Live 8,136 stories Updated Dec 15, 2025
Showing: PSM
Browse topics PSM

PSM

Live feed

ނިއު ދިއްލީގައި ވައި ތަޣައްޔަރުވުން އިތުރަށް ގޯސްވާތީ، ފިޔަވަޅުތައް ހަރުކަށިކޮށްފި

އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އާއި ވަށައިގެން ހުރި ސަރަޙައްދުތަކުގައި އެންމެ ނުރައްކާ މިންވަރަށް ވައި ތަޣައްޔަރުވެ، އެކަމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފިއެވެ. އިންޑިއާގެ ތިމާވެއްޓާބެހޭ ވުޒާރާއިން ނެރުނު ސަމާލެއްގައި ވަނީ ކޮމިޝަން ފޯ އެއާ ކޮލިޓީ މެނޭޖްމަންޓުން ނިއު ދިއްލީ…

ރައީސް ބުދަ ދުވަހުގެ ރޭ ވިޔަފާރިވެރިންނާ ބައްދަލުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބުދަ ދުވަހުގެ ރޭ، ދިވެހި ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ޚިޔާލާއި މަޝްވަރާ ހޯއްދަވާ…

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުން ބުރާސްފަތިދުވަހުގެ ރޭ

މާލެ އެކި އަވަށްތަކުގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރެއްވުމަށް ބައްވަމުން އަންނަ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގަ ދިރިއުޅޭ ރައްޔިތުންނާ ބުރާސްފަތި ދުވަހުގެ ރޭ ބައްދަލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައި…

އޭޝިއަން ޔޫތު ޕެރަ ގޭމްސްގައި ލޯ މެޑަލް ހޯދި ޓީމަށް ހޫނު މަރުހަބާއެއް

ދުބާއީގައި ބޭއްވި އޭޝިއަން ޔޫތު ޕެރަ ގޭމްސްގައި ވާދަކުރި ރާއްޖޭގެ ޕެރެ އެތުލީޓުން ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ވީއައިޕީއިން އެޓީމަށް މަރުޙަބާ ދެންނެވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސ…

އައްޑޫސިޓީގައި ޤާއިމުކުރި ނޭޝަނަލް ކެރިއަރ ސަރވިސަސްގެ ގޮފި ހުޅުވައިފި

އައްޑޫސިޓީގައި ޤާއިމުކުރި ނޭޝަނަލް ކެރިއަރ ސަރވިސަސްގެ ގޮފި މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މި ގޮފި ހުޅުއްވައިދެއްވީ، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދެވެ. އައްޑޫސިޓީގައި ޤާއިމުކުރި ނޭޝަނަލް ކެރިއަރ ސަރވިސަސްގެ ގޮފި ހުޅުވުމަށް …

ފުވައްމުލަކު މަސް ޕްރޮސެސިން ފެސިލިޓީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

މިފްކޯއިން ފުވައްމުލަކު ސިޓީގައި ޤާއިމްކޮށްފައިވާ މަސް ޕްރޮސެސިން ފެސިލިޓީން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޚިދުމަތް ދޭން ފެށޭނެ ކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ. މި ފެސިލިޓީގެ މަސައްކަތް ފަށާފައިވަނީ، 2021 ވަނަ އަހަރުއެވެ. ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ވިދާޅުވީ، ފުވައްމ…

ޤައުމީ ޔުނިވަރސިޓީގެ ކުރިއަށްއޮތް 5 އަހަރުގެ ސްޓްރެޓީޖިކް ޕްލޭން އިފުތިތާޙުކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙްކޮށްފިއެވެ. ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެޔުނިވަރސިޓީގެ "2026-2030 ސްޓްރެޓެޖިކް ޕްލޭން އިފްތިތާޙްކޮށްދެއްވީ ޗާންސެލަރ ޑރ.މުޙައްމަދު ޝައުޤީ، އާއި ވައިސް ޗާންސެލަރ ޑރ. ޢައިޝަތު ޝެހެ…

ސިއްޙީ ޚިދުމަތްތައް ތަރައްޤީކުރަން އައިއެސްޑީބީން ރާއްޖެއަށް 400،000 ޑޮލަރުގެ އެހީއެއް!

ސިއްޙީ ދާއިރާގެ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމަށްޓަކައި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ)އިން ރާއްޖެއަށް 400،000 ޑޮލަރު ނުވަތަ 6.2 މިލިޔަން ރުފިޔާގެ ހިލޭ އެހީއެއް ދީފިއެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޔުނިވަރސަލް ހެލްތު ކަވަރޭޖް (ޔޫއެޗްސީ)ފޯރަމުގައި އިސްލާމިކް ޑިވެލޮޕްމަ…

މިފްކޯއިން މަސް ގަންނަ އަގު ބޮޑުކޮށް، ތެޔޮ ވިއްކާ އަގު ކުޑަކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއިން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު ބޮޑުކޮށް، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކޮށްފިއެވެ. 45ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރ. ދުވާފަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިކަން އި…

ޔަހޫދީން ޙަމާސްގެ އިސް ކޮމާންޑަރެއް ޝަހީދު ކޮށްލާފައިވާ ކަން ކަށަވަރު ކޮށްދީފި

ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޙަމާސް ޖަމާޢަތުގެ އިސް ކޮމާންޑަރެއް ކަމުގައިވާ ރާއިދު ސަޢަދު ޝަހީދު ކޮށްލާފައިވާ ކަން އެ ޖަމާޢަތުން ކަށަވަރު ކޮށްދީފިއެވެ. ޙަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ ޚަލީލް އަލް-ޙައްޔާ ވިދާޅުވީ، ސަޢަދު ޝަހީދު ކޮށްލާފައި ވަނީ ޣައްޒާއަށް ދީފައިވާ ވައިގެ ޙަމަލާއެއްގައި ކަމުގަވ…

ވިޒިޓް މޯލްޑިވްސްއިން ކުދި ވިޔަފާރިތަކުގެ މެންބަރޝިޕް ފީ ކުޑަކުރަނީ

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަ ކޮށްގެން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެންބަރޝިޕްގައި ބައިވެރިވުމުގެ ލުއި ފުރުސަތުތަކެއް ދިނުމަށް އެ ކުންފުނިން ނިންމައިފިއެވެ. މިއީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ކުދި ވިޔަ…

ގުދުރަތީ ކާރިސާތަކަށް ހޭލުންތެރިކުރުމަށް އެއްބަސްވުމެއް

ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށްޓަކައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ގުދުރަތީ ކާރިސާތަކުން ލިބެމުންދާ ގެއްލުންތައް އަހަރުން އަހަރަށް އިތުރުވަމުންދިޔުމާއި …

Loading fresh headlines…