Live 10,244 stories Updated Dec 26, 2025
Showing: PSM
Browse topics PSM

PSM

Live feed

"ރަމަޟާންމަހު ހުރިހައި ހިސާބަކުން އަސާސީ ކާބޯތަކެތި ލިބޭކަން ކަށަވަރުކުރާނެ"

އަސާސީ ކާބޯތަކެތީގެ ގޮތުގައި ސަރުކާރުން ކަނޑައެޅުއްވި 23 ބާވަތް މި ރަމަޟާންމަހު ރާއްޖޭގެ ހުރިހައި ސަރަހައްދެއްގައިވެސް ހެޔޮއަގެއްގައި ލިބެން ހުންނާނެކަން ކަށަވަރު ކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.…

17 އަހަރަށް ފަހު ޠާރިޤު ރަޙްމާން އެނބުރި ބަންގްލަދޭޝްއަށް، އައު ބޮޑުވަޒީރަށް ވުމުގެ ފުރުޞަތު ބޮޑު

17 އަހަރު ޤައުމުން ބޭރުގައި އަރުވާލެވިގެން ހުންނެވުމަށް ފަހު ބަންގްލަދޭޝްގެ ސިޔާސީ ލީޑަރެއް ކަމަށްވާ ޠާރިޤު ރަޙްމާން ޤައުމަށް އެނބުރި ވަޑައިގެންފިއެވެ. އުމުރުން 60 އަހަރުގެ ޠާރިޤްއަކީ އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ ދަރިކަލުންނެވެ. ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ވެރިކަމުގައި، މަނީ ލޯ…

ހުޅުމާލެ ހޮސްޕިޓަލް: 2 އަހަރު ތެރޭ ޒަމާނީ ބަދަލުތަކާއި އިތުރު ޚިދުމަތްތަކެއް

މާލެ ސަރަހައްދުގެ ސިއްޙީ ޚިދުމަތް ރަނގަޅުކޮށް އާބާދީއާއި އެކަށޭނަ ޚިދުމަތެއް ދިނުމަކީ، ސަރުކާރުގެ މުހިންމު އަމާޒެކެވެ. ސިނަމާލެ ބްރިޖު ހުޅުވުމާއެކު ހުޅުމާލެއަށް އިތުރުވަމުންދިޔަ އާބާދީއާއި އެކަށޭނަ ސިއްޙީ ޚިދުމަތެއް ދިނުމަށް މަސައްކަތެއް ކުރެވިފައެއް ނުވެއެވެ. ނަމަވެސް މިހާރު ހުޅުމާލޭގެ ދެ ފިޔަވަހީގ…

"ތުޅާދޫއާއި މީދޫ ރައްޔިތުންގެ ގުޅުން ފެށުމުގެ މައި އަސްލަކީ އިސްލާމްދީން"

ތުޅާދޫއާއި މީދޫ ރައްޔިތުންގެ ގުޅުން ފެށުމުގެ މައި އަސްލަކީ އިސްލާމްދީންކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިއަކާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ދިވެހިންގެ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަކުރުމަށް މި 2 ރަށުގެ ރައްޔިތުން ބޭއްވި އެއްބައިވަންތަކަމުގެ…

ކުޅުންތެރިން ވިއްކާނީ ވިސްނުމަށްފަހު: އަމޮރިމް

ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފަރ ބާޒާރުގައި ކުޅުންތެރިން ވިއްކާނީ ވަރަށް ބޮޑަށް ވިސްނުމަށްފަހު އެތަން ފޫބައްދާނެ ކުޅުންތެރިން ލިބުމުން ކަމަށް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ. މެންޗެސްޓަރ ޔުނައިޓެޑް އިން މިއަދު ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑް އާއި ދެކޮޅަށް ނިކުން…

އެއްބައިވަންތަކަމުގެ ދުވަހުގެ ތަހުނިޔާ ފަސްޓްލޭޑީ ފޮނުއްވައިފި

އެއްބައިވަންތަކަމުގެ ދުވަހުގެ ތަހުނިޔާ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްފައިވިއެވެ. ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެ…

ބާސެލޯނާ ގަންނަން އުޅުނު ފޯވަޑް އަގު އެފްރިކާ ކަޕާއެކު އުފުލިއްޖެ

ބާސެލޯނާއިން ގަންނަން މަސައްކަތް ކުރަމުންދިޔަ ކެމަރޫނުގެ ފޯވަޑް އެޓާ އެޔޮންގެ އަގު އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތާއެކު ވަރަށް ބޮޑަށް އުފުލިއްޖެ އެވެ. ސްޕޭނުގެ ލެވަންޓޭ އަށް ކުޅޭ އުމުރުން 22 އަހަރުގެ ފޯވަޑް ގަތުމަށް ބާސެލޯނާއިން މި އަހަރު ކުރީކޮޅު އެއްބަސްވުމަކަށް ވެސް އައެވެ. ނަމަވެސް އެ ކުލަބު މާ…

ކާރިސާތަކުން ދިވެހީން ސަލާމަތްވީ މުސްލިމުންގެ ގޮތުގައި ތިބެ ދެއްކި ޚުލްޤާއި ސުލޫކުން: ރައީސް

ސުނާމީ ކާރިސާ އަދި އެނޫންވެސް ކޮންމެ އުނދަގޫ ޙާލަތެއްގައިވެސް ދިވެހީންގެ ސަލާމަތަށް ވެގެން ދިޔައީ މުސްލިމުންގެ ގޮތުގައި ތިބެ ދިވެހީން ދެއްކި ރިވެތި ޚުލްޤާއި ސުލޫކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީ…

ސަލާހާއި މަރްމޫޝް އަށް ހާއްސަ ކަމެއް ނުދޭނަން: ކޯޗު

މިސުރުގެ ދެ ފޯވަޑުން ކަމަށް ކެޕްޓަން މުހައްމަދު ސަލާހް އާއި އޮމަރް މަރްމޫޝް އަށް ހާއްސަ ސަމާލުކަމެއް ނުދޭނެ ކަމަށް ދެކުނު އެފްރިކާގެ ކޯޗު ހޫގޯ ބްރޫސް ބުނެފި އެވެ. އޭނާ މިހެން ބުނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މި ދެ ގައުމު މިރޭ ބައްދަލުކުރާ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. އިނގިރޭސި ޕްރެމިއާ …

20 މިނިޓަށް ވުމުން ދަނޑުގެ ދޮރާށި ހިލޭ ހުޅުވާލަނީ

މޮރޮކޯގައި މިހާރު ކުރިއަށްދާ އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗުތައް ފަށަން 20 މިނިޓަށްވުމުން ދަނޑުގެ ދޮރާށިތައް ހިލޭ ހުޅުވާލަން ނިންމައިފި އެވެ. މުބާރާތް އިންތިޒާމް ކުރާ މޮރޮކޯއިން އެފްރިކާގެ ފުޓްބޯޅަ ޖަމާއަތާއެކު މި ގޮތަށް އެއްބަސްވީ ގިނަ މެޗުތަކުގައި ދަނޑު އެއްކޮށް ނުފުރޭތީ އެވެ. މިހާތަނަށް …

ޒުވާން އެތުލީޓުންގެ އުންމީދުތަކާއެކު ގައުމީ ފެތުމުގެ މުބާރާތް ކުރިއަށް

މިމަހުގެ 22 ވަނަ ދުވަހު ހުޅުމާލޭ ސްވިމިންގ ޕޫލްގައި ފަށާފައިވާ 4 ވަނަ ގައުމީ ފެތުމުގެ މުބާރާތަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ޓީމުތަކުން ވާދަކުރި ގައުމީ ފެތުމުގެ މުބާރާތެވެ. މިމުބާރާތުގެ ޓީމު އިވެންޓުތަކުގައި 18 ޓީމަކުން ވާދަކުރަމުން އަންނައިރު އިންޑިވިޖުއަލް ކެޓަގަރީގައި 157 އެތުލީޓަކު ބައިވެ…

Loading fresh headlines…