Live 10,201 stories Updated Jan 30, 2026
Showing: PSM
Browse topics PSM

PSM

Live feed

ފަހުވަގުތު ގްރީން ހިފަހައްޓައިފި

ދިވެހި ޕްރިމިއަރ ލީގުގައި ކުލަބް އީގަލްސް ފަހު ވަގުތު ޖެހި ލަނޑާއެކު ކުލަބު ގްރީން ސްޓްރީޓްސް އަށް ޝޮކެއްލިބިއްޖެއެވެ. މި ދެޓީމް ވާދކުރި މެޗު ނިމުނީ 1-1 އެއްވަރުވެގެންނެވެ. މިމެޗުން ގްރީން މޮޅުވާން ދަނިކޮށް އީގަލްސް އިން އެއްވަރު ކުރި އިރު ގްރީން މޮޅުވި ނަމަ އަންނަ ސީޒަންގެ ލީގު ޕްލޭއޮފް އަށް އެޓީމ…

އައިޔޫއެމްގެ ކުރިއަށް އޮތް 5 އަހަރުގެ ޕްލޭން އިފްތިތާހުކޮށްފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހުކޮށްފިއެވެ. އެ ޔުނިވަރސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޕްލޭން އިފްތިތާހު ކޮށްދެއްވީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛް މުޙައްމަދު މުޖުތާޒެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވ…

ދަނޑުވެރިކަމުގެ ގައުމީ ލެބޯޓަރީ ފުވައްމުލަކުގައި

ފުވައްމުލައް ސިޓީގައި ދަނޑުވެރިކަމުގެ ގައުމީ ލެބޯޓަރީ ރަސްމީކޮށް އިފްތިތާހުކުރައްވައިފިއެވެ. މި ތަން އިފްތިތާހުކޮށްދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރު ޑރ. މަރިޔަމް މަރިޔާއެވެ. މި ލެބޯޓަރީ ޚާއްޞަކުރެވިފައިވަނީ ދަނޑުވެރިކަމުގެ ދާއިރާއިން ގައުމީ ފެންވަރުގައި ހިންގޭ ދިރާސާތަކާއި، ބަލި ދެނެ…

އިގްތިސާދީ ވާދަވެރިކަމަށް ބިޔަ އިންވެސްޓްމަންޓްތައް މުހިއްމު

އިގްތިސާދީ ވާދަވެރިކަމުގެ އޮއިވަރުގައި ފައިތިލަ ސާބިތުކުރުމަށް "އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް" މަޝްރޫޢު ފަދަ މަޝްރޫޢުތައް މުހިންމުކަމަށް ވިޔަފާރިއާއި އިގްތިސާދީ ތަރައްގީއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ނ. އަތޮޅުގައި ތަރައްޤީކުރާ 'އައިލާ ސަސްޓެއިނަބަލް ޓައ…

ޖަޒީރާ ޤައުމުތަކުގެ ތަރައްޤީގެ ބައިވެރިޔާގެ ދަރަޖަ ޗައިނާއަށް

ވަކިވަކި ޤައުމުތަކަށް ބަލާއިރު، ތަރައްޤީގެ އެންމެ މުހިންމު ބައިވެރިޔާގެ ގޮތުގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން ދެކެނީ ޗައިނާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. އޯޑީއައި ގްލޯބަލްއިން ހެދި މި ދިރާސާގައި ބުނީ، އެމެރިކާ އާއެކު ހުޅަނގުގެ ގިނަ ޤައުމުތަކުން މާލީ އެހީތައް އެތައް ގުނައަކުނ…

މަހަރާޝްތުރާ ކެރަމް މުބާރާތުގައި ރާއްޖޭގެ 10 ކުޅުންތެރިން

އިންޑިއާގެ މަހަރާޝްތުރަ އޯޕަން ކެރަމް ޗެލެންޖް ޓްރޮފީގައި ރާއްޖޭގެ 10 ކުޅުންތެރިއަކު ބައިވެރިވެއްޖެއެވެ. މި މުބާރާތް ކުރިއަށް ދާނީ 29 އިން 30 ޖެނުއަރީގެ ނިޔަލަށެވެ. މިއީ މަހަރާޝްތުރަ ކެރަމް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. މުބާރާތުގައި ބައިވެރިވާ ދިވެހި އެތުލީޓުންނަކީ،

ނޮޅިވަރަމާއި ނައިވައިދޫ ޕޮއިންޓަކުން ފުއްދާލިއިރު މާރަންދޫއަށް މޮޅެއް

ރާއްޖޭގައި ބާއްވާ އެންމެ ހައިބަތުބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން 1 ގައި ނޮޅިވަރަމާއި ނައިވައިދޫ ޕޮއިންޓަކުން ފުއްދާލިއިރު މާރަންދޫއަށް މޮޅެއް އެއްވަރުވެގެން ނިމުނުއިރު، މާރަންދޫ މޮޅުވެ، ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ. މި ޒޯނުގައި މިއަދު ހަވީރު ނޮޅިވަރަމާއި ނައި…

ވިކްޓަރީ ބަލިކޮށް ޓީސީން ފޯމު ދަމަހައްޓައިފި

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކުލަބް ބަލިކޮށް ޓީސީ ސްޕޯޓްސް ކުލަބުން ދެވަނަ ބުރުން ފެށިގެން އެޓީމުގެ ރަނގަޅު ފޯމު ދަމަހައްޓައިފިއެވެ. ލީގުގެ ރެލިގޭޝަން ޒޯނުން ސަލާމަތްވެ އަންނަ ސީޒަންގެ ދިވެހި ޕްރިމިއަރ ލީގުގެ ޕްލޭއޮފްއަށް ކޮލިފައިވެފަވާ ޓީސީން ވިކްޓަރީގެ މައްޗަށް ކުރި ހޯދީ 1-…

ފަލަސްޠީންގެ ނޫސްވެރިޔާ ބިސާން ޓިކްޓޮކުން ބޭރުކޮށްލައިފި

މިލިއަނަކަށް ވުރެ ގިނަ މީހުން ފޮލޯކުރާ، ފަލަސްޠީންގެ މަޝްހޫރު ނޫސްވެރިޔާ، ބިސާން އޫދާ ޓިކްޓޮކުން ބޭރުކޮށްލައިފިއެވެ. ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް، އަލްޖަޒީރާ ފަދަ ނޫސްތައް މެދުވެރިކޮށް ދުނިޔެއަށް ހާމަކޮށް، ބައިނަލްއަޤުވާމީ ގިނަ އެވޯޑުތަކެއް ޙާޞިލްކޮށްފައިވާ ބިސާން، އެކްސް …

މެރިޓައިމް ކޮންފަރެންސްގެ ބްރޯޑްކާސްޓް ޕާޓްނަރަކަށް ޕީއެސްއެމް

ދެވަނަ "މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް" ކޮންފަރެންސް ބްރޯޑްކާސްޓިންގް ޕާޓްނަރަކަށް ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމް ހަމަޖައްސައިފިއެވެ. މި ކޮންފަރެންސްގެ ޕާޓްނަރުންނާއެކު ސޮއިކޮށްފައިވަނީ މިކަމަށްޓަކައި އެމްޕީއެލް ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން އ…

އޮމާނާއި ގުޅިގެން ހަކަތައިގެ މަޝްރޫއުތައް ކުރިއަށްގެންދިއުމަށް މަޝްވަރާކުރައްވައިފި

ތެލުގެ މުއްސަނދިކަން ލިބިފައިވާ މެދު އިރުމަތީގެ ޤައުމެއްކަމަށްވާ އޮމާނާއި ގުޅިގެން ހަކަތައިގެ މަޝްރޫއުތައް ރާއްޖޭގައި ކުރިއަށްގެންދިއުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މިކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވީ މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު އޮމާނަށް ކުރައްވަމުނ…

ބޭންކިން ވިޔަފާރި ފެށުމުގެ ހުއްދަ ޑިވެލޮޕްމަންޓް ބޭންކަށް

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ޑީބީއެމްއަށް، ބޭންކިން ވިޔަފާރި ފެށުމުގެ ހުއްދަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ދޫކުރައްވައިފިއެވެ. ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ނަމުގައި ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް ރައީސުލ…

Loading fresh headlines…