިދާޅުވިގޮތަށް މުދާ ކްލިއަރކުރުން 24 ގަޑިއިރަށް ބަދަލުކޮށްފި

ވައިގެމަގުން އަންނަ މުދާ ކްލިއަރކުރުމަށް ކަސްޓަމްސްއިންދޭ ޚިދުމަތްތައް، 24 ގަޑިއިރަށް ބަދަލުކޮށްފިއެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއިއެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި ވިޔަފާރިވެރިން ވަނީ މިކަމުގެ ކަންބޮޑުވުން ރައީސްއާއި ހިއްސާކުރައްވާފައެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެ…

ސަފާރީއެއްގައި އަލިފާން ރޯވެ އަނދަނީ

ސަފާރީއެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފިއެވެ. މޯލްޑިވްސް ނޭޝަނަލް ޑީފެންސް ފޯސް، އެމްއެންޑީއެފުން ވިދާޅުވީ، ވ.އަތޮޅު ކުޑަ އަންބަރާ ކައިރީގައި އޮތް "ޔަސާވާ ޕްރިންސަސް" ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވެގެން ރިޕޯޓުކޮށްފައިވާ …

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ދަފުތަރެއް އެކުލަވާލަނީ

ބިދޭސީން ޤާނޫނުގެ ތެރެއަށް ވެއްދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ދަފުތަރެއް އެކުލަވާލުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ. ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވީ، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތ…

ހުޅުމާލެ ފޭސް 3 ހިއްކަނީ ކުނި އަޅައިގެނެއް ނޫން: އެޗްޑީސީ

ހުޅުމާލެ ފޭސް 3 ހިއްކަނީ ކުނި އަޅައިގެން ނޫންކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، ހުޅުމާލެ ފޭސް 3 ހިއްކަމުންދަނީ ކުނި އަޅައިގެންކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުންނެވެ. ހުޅުމާލެ ފޭސް3 ހި…

ނިޔުކްލިއަރ މަޝްވަރާތައް އަލުން ފެށުމަށް އެމެރިކާ އާއި އީރާނަށް އެއްގަލަކަށް ނޭރުނު

އީރާންގެ ނިޔުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން، އެމެރިކާ އާއި އީރާނާ ދެމެދު މަޝްވަރާތައް އަލުން ފެށުމުގައި ބޮޑެތި ޚިޔާލުތަފާތުވުންތައް ހުރިކަން އދގެ ސަލާމަތީ މަޖިލީހުގައި ހާމަވެއްޖެއެވެ. މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ޔަހޫދީންނާއި އެމެރިކާއިން ވަނީ އީރާނުގެ ނިިއުލްލިޔަރ މަރުކަޒުތަކަށް އަމާޒުކޮށް ބޮމު…

ކަނޑުތަކާއި މޫސުމީ ދިރާސާތައް ކުރިއެރުވުމަށް އެއްބަސްވުމެއް

ކަނޑުތަކާއި ތިމާވެށި އަދި މޫސުމީ ބަދަލުތަކާ ގުޅޭ ދިރާސާތައް ކުރިއެރުވުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާއި ޑްރިފްޓްވުޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު، ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މިއަދު އެމްއެންޔޫ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާ…

މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި 8 މީހުން ހައްޔަރުކޮށްފި

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 8 މީހުން ހައްޔަރުކޮށްފިއެވެ. މި ޑިސެންބަރު މަހުގެ 23 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންތަކުގައި މާލޭގެ 7 އެޕާޓްމަންޓް ބަލައިފާސްކޮށްފައިވ…

"ކަންބޮޑުވުންތައް ހައްލުވާނެކަމުގެ އުންމީދު އެބައޮތް"

ޓެކްސީ ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާއާއެކު ބޭއްވެވި ބައްދަލުކުރެއްވުމާއެކު ކަންކަން ހައްލުވާނެކަމުގެ އުއްމީދު އައުވެގެންގޮސްފައިވާކަމަށް ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނުން ބުނެފިއެވެ. ޓެކްސީ ޑްރައިވަރުންވަނީ އެފަރާތްތަކުގެ ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާއާ…

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މާލެއިން 4 މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި މާލެއިިން 4 މީހަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައިކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ، …

ފުލުހުންގެ ބެލުމުގެދަށުގައި ހުރި ވޭޕް ނައްތާލައިފި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ވޭޕް ނައްތާލައިފިއެވެ. މިއަދު ނައްތާލާފައިވާ ތަކެއްޗަކީ ގަލޮޅު ޕޮލިހާއި، ހެންވޭރު ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗެވެ. މިގޮތުން ދޫނިދޫގައި މިއަދު ނައްތާލާފައިވަނީ 4 ޝީޝާޕަފްއާއި 1 ވޭޕްއާއި 442 ފްލެވާޑް ކާޓްރިޖްއެވެ. މީގެ އިތުރުން…

އޮޕަރޭޝަން އަލިމަގު: ހައްޔަރުކުރި 34 މީހެއްގެ މައްސަލަ ޕީޖީއަށް

އޮޕަރޭޝަން އަލިމަގުގެ ދަށުން ހައްޔަރުކުރި މީހުންގެ ތެރެއިން 34 މީގެއްހެ މައްސަލަ ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. އޮޕަރޭޝަން އަލިމަގަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަނެކެވެ. އޮޕަރޭޝަނ…

ރަސްމާލެ: ސައިޓް އޭއިން 41 ހެކްޓަރު ހިއްކައިފި

ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ ދަށުން ސައިޓް އޭއިން ހިއްކަން ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން 41 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެއެވެ. ރަަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ ދަށުން 1009 ހެކްޓަރު ހިއްކުމަށްވަނީ ހަމަޖެހިފައެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއިން ވިދާޅުވީ، ރަސްމ…

Loading fresh headlines…