Live 8,130 stories Updated Dec 17, 2025
Showing: PSM
Browse topics PSM

PSM

Live feed

ފީފާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ޑެމްބެލޭ އާއި ބޮންމާޓީ އަށް

ފްރާންސްގެ ޕީއެސްޖީގެ ފޯވަޑް އޮސްމާނޭ ޑެމްބެލޭ އާއި ބާސެލޯނާގެ މިޑްފީލްޑަރު އައިޓާނާ ބޮންމާޓީ އަކީ ހުސްވި ސީޒަނުގެ މޮޅު ކުޅުންތެރިން ކަމަށް ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ (ފީފާ)އިން ވެސް ނިންމައިފި އެވެ. މިކަން އިއުލާނުކޮށް އެ ދެ ކުޅުންތެރިންނަށް ފީފާގެ ދަ ބެސްޓް އެވޯޑް ދިނީ ރޭ ގަތަރުގައި ބޭއްވި ފީފާ …

އެމްބާޕޭ އަށް 60 މިލިއަން ޔޫރޯ ދޭން ޕީއެސްޖީގެ މައްޗަށް އަމުރެއް

ފްރާންސްގެ ފޯވަޑް ކީލިއަމް އެމްބާޕޭ އަށް 60 މިލިއަން ޔޫރޯ ބަދަލެއްގެ ގޮތުގައި ދޭން ފްރާންސްގެ ޕެރިހގެ ލޭނާ ކޯޓުން އޭނާގެ ކުރީގެ ކުލަބު ޕީއެސްޖީގެ މައްޗަށް އަމުރުކޮށްފި އެވެ. މި ގޮތަށް ނިންމީ ޕީއެސްޖީން އެމްބާޕޭގެ ކޮންޓްރެކްޓާ ހިލާފުވި ކަމަށް ބުނެ ބަދަލުގެ ގޮތުގައި 263 މިލިއަން ޔޫރޯ ދިނުމަށް އޭނާގެ…

ފީފާގެ ޑްރީމް ޓީމު ލީޑް ކުރީ ޕީއެސްޖީ އާއި ބާސެލޯނާ

ހުސްވި ސީޒަނުގައި ދުނިޔޭގެ ޑްރީމުގެ ގޮތުގައި ފީފާއިން ހޮވި ފިރިހެން ޓީމު ފްރާންސްގެ ޕީއެސްޖީ އަދި އަންހެން ޓީމު ސްޕޭނުގެ ބާސެލޯނާއިން ލީޑް ކޮށްފި އެވެ. ފިރިހެން ޓީމުގައި ޕީއެސްޖީގެ ހަ ކުޅުންތެރިން އަދި އަންހެން ޓީމުގައި ބާސެލޯނާގެ ހަތް ކުޅުންތެރިއަކު ވަނީ ހިމަނައިފަ އެވެ. ފިރިހެން ޓީމުގެ ގޯލްކީޕ…

ފީފާގެ މޮޅު ކޯޗުންނަކީ ވެސް އެންރީކޭ އާއި ސަރީނާ، ގޯލްކީޕަރަކީ ޑޮންނަރޫމާ

ފީފާއިން ހޮވި ދުނިޔޭގެ އެންމެ މޮޅު ދެ ކޯޗުންނަކީ ލުއިސް އެންރީކޭ އާއި ސަރީނާ ވިއެގްމަން ކަމަށް ނިންމައި އެވޯޑް ދީފި އެވެ. އަދި ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރަކީ ފްރާންސްގެ ޕީއެސްޖީ އަށް ކުޅުނު ގޯލްކީޕަރު ޖިއާންލުއިޖީ ޑޮންނަރޫމާ އެވެ. މި ސީޒަނުން ފެށިގެން އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ އަށް ކު…

"4000 ފްލެޓުގެ ޑައުންޕޭމަންޓަށް ދެވެންއޮތް ލުޔެއް ދޭނަން"

ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ފްލެޓްގެ ޑައުންޕޭމަންޓަށްވާ ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވަނީ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް އަލިއަޅ…

ހުޅަނގު އައްސޭރީގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރަން ނިންމުން ސަރުކާރުން ކުށްވެރިކޮށްފި

ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ 19 ސަރަޙައްދެއްގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް އިސްރާއީލުގެ ކެބިނެޓުން ނިންމި ނިންމުން ދިވެހި ސަރުކާރުން ކުށްވެރިކުރައްވައިފިއެވެ. ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައިވަނީ ހިފާފައިވާ ފަލަސްޠީނުގެ އެކި ސަރަޙައްދުތަކުގައި ބައިނަލްއަޤުވާމީ ޤާނޫނުތަ…

އައު ކުޅުންތެރިއަކު ގުޅުމުން ކުރިއެރުން ފެނިއްޖެ: ވެލެންސިއާގެ ކޯޗު

ލީގުގައި އެންމެ ފަހުން ކުލަބު ވެލެންސިއާ ކުޅުނު މެޗުގައި އައު ކުޅުންތެރިއަކު ގުޅުމާއެކު ކުރިއެރުން ފެނިގެން ދިޔަ ކަމަށް އެކުލަބުގެ ކޯޗު އަޙްމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ. ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ގައުމީ ފުޓްބޯޅަ ދަނޑުގައި އެންމެ ފަހުން ވެލެންސިއާއިން ނިކުތީ ނިއުރޭޑިއަންޓާއި ދެކޮޅަށެވެ. …

ލަންކާ ލަޔަންސް ފުޓްސަލް ކަޕް ކާމިޔާބުކަމާއެކު ނިންމާލައިފި

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ހާއްސަކޮށްގެން ލަންކާ ލަޔަންސް ޓީމުން އިންތިޒާމުކޮށްގެން "ލަންކާ ލަޔަންސް ފުޓްސަލް ކަޕް 2025" ގެ ނަމުގައި އެއް ދުވަހުގެ ފުޓްސަލް މުބާރާތެއް މާލޭގައި ބާއްވައިފިއެވެ. ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައ…

ކުޑަ ދުވަސްކޮޅެއްގެތެރޭ 52 މަސާޖު ޕާލާ ބަންދުކޮށްފި

ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު މަސާޖު ޕާލާ ތަންތަން ބަންދުކުރުމުގެ މަސައްކަތުގެ ދަށުން ކުޑަދުވަސްކޮޅެއްގެ ތެރޭގައި 52 މަސާޖްޕާލާ ބަންދުކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއ…

1 ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކަށް ހައުސިން ސްކީމްތަކަށް ކުރިމަތިލެވޭނެ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަކުން ކުރިން 1 ކޮޓަރީގެ އެޕާޓްމަންޓް ލިބިފައިވާ ފަރާތަކަށްވެސް މީގެފަހުން ހައުސިންގ ސްކީމްތަކަށް ކުރިމަތިލެވޭގޮތަށް ހަމަޖައްސާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރަ…

ޝިފާއުގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ 7 ދައުވާވެސް ސާބިތުވެއްޖެ

ސައްހަ ނޫން ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކެއްގެ އަތުން އޮޅުވާލައިގެން މުދާ ހޯދި މައްސަލާގައި ހުސައިންގެ ޝިފާއުގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ 7 ދައުވާވެސް ސާބިތުވެއްޖެއެވެ. ސައްހަ ނޫން ޓީޓީތަކެއް ފޮނުވައިގެން 123،000 ޑޮލަރު ނުވަތަ 1.9 މިލިއަން ރުފިޔާގެ މުދާ ހޯދި…

ވިމެންސް ލީގު: ބިސް ބުރު ބަލިކޮށް ޓީސީއަށް ފުރަތަމަ މޮޅު

އެފްއޭއެމް ވިމެންސް ލީގު 2025 ގައި ބިސް ބުރު ސްޕޯޓްސް ކުލަބު ބަލިކޮށް، ޓީސީ ސްޕޯޓްސް ކުލަބުން ފުރަތަމަ މޮޅު ހޯދައިފިއެވެ. ހެންވޭރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ޓީސީން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗު އެއްކޮށް ކަހަލަ ގޮތަކަށް ބިސް ބުރުން ޑޮމިނޭޓުކޮށްގެން ކުޅުނުއިރު، ފުރަތަމަ ހާފު…

Loading fresh headlines…