Live 10,201 stories Updated Jan 29, 2026
Showing: PSM
Browse topics PSM

PSM

Live feed

ގެސްޓްހައުސްތަކުގެ އަގުވަޒަންކުރުމަށް އެމްއައިބީން ޚާއްޞަ އެވޯޑެއް

މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީއިން އިސްނަގައިގެން، ރާއްޖޭގެ ގެސްޓްހައުސް ސިނާއަތުގައި ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި ޚާއްޞަ އެވޯޑެއް ތައާރަފުކޮށްފިއެވެ. މި އެވޯޑުތައް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހު އެމްއައިބީން ބޭއްވުމަށް ހަމަޖެހިފައިވާ "އ…

ބީއެމްއެލްއަށް 3.2 ބިލިޔަން ރުފިޔާގެ ފައިދާއެއް، މިއީ ރެކޯޑު އަދަދެއް

މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއަށް ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ 2024 ވަނަ އަހަރާ އަޅައިބަލާއިރު %10 އިތުރުވެ، ރެކޯޑް އަދަދެއް ކަމަށްވާ 3.2 ބިލިއަން ރުފިޔާއަށް އަރާފައިކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ. ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއަށް 2025 ވަނަ އަހަރުގެ ހަ…

ވިލުފުށީ އެއަރޕޯޓަށް ބޭނުންވާ ބިމުގެ %80 ހިއްކައިފި

ތ. ވިލުފުށީގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް ކުރާ މަސައްކަތުގެ ދަށުން އެރަށުގެ ބިންހިއްކުމުގެ މަސައްކަތުގެ 80 އިންސައްތަ ނިމިފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ. ވިލުފުށީ އެއަރޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު ސެ…

ތިލަފުށިން ގެއްލުނު މީހާ މަރުވީ 26 ވަނަ ދުވަހު ހިނގި "ހާދިސާއެއްގައި": ފުލުހުން

ތިލަފުށީ ސައިޓަކުން ގެއްލިގެން ހޯދަމުން ދަނިިކޮށް މަރުވެފައި އޮތްވާ ފެނުނު މީހާ މަރުވީ މީގެ ދެދުވަސް ކުރިން ހިނގި "ހާދިސާއެއްގައި" ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ، މަރުވެފައި އޮއްވާ ފެނިފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 24 އަހަރުގެ އަމީން މިއާ ކަމަށެވެ. މިހާތަ…

ޒަކާތު ފަންޑުން ނޮވެންބަރުމަހު 3 މިލިޔަން ރުފިޔާ

މިދިޔަ އަހަރުގެ ނޮވެންބަރު މަހު ޒަކާތު ހައުސްއިން އެކި ކަންކަމަށް 3 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި ހިސާބުތަކުން ދައްކާގޮތުގައި ޒަކާތު ފަންޑުގެ އެކި ބައިތަކުން ބަލިމީހުންނަށާއި، ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ އިތުރުން ދީނީ ކަންކަމަށް ބޮޑެތ…

ދުންފުހުގެ އަސަރު މިއަދު ހުރީ ނުރައްކާތެރި މިންވަރަކަށް

ދުންފުހުގެ އަސަރު މިއަދު ރާއްޖޭގެ ހުރިހައި ހިސާބަކަށްވެސް ވަނީ ނުރައްކާތެރި މިންވަރަށް މަތިވެފައި ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ދުންފުހާއި ގުޅިގެން ނެރެފައިވާ ސަމާލުގައި ވިދާޅުވީ، ދުންފުހުގެ އަސަރު ރާއްޖޭގެ ހުރިހައި ސަރަހައްދަކަށްވެސް ކުރާނ…

މިހާތަނަށް 19،000 އަށްވުރެ ގިނަ މަސްދަޅު ކޭސް ބަހައިފި

ރޯދަ ހަދިޔާގެ ގޮތުގައި މިހާތަނަށް 19،000 އަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މިއަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށްވެސް މަސްދަޅު ކޭހެއް ހަދިޔާ ކުރަނ…

ތާރީޚީ ބޮޑު މަޝްރޫޢެއް "އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް" ބިންގާ އަޅައިފި

ނ. އަތޮޅުގައި ތަރައްޤީކުރާ 'އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް' މަޝްރޫޢުގެ ބިންގާ އަޅައިފިއެވެ. މި މަޝްރޫޢުގެ ބިންގާ އަޅުއްވާދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫއަކީ ރާއްޖޭގެ ސްޕެޝަލް އިކޮނިމި…

އައިލާ މަޝްރޫޢަކީ ފަތުރުވެރިކަމުގެ މުޅިން އައު ބާބެއްގެ ފެށުން: ވަޒީރު ސަޢީދު

އައިލާ މަޝްރޫޢަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުޅިން އައު ބާބެއް ހުޅުވައިދޭނެ ފަދަ މަޝްރޫއެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އެސްއީޒެޑްގެ ދަށުން ރާއްޖޭގައި ތަރައްޤީކުރާ އެންމެ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެ…

ނިއުކްލިޔަރ އެއްބަސްވުމަކާ ހަމައަށް ނާންނަ ނަމަ ޙަމަލާ މާ ވަރުގަދަވާނެ

އީރާނުން އެމެރިކާއާއެކު މަޝްވަރާގެ މޭޒުގެ ދޮށަށް އައުމަށް ދެކޮޅު ހަދައި އެ ޤައުމުގެ ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭ އެއްބަސްވުމަކާ ހަމައަށް ނާންނަ ނަމަ ނަަމަ އެމެރިކާއިން އެ ޤައުމަށް ދެން ދޭ ޙަމަލާ މީގެ ކުރިން ދީފައިވާ ޙަމަލާއަށްވުރެ އެތައް ގުނައެއް ވަރުގަދަ ވާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލް…

ބާރަށާއި ފުނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރާނެ ބަޔަކު ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ ބާރަށާއި މިލަދުންމަޑުލު އުތުރުބުރީ ފުނަދޫގައި ޓޫރިސްޓް ހޮޓާ ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބީލަމަށް ހުޅުވާލައިފިއެވެ. މި ދެ ރަށުގައިވެސް ހޮޓާ ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުން ކަނޑައަޅާފައިވާ ވަކި ބިންތަކެއްގައ…

ޤަވައިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ 15 ބިދޭސީއަކު އިމިގްރޭޝަންގެ ދަށަށް

މާލޭގައި ޤަވައިދާ ޚިލާފަށް ވިޔަފާރިކޮށް މަސައްކަތް ކުރަމުންދިޔަ 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ބިދޭސީން އަތުލައިގަނެފައިވަނީ ކަމާބެހޭ މުއައްސަސާތައް ގުޅިގެން މާލޭގައި ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި އޮޕަރޭޝަނަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް …

Loading fresh headlines…