Live 10,244 stories Updated Jan 1, 2026
Showing: PSM
Browse topics PSM

PSM

Live feed

ސަރުކާރުގެ ޕްރޮޖެކްޓްތައް ބިޑަށް ހުޅުވާލާއިރު އެސްއެމްއީތަކަށް އިސްކަންދިނުމަށް އުސޫލު އިސްލާހުކުރަނީ

ސަރުކާރުގެ ޕްރޮޖެކްޓްތައް ބިޑަށް ހުޅުވާލާއިރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްކަންދިނުމަށްޓަކައި މިހާރު އޮންނަ އުސޫލު އިސްލާހުކުރަން ނިންމައިފިއެވެ. މާލީ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއިގޮތްތަކެއ…

މުދަލުގެ އަގު ކަނޑައެޅުމުގައި ކަސްޓަމްސްއިން ހަރުދަނާ އުސޫލުތަކެއް ޤާއިމްކުރަނީ

މުދަލުގެ އަގު ކަނޑައަޅެމުގެ ހަރުދަނާ އުސޫލުތަކެއް މާދަމާއިން ފެށިގެން ޤާއިމްކުރެވޭނެކަމަށް މޯލްޑިވްސް ކަސްޓަމްސްއިން ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ހަރުދަނާކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުނ…

ވިލާތުގެ މަސްލަހަތު ކުރިއެރުވުމަށް ޖަރުމަނުގެ ޗާންސެލަރު ގޮވާލައްވައިފި

ބައިނަލްއަޤްވާމީ ގޮންޖެހުންތައް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، 2026ވަަނަ އަހަރުގެ ތެރޭގައި ވިލާތުގެ މަސްލަހަތު ކުރިއަރުވައި ޞުލްޙަ ދެމެހެއްޓުމަށް ހަރުދަނާ މަސައްކަތްތައް ކުރުމަށް ޖަރުމަނުވިލާތުގެ ޗާންސެލަރު ފްރީޑްރިޗް މަރޒް ވިލާތުގެ ޤައުމުތަކަށް އިސްތިމާސްކުރައްވައިފިއެވެ. އައު އަހަރާ ގުޅިގެން …

ޑިއުޓީ މަޢާފުކޮށްގެން ގެންނަ އުޅަނދު ޤަވައިދާ ޚިލާފަށް ބޭނުންކުރާނަމަ ފިޔަވަޅު އަޅާނެ

އެކިއެކި މަޝްރޫޢުތަކަށް ޚާއްސަކޮށްގެން ޑިއުޓީ މަޢާފުކޮށް ގެންނަ އުޅަނދު ޤަވައިދާ ޚިލާފަށް ބޭނުން ކުރަމުންދާނަމަ އެކަމަށް ފިޔަވަޅު އަޅާ ޑިއުޓީ ނަގާނެކަމަށް ކަސްޓަމްސްއިން ވިދާޅުވެއްޖެއެވެ. ކަސްޓަމްސްއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ އެކިއެކި މަޝްރޫޢުތަކަށް ޚާއްސަކޮށްގެން ޑިއުޓީ މަޢާފުކޮށް، ދިވެ…

ރޭގަނޑު މަތިންދާބޯޓު ނުޖެއްސޭ އެއްވެސް އެއާޕޯޓެއް މިހާރު ނޯންނާނެ

ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް ރޭގަނޑު ފްލައިޓްތައް ޖެއްސޭނެ އިންތިޒާމު ހަމަޖެއްސެވުމުގެ މަސައްކަތް ސަރުކާރުން ކަމިޔާބުކަމާޢެކު ނިންމާލައިފިއެވެ. މި މަޝްރޫއުގެ ދަށުން އެންމެ ފަހުން ރޭގަނޑު ދަތުރުތަކަށް ތައްޔާރުކުރެވުނީ ށ. ފުނަދޫ އެއާޕޯޓެވެ. ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ދަތުރުފަތުރާ…

އައު އަހަރުގެ ހަރަކާތްތަކާ ގުޅިގެން ހުޅުމާލޭގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް

އައު އަހަރު ފެށުން ފާހަގަކުރުމަށް މިރޭ ހުޅުމާލޭގައި ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅިގެން، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހުޅުމާލޭ ޕޮލިހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި މި އޮޕަރޭޝަން ފަށާފައިވަނީ މިރޭ 19:00 އިން ފެށިގެންނެވެ. މިރޭގެ ހ…

ޚާލިދާ ޒިޔާގެ ޖަނާޒާގައި ވަޒީރު ޑރ.ހައިދަރު ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، ބަނގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާ، ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމަށް ބޭއްވި ޖަނާޒާގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު، ބ…

ވިލުފުއްޓާއި ތުޅާދޫގައި އެޅި ހައުސިން ޔުނިޓްތަކަށް ކުރިމަތިލާން ހުޅުވާލަނީ

ބ. ތުޅާދޫ އަދި ތ. ވިލުފުށީގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ހުޅުވާލުމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ނިންމައިފިއެވެ. އިމާރާތްކުރުމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި ދެ ރަށުގެ ބޯހިޔާވަހިކަމުގެ މައ…

ހުރިހާ އެއަރލައިނެއް އާ ޓާމިނަލަށް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ވީއައިއޭއަށް ދަތުރުކުރާ ބައިނަލްއަޤުވާމީ ހުރިހާ އެއަރލައިންތަކެއްގެ އޮޕަރޭޝަންތައް މިހާރު އައު ޓަރމިނަލަށް ބަދަލުކޮށް ނިމިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ. ވީއައިއޭގެ އައު ޓަރމިނަލުން ޙިދުމަތް ދޭން ފެށީ މިދި…

ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ތުހުމަތުކުރެވޭ މީހުން ޝަރީޢަތް ނިމެންދެން ބަންދު

ބްލޮގަރ ޔާމީން ރަޝީދު މަރާލި މައްސަލަ އަލުން ބެލުމަށް ތަޙުވީލު ކުރުމާއި ގުޅިގެން އެ މައްސަލާގައި ތުހުމަތުކުރެވޭ މީހުން ޝަރީޢަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. ޔާމީން ރަޝީދު މަރާލި މައްސަލައިގައި ހ. އަންނާރުމާގެ، އިސްމާޢީލް ހައިޝަމް ރަޝީދުއާއި، މ. އިރާސްމިކް، އަޙްމަދު ޒ…

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި މައުމޫން ފައުންޑޭޝަނުން ފަހުމުނާމާއެއް

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި މައުމޫން ފައުންޑޭޝަނާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި ފަހުމުނާމާގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި މައުމޫން ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ މައުމޫން ފައުންޑޭޝަންގެ…

ރުޤްޔާކުރުމުގެ ނަމުގައި ޖިންސީ ގޯނާކުރި ބަޔަކު ދިގު މުއްދަތަކަށް ޖަލަށް!

ރުޤްޔާކުރުމުގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ބައެއްގެ މައްޗަށް ކުށް ސާބިތުވެ، ދިގު މުއްދަތަކަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ. މިއީ 2020 ވަނަ އަހަރު އެކި ދުވަސްމަތިން، އަންހެނަކާއި، އުމުރުން 18 އަހަރު ނުފުރޭ 3 ކުދިންނަށް ރުޤްޔާ ކުރުމުގެ ނަމުގައި ޖިސްމާނީ ހާނިކަކޮށް، ޖިންސ…

Loading fresh headlines…