Live 13,991 stories Updated Oct 22, 2026
Showing: PSM
Browse topics PSM

PSM

Live feed

ކ.އަތޮޅުން މ.އަތޮޅަށް ރީނދޫ ސަމާލު

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ކ.އަތޮޅުން މ.އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. މި އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައިވަނީ، ހަވީރު 17:45އިން 21:30އާ ހަމައަށެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ، ސަމާލު ނެރެފައިވާ ވަގުތުތަކުގައި މި އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައެވެ. އަދި ވިލާގަނ…

"ކަރާޗީއާއި މާލެއާ ދެމެދު މޯލްޑިވިއަންގެ ދަތުރުތައް ވަރަށް އަވަހަށް ފަށާނެ"

ޕާކިސްތާނުގެ ކަރާޗީއާއި މާލެއާ ދެމެދު މޯލްޑިވިއަންގެ ސީދާ ދަތުރުތައް ވަރަށް އަވަހަށް ފަށާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، އިސްލާމްއާބާދުގައި ކުރިއަށްގެންދާ މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ. ޖަޒީރާ ގައުމުތައް ކަނޑުމަގުނ…

"ޕާކިސްތާނާއެކު ގާތުން މަސައްކަތްކުރަން ރާއްޖެ ތައްޔާރު"

ދެޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކޮށް، ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ޕާކިސްތާނާއެކު ގާތުން މަސައްކަތްކުރުމަށް ރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް އިޤުތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެ…

އުފެއްދުންތެރިކަމުގެ މައުރަޒު: ބޭންކިން ޕާޓްނަރަކަށް ބީއެމްއެލް

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގެ އޮފިޝަލް ބޭންކިންގ ޕާޓްނަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް ހަމަޖައްސައިފިއެވެ. ބީއެމްއެލުން ވިދާޅުވީ، މިއީ ރާއްޖޭގެ ވިޔަފާރިތަކާއި، އުފެއްދުންތެރިކަމުގެ އިތުރުން އީޖާދީ މަސައްކަތްތައް ކުރިއެރުވުމަށް އެ ބޭންކުން ދެމުންގެންދާ އެއްބާރުލ…

"ރައީސް މުޢިއްޒުގެ ދަތުރުފުޅާއެކު ވިޔަފާރީގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެ"

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރައްވަމުންގެންދާވާ ދަތުރުފުޅަކީ، ރާއްޖެ އާއި ޕާކިސްތާނުގެ އިޤްތިޞާދީ ގުޅުން އައު ހަރުފަރަކަށް ގެންގޮސްދޭނެ ދަތުރުފުޅަކަށްވާނެކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވެއްޖެއެވެ. ރާއްޖެ-ޕާކިސްތާން ބިޒްނަސް ފޯރަމްގައި ވާހަކަފުޅުދަ…

"އާބާދީ ކުޑަނަމަވެސް ރާއްޖެއަކީ އިންވެސްޓަރުންނަށް ފަހި ޤައުމެއް"

އާބާދީގެ ގޮތުން ރާއްޖެއަކީ ކުޑަ ޤައުމަކަށް ވީނަމަވެސް ފަތުރުވެރިކަން ހިމެނޭހެން ރާއްޖެއަކީ އިންވެސްޓްމަންޓުގެ ގިނަ ފުރުސަތުތަކެއް ހުރި ޤައުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ރާއްޖެ – ޕާކިސްތާން ބިޒްނަސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވ…

މަހިބަދޫ ނަރުދަމާ ނިޒާމް މަރާމާތުކުރުމަށް ސްޓެލްކޯއަށް

އދ. މަހިބަދޫގައި މިހާރު އޮޕަރޭޓް ކުރަމުންދާ ނަރުދަމާ ނިޒާމު މަރާމާތުކުރުމުގެ މަޝްރޫއު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑު، ސްޓެލްކޯއާއި ހަވާލުކޮށްފިއެވެ. މިކަމަށްޓަކައި ވަނީ، ޚާއްސަ ހަފްލާއެއް ބާއްވާފައެވެ. މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި މ…

ފިންގަރ ޖެޓީ: ފުރަތަމަ ޖެޓީގެ ކޮންކްރީޓް މަސައްކަތް ނިންމާލައިފި

މާލެ އުތުރު ފަރާތު ބަނދަރުގައި ފިންގަރ ޖެޓީ ހެދުމުގެ މަސައްކަތުގެ ތެރެއިން، ފުރަތަމަ ޖެޓީގެ ކޮންކްރީޓް މަސައްކަތްތައް އެއްކޮށް ނިންމާލައިފިއެވެ. މި މަޝްރޫޢުގެ ދަށުން އުތުރު ފަރާތު ބަނދަރުގައި 15 މީޓަރު ދިގު 3 ފިންގާ ޖެޓީ ހެދުމުގެ މަސައްކަތް މިވަގުތުވެސް ދަނީ ކުރަމުންނެވެ. މޯލްޑިވްސް ޓްރާންސްޕޯޓް …

އައްޑޫއާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ފުރަތަމަ ބިލިން ސައިކަލް ފަށައިފި

އައްޑު އަތޮޅާއި ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތާއި މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީއިން ރަސްމީކޮށް ހަވާލުވެ، އެ ކުންފުނީގެ ފުރަތަމަ ބިލިން ސައިކަލް ފަށައިފިއެވެ. ހުޅުދޫ އަދި މީދޫ ހިމެނޭހެން އައްޑޫ އަތޮޅު އަދި ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތް ފެނަކ…

ހަފުތާ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ

ހަފުތާ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮ…

އަގުނުޖަހާތީ 17 ފިހާރައަކަށް ނޯޓިސް

ވިއްކަން ބަހައްޓާ މުދަލުގައި އަގު ޖަހާފައި ހުރިތޯ ބެލުމަށް މިދިޔަ ހަފުތާގައި 34 ފިހާރައެއް ބަލައި ފާސްކޮށްފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެެވެ. އެ ވުޒާރާއިން ދަނީ މިފަދަ އިންސްޕެކްޝަންތައް ކުރިއަށްގެންދަމުންނެވެ. ކޮންސިއުމަރ ޕްރޮޓެކްޝަނ…

ކާބޯތަކެތީގެ އިންފްލޭޝަން މިދިޔަ މަހު ދަށަށް

މިދިޔަ އޮގަސްޓްމަހު މާލެއާއި އަތޮޅު ތެރޭގައި ކާބޯތަކެއްޗާއި ޚިދުމަތްތަކުގެ އަގު ދަށަށް ހިނގައްޖެއެވެ. މިދިޔަ މަހު ކާބޯތަކެތީގެ އިންފްލޭޝަން ރޭޓު ވަނީ، %5.6 އަށް ދަށްވެފައެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން އާންމުކޮށްފައިވާ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ އޮގަސް…

Loading fresh headlines…