Live 13,991 stories Updated Oct 22, 2026
Showing: PSM
Browse topics PSM

PSM

Live feed

ރައީސްގެ ދެކަނބަލުން އިސްލާމްއާބާދުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އިސްލާމްއާބާދުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް މިއަދު ހެނދުނު ޒިޔާރަތްކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެ…

ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ މަންދޫބު ޕުޓިންއާ ބައްދަލުކުރައްވައިފި

ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް، ރަޝިއާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމަކީ އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޮފްއާއި ރައީސް ޕުޓިންއާ ދެމެދު ބޭއްވުނު މިފަދަ …

ރާއްޖެ ކައިރީގައި ދެ ކޮޅިގަނޑެއް: ކުރިއަށްއޮތް 24 ގަޑިއިރުވެސް މޫސުން ގޯސް

ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. އެއިދާރާއިން ވިދާޅުވީ، ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ރާއްޖެއާ ކައިރިން އުފެދިފައިވާ ދެ ކޮޅިގަނޑުގެ ސަބަބުން މޫސުން ގޯސްވާނެ ކަމަށެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖޭ…

ޛިހާންގެ ބަންދަށް 15 ދުވަސް

ދައުލަތުގެ ތިން ބާރުގެ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ފުވައްމުލައް، ދަޑިމަގު، އަނޯނާގެ، ހަސަން ޛިހާން ނަމަކަށް ކިޔާ މީހެކެވެ. ފުލުހުން ވިދާޅުވީ މި މައްސަލައިގައި އޭނާ ކޯޓު އަމުރެއްގެ ދަ…

އީގަލްސްއާއި އޮޑީގެ ކުރިމަތިލުން އެއްވަރު

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އޮޑި ސްޕޯޓްސް ކުލަބާއި ކްލަބް އީގަލްސް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ. ދެޓީމުގެ ފަރާތުން ވެސް އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން، އެޓޭކުތަކެއް ކުރީ އޮޑިންނެވެ. އެޓީމުން ވަނީ މުޅި މެޗުގައި 11 ހަމަލާއެއް އުފައްދާ…

ލޯ މެޑަލް މެޗުގައި ނޭޕާލް އަތުންވެސް ރާއްޖެއަށް ނާކާމިޔާބީ

އިންޓަނޭޝަނަލް ހޭންޑްބޯޅަ ފެޑެރޭޝަން (އައިއެޗްއެފް) ނޭޝަންސް ޓްރޮފީ 2026ގެ ތިންވަނަ ހޮވުމަށް ބޭއްވި ބްރޯންޒް މެޑަލް މެޗުގައި ނޭޕާލް އަތުން ރާއްޖެ ބަލިވެއްޖެއެވެ. ޖުމްލަ ހަތަރު ގައުމުން ބައިވެރިވި މި މުބާރާތް ކުރިއަށްދިޔައީ ރައުންޑް ރޮބިން އުސޫލުން ކޮންމެ ޓީމެއް، ކޮންމެ ޓީމަކާ މެޗެއް ކުޅުމަށްފަހު އެ…

އެމެރިކާ އާއި އީރާނުގެ މަޝްވަރާތައް މެދުކެނޑުމެއްނެތި ކުރިއަށް

މެދުއިރުމަތީގެ މަސްރަޙު އިންތިހާއަށް ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި ވެސް، އެމެރިކާއާއި އީރާނާ ދެމެދު ކުރެވޭ ޚާރިޖީ މަޝްވަރާތައް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށާއި، ދެ ޤައުމުން ވެސް މި މަޝްވަރާތަކުގައި ދެމިތިބި ކަމަށް ޤަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޑރ. މަޖިދު އަލްއަންޞާރީ ވިދާޅުވެއްޖެއެވެ. …

ބޯކޮށް ވާރޭވެހި ފެން ބޮޑުވެދާނެތީ ސަމާލުވުމަށް އެދިއްޖެ

ބޯކޮށް ވާރޭވެހި ފެން ބޮޑުވެދާނެކަމަށް ސަމާލުވުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއިން އެދިއްޖެއެވެ. އެންޑީއެމްއޭއިން މިކަމަށް އެދިފައިވަނީ، މޫސުމާ ބެހޭ ގައުމީ އިދާރާއިން ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވަނިކޮށެވެ. ވިއްސ…

އިންތިޚާބީ ބައެއް ބޭފުޅުންގެ އެލަވަންސް ބޮޑުކުރަނީ

އިންތިޚާބީ މަޤާމުތަކުގައި ތިބޭ ބައެއް ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ. އެ ގޮތަށް ފާސްކުރީ މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައެވެ. މިއަދުގެ ކޮމިޓީގައި އިތުރު ކަންކަމުގެ ބައިގައި ދަޢުލަތުގެ މުސާރަތަކަށް ގެންނަންވާ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާކު…

ސިވިލް ކޯޓުގެ ޤާޟީ އިޙްސާން އިސްތިޢުފާދެއްވައިފި

ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުﷲ އިޙްސާން މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ މަޤާމުން އިސްތިޢުފާ ދެއްވިކަން ޖޭއެސްސީން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ޖޭއެސްސީން ވިދާޅުވީ ޤާޟީ އިޙްސާން އިސްތިއުފާ ދެއްވައި އެކަން ކޮމިޝަނަށް ހުށަހަޅާފައިވަނީ މިއަދު ކަމަށެވެ. އެހެން ކަމުން ފަނޑިޔާރުކަމުގެ…

ވޭޒް އެޕް ބޭނުންކުރުން މެލޭޝިއާގެ ސިވިލް ސަރވަންޓުންނަށް މަނާކޮށްފި

ޔަހޫދީންނާއި ގުޅުން އޮންނަ ނެވިގޭޝަން އެޕް "ވޭޒް" ސިވިލް ސަރވަންޓުން ބޭނުންކުރުން މެލޭޝިއާ ސަރުކާރުން ވަގުތުން މަނާކޮށްފިއެވެ. އަލްފަބެޓް ކުންފުނީގެ ދަށުން ހިންގާ މަޝްހޫރު ނެވިގޭޝަން އެޕްލިކޭޝަން "ވޭޒް" އުފެދިގެން އައީ ޔަހޫދީންގެ ތެރެއިން ކަމަށްވެފައި، އޭގެ ސަބަބުން ސަލާމަތީ ގޮތުން ނުރައްކާތަކެއް ކ…

ބައިނަލްއަޤުވާމީ 10 އެއާލައިނެއްގެ ޗެކްއިން ޚިދުމަތް ޓާމިނަލް 2އަށް

ކުރިއަށް އޮތް ފިނި މޫސުމުގެ ދަތުރުތަކާ ގުޅުވައިގެން، ބައިނަލްއަޤުވާމީ 10 އެއާލައިނެއްގެ ޗެކްއިން ޚިދުމަތް ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގެ ޓާމިނަލް 2 އަށް ބަދަލުކުރުމަށް ނިންމައިފިއެވެ. ޓާމިނަލް 2 މިވަގުތު ބޭނުންކުރަމުންދަނީ ހަަމައެކަނި އެތެރޭގެ އުދުހުންތަކަށެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނ…

Loading fresh headlines…