ޒިދާންގެ ވާހަކަ: ރެއާލްގައި ކުރިއަށްދެވޭނީ ކުޅުންތެރިންނާ ގުޅިގެން މަސައްކަތް ކޮށްގެން
ރެއާލް މެޑްރިޑުގައި އޭނާ އަށް ކުރިއަށް ދެވުނީ ކުޅުންތެރިނާ ގުޅިގެން މަސައްކަތް ކުރުމުން ކަމަށް މަޝްހޫރު ކޯޗު އަދި ކުރީގެ މިޑްފީލްޑަރު ޒައިނުއްދީން ޒިދާން ބުނެފި އެވެ. އޭނާ މިހެން ބުނީ ކުޅުންތެރިންނާ މައްސަލަ ޖެހި ރެއާލްގެ ކޯޗުކަމުން ޒަބީ އަލޮންސޯ ވަކިކުރުމުން ބޮޑު ބަހުސެއް އުފެދިފައިވަނިކޮށެވެ. …