Live 13,996 stories Updated Oct 21, 2026
Showing: PSM
Browse topics PSM

PSM

Live feed

ފެށިގެން މިދިޔައީ ރާއްޖެއާއި ޕާކިސްތާނުގެ ގުޅުމުގެ އައު ބާބެއް: ރައީސް

ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ފެށިގެން މިދިޔައީ ދެ ޤައުމުގެ ގުޅުމުގެ އައު ބާބެއް ކަމަށާއި ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާވާނެ އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޕާކިސްތާނަށް މިހާރު…

ޔަމަނުގެ އެތައް ސަތޭކަހާސް ބަލިމީހުންނާއި ކުޑަކުދިން މަރުގެ ތުންފަތްމަތީގައި

ޔަމަނުގައި އަލުން ހަނގުރާމަ ވަރުގަދަވުމާ ގުޅިގެން 250،000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ހާލުގައި ޖެހިފައިވާ ކަމަށް އެކުވެރި ދައުލަތްތަކުގެ (އދ) ރެފިއުޖީ އޭޖެންސީން ހާމަކޮށްފިއެވެ. ސަޢުދީ ޢަރަބިއްޔާގެ މަދަދު ލިބޭ ސަރުކާރުގެ ފައުޖުތަކާއި ޙޫޘީންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގެ މައި މަރުކަޒ…

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ހުށަހެޅި އިސްލާޙުގެ ބިލު ބަލައިގަނެފި

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، ބިލު ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ. އިއްޔެ ފުރަތަމަ ކިޔުން އިއްވި މި ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ، ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދުއެވެ. މި ބިލު ބަ…

ރަޝިއާއާ ސުލްހަވުމަށް ޓްރަމްޕް ޒެލެންސްކީއަށް ބާރުއަޅުއްވަނީ

ޔޫކްރެއިން ހަނގުރާމައަށް ހަތަރު އަހަރު ފުރިފައިވާއިރު، ރަޝިއާ އާއެކު މަޝްވަރާކޮށްގެން ސުލްޙަ ޤާއިމުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއަށް ބާރުއަޅުއްވައިފިއެވެ. ޓްރަމްޕް ވިދާޅުވީ، ދިގުލައިގެން ގޮސްފައިވާ މި ހަނގުރާމައަށް ޔޫކްރެއިންގެ ރައްޔިތުންނަ…

ރާއްޖެ-ޕާކިސްތާނުގެ ވިޔަފާރި 200 މިލިޔަން ޑޮލަރަށް އިތުރުކުރަނީ

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި، ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގެ އަދަދު 200 މިލިޔަން ޑޮލަރަށް އިތުރުކުރައްވާނެކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު އެފަދައިން ވިދާޅުވީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު އެ ޤައުމަށް ކުރައްވަމުންދާ ދަތ…

119 މަސްވެރިއަކަށް ލޯނު ދޫކޮށްފި

މިމަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް 15 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މި ސަރުކާރުން ވަނީ، މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލާ މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހަދާދީފައެވެ. މަ…

މިދިޔަ މަހު ކުޑަކުދިންނާއި އަންހެނުންނާ ގުޅުންހުރި 231 މައްސަލަ

މިދިޔަ މަހު ކުޑަކުދިންނާއި އަންހެނުންނާއި ގުޅުންހުރި 231 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އ…

ޕާކިސްތާނުން ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީކޮށް މަރުޙަބާ ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއަށް ޕާކިސްތާނުން ރަސްމީކޮށް މަރުހަބާ ދަންނަވައިފިއެވެ. ރަސްމީކޮށް މަރުޙަބާ ދަންނަވާފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްއެވެ. ރައީސުލްޖުމްހޫރިއްޔާއަށް ޕާކިސްތާނުން ރަސްމީކޮށް މަރުޙަބާ ދަންނަވާފައިވަނީ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް…

ޔަހޫދީން ޣައްޒާއަށް ދިން ހަމަލާތަކެއްގައި އިތުރު 7 މީހުން ޝަހީދުވެއްޖެ

ފަލަސްޠީނުގެ ޣައްޒާގައި ހަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފުވެ، ޔަހޫދީންގެ ނިރުބަވެރި ސިފައިން ޣައްޒާގެ އެކި ސަރަޙައްދުތަކަށް ދިން ޢުދުވާނީ ހަމަލާތަކެއްގައި، ދެ ކުޑަކުދިންނާއި ދެމަފިރިއަކު ހިމެނޭހެން ފަލަސްޠީނުގެ 7 މީހުން ޝަހީދުވެ، އިތުރު 10 މީހަކު ޒަޚަމްވެއްޖެއެވެ. ޣައްޒާގެ …

ޑިޖިޓަލް ބިނާރަށް ރަޝިއާ އަދި ޔޫކްރެއިނުން ދެމުންދާ ހަމަލާތައް އިތުރުވެއްޖެ

ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރެއިންގެ މުދާ އުފުލާ އުޅަނދުފަހަރަށާއި މުހިންމު ލޮޖިސްޓިކްސް މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. ރުމޭނިއާގެ ބޯޑަރު ކައިރީގައި، ދުނައިބް ކޯރުގެ އައްސޭރީގައި އޮންނަ މުހިންމު ބަނދަރެއް ކަމުގައިވާ ރެއިނީ ބަނދަރުގެ ބިނާރާއި އެ ބަނދަރުގައި އޮތް ތިން ބޯޓަކަށް ވަނީ ހ…

އާރުބީއައިއާއެކު އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ރިޒާވް ބޭންކް އޮފް އިންޑިއާގެ ގަވަރުނަރާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ ގަވަރުނަރު މުނައްވަރު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އ…

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހުދު ސަމާލު

ށ އަތޮޅުން ފެށިގެން ގދ އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ. ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ މިއަދު 10:20 އިން 16:20 އަށެވެ. ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެށް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މޫސުމާ…

Loading fresh headlines…