Live 10,222 stories Updated Jan 19, 2026
Showing: PSM
Browse topics PSM

PSM

Live feed

ރާއްޖޭގެ ފުރަތަމަ ޖެނެރޭޓިވް އޭ.އައި ހެކަތޯން އަންނަމަހު

ދިރާގާއި ސްޕާކްހަބް ގުޅިގެން ރާއްޖޭގެ ފުރަތަމަ ޖެނެރޭޓިވް އޭ.އައި ހެކަތޯން އަންނަމަހު ބޭއްވުމަށް ނިންމައިފިއެވެ. މިއީ، އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކާއި، ވިޔަފާރިވެރިންނަށާއި އުފެއްދުންތެރިންނަށް އޭ.އައި މެދުވެރިކޮށް ކުރިއަށް ދިއުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤުޞަދުގައި ބާއްވާ ހަރ…

ސުލްހައިގެ ބޯޑުގައި ބައިވެރިވެވަޑައިގަތުމަށް ޓްރަމްޕް މޯދީއަށް ދައުވަތުދެއްވައިފި

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި މައްސަލަތަކަށް ސުލްހަވެރި ހައްލެއް ހޯދުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްނަންގަވައިގެން އުފައްދަވާ "ބޯޑް އޮފް ޕީސް" އިނީޝިއޭޓިވްގައި ބައިވެރިވުމަށް އިންޑިއާއަށް ދައުވަތު އަރުވައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ އ…

ޤައުމުތަކަށް ކަނޑައަޅާފައިވާ ސްޓައިޕަންޑް މުރާޖަޢާ ކުރަނީ

ބޭރު ޤައުމުތަކުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ ސްޓައިޕަންޑް މުރާޖަޢާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ތައްޔ…

ޤައުމީ އުފެއްދުންތެރިކަން 105 ބިލިޔަން ރުފިޔާއަށް، އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް

މިިދިޔަ އަހަރު ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު 105 ބިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 5.4 އިންސައްތައިގެ ކުރިއެރުމެކެވެ. ގްރޮސް ޑޮމެސްޓިކް…

ފޭވަރިޓުންނޭ ބުނެ އަތްއުރާލައިގެން ތިބެވޭކަށް ނެތް: ފުހެއިދު

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ރާއްޖެއިން މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވެ، އިދިކޮޅު ޓީމުތަކުން ޖެހިލުންވާ ވަރުގެ ޓީމަކަށް ރާއްޖެ ވިޔަސް، އިތުރު ހިތްވަރަކާއެކު މަސައްކަތްކުރުން ނޫންގޮތެއް ނެތްކަމަށް ޤައުމީ ފުޓްސަލް ޓީމުގެ އެސިސްޓަންޓް ކޯޗު މުހައްމަދު ފުހެއިދު (ޓޯޑް) ބުނެފިއެވެ. ތައިލެންޑު…

ފްލެޓާއި ގޯއްޗަށް 1 ދުވަސްތެރޭ 500އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅައިފި

ބޯހިޔާވަހިކަމުގެ ސްކީމަށް އެދި މިހާތަނަށް 500އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފަވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެވުޒާރާއިން ހާމަކުރި މަޢުލޫމާތަށް ބަލާއިރު މިހާތަނަށް ފްލެޓަށް އެދި 399 މީހުން ވަނީ ފޯމު ހުށަހަޅާފައެވެ. އަދި ގޯއްޗަށް އެދި 119 މީހުނ…

ބޭނުންވަނީ ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ކަންކަމަށް ހުރަސްނާޅާ ވެރިން: ނައިބު ރައީސް

ރައްޔިތުން އިޚްތިޔާރު ކުރަންވީ ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ކަންކަމަށް ހުރަސްނާޅާ ވެރިންތަކެއް ކަމަށް، ރައީސުލްޖުމްހޫރިއްޔާ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވާ ސްޕީޑުގައި މަސައްކަތް ކުރެވޭނެ ވެރިންތަކެއް ހޮވުމ…

ޓްރަމްޕްގެ ޞުލްޙައިގެ ބޯޑު ދައުވަތަށް މިހާތަނަށް މަރުހަބާ ކީ އެެންމެ ޤައުމަކުން

އދގެ މަސައްކަތަށް ބުރޫ އަރާފާނެ ކަމަށް ބުނެ، ޣައްޒާގެ ހިންގުމާ ޙަވާލުވުމަށް އެމެރިކާއިން އެކުލަވާލައި ޞުލްޙައިގެ ބޯޑާމެދު ޤައުމުތަކުން ނުތަނަވަސްކަން ފާޅުކޮށްފިއެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10ވަނަ ދުވަހު ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު އަމަލު ކުރަން ފެށި އެއްބ…

ދިރާސީ އަހަރަށް ކިޔެވުން ފަށާއިރު މުދައްރިސުންގެ ދަތިކަމެއް ނެތް: ވަޒީރު

ދިރާސީ އައު އަހަރަށް މުދައްރިސުން ހަމަޖެއްސުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށް ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. ތަޢުލީމީ ވުޒާރާއިން މިހާރު ކުރިއަށްގެންދަނީ ދިރާސާ އައު އަހަރަށް ކިޔަވަން ފެށުމުގެ އެންމެ ފަހުގެ…

ރާއްޖެ މެޗުގައި ރަތްކާޑު ދެއްކި އިމްތިޝާރު، ބަންގްލަދޭޝް ސްކޮޑުން ބޭރުކޮށްފި

ބަންގްލަދޭޝްގެ ޤައުމީ ފުޓްސަލް ޓީމުގެ ވައިސް ކެޕްޓަން އިންތިޝާރު މުސްތަފާ ޗޯދުރީ އެ ޓީމުގެ ސްކޮޑުން ބޭރުކޮށްފިއެވެ. ބަންގްލަދޭޝް ފުޓުބޯޅަ ފެޑެރޭޝަން (ބީއެފްއެފް) އިން މާ ބޮޑު ތަފްސީލެއް މިކަމުގައި ދީފައި ނުވިނަމަވެސް ބުނެފައި ވަނީ، އިންތިޝާރު ޓީމުން ބޭރުކޮށްފައި ވަނީ އަހުލާގީ މައްސަލައަކާ ގުޅިގެންނ…

އދ. ގެ ފައިނަލަށް މަހިބަދޫއާއި އޮމަދޫ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ އދ. އަތޮޅުގެ ފައިނަލުގެ ޖާގަ، މަހިބަދޫ އާއި އޮމަދޫއިން ހޯދައިފިއެވެ. މަހިބަދޫއިން އަތޮޅު ފައިނަލުގެ ޖާގައެއް ހޯދީ މަންދޫއާ ވާދަކޮށް ޕެނަލްޓީގައި 4-6 އިން ކުރިހޯދައިގެންނެވެ. ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔަ މި މެޗުގައި މަހިބަދޫގެ ލަނޑުތައް ޖ…

ތެލެސީމިއާ ބަލި ތަހައްމަލުކުރާ މީހަކު ނެތީ ހަމައެކަނި ވ.އަތޮޅުގައި!

އާބާދީގެ ނިސްބަތަށް ބަލާއިރު ވ. އަތޮޅަކީ މިހާރު ތެލެސީމިއާ ބަލި ތަހައްމަލުކުރާ އެއްވެސް މީހަކު ނެތް އަތޮޅެއް ކަމަށް މޯލްޑިވްސް ބްލަޑް ސަރވިސަސް، އެމްބީއެސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މޯލްޑިވްސް ބްލަޑް ސަރވިސަސްގެ ތަފާސްހިސާބުތަކަށް ބަލާއިރު މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ތެލެސީމިއާ …

Loading fresh headlines…