Live 8,130 stories Updated Dec 18, 2025
Showing: PSM
Browse topics PSM

PSM

Live feed

ވޯލްޑްކަޕް ޗެމްޕިއަން ޓީމަށް 50 މިލިއަން ޑޮލަރު

އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރާ ގައުމަކަށް އިނާމެއްގެ ގޮތުގައި 50 މިލިއަން ޑޮލަރު ދެން ފީފާއިން ނިންމައިފި އެވެ. ގަރަތުގެ ވެރިރަށް ދޯހާގައި ބޭއްވި ފީފާ އެކްސްކޯ ބައްދަލުވުމުގައި މި ގޮތަށް ނިންމީ މުބާރާތުގައި ވާދަކުރާ ޓީމުތަކަށް 727 މިލިއަން ޑޮލަރު ދޭން…

ސުއަރޭޒް މަޔާމީގެ އެއްބަސްވުން އައު ކޮށްފި

އެމެރިކާގެ މޭޖަރ ލީގުގެ ކްލަބް އިންޓަރ މަޔާމީގެ ފޯވަޑް ލުއިސް ސުއަރޭޒް އެ ކްލަބާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފި އެވެ. އުމުރުން 38 އަހަރުގެ އުރުގުއޭއަށް އުފަން ލުއިސް ސުއަރޭޒް މަޔާމީ އާއިއެކު ހަދާފައިވާ އެއްބަސްވުން އައު ކޮށްފައިވަނީ ކުރިއަށް އޮތް ސީޒަނުގެ ނިޔަލަށެވެ. އެހެންކ…

ފަހު ވަގުތު ނިއުކާސަލް މޮޅުވެ ސެމީ އަށް

އިނގިރޭސި ލީގު ކަޕް ނުވަތަ ކާރލިން ކަޕްގެ ސެމީ ފައިނަލުގެ ޖާގައެއް އެންމެ ފަހުގެ ޗެމްޕިއަން ނިއުކާސަލް ޔުނައިޓެޑް އިން ހޯދައިފި އެވެ. ނިއުކާސަލް އިން މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ކުއާޓަރ ފައިނަލުގައި ފުލަމް އާއި ދެކޮޅަށް ރޭ ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވ…

ޑެމެރޭޖް ނާރާ ވަގުތު 124 ގަޑިއިރަށް އިތުރުކޮށް، މުދާ ކްލިއަރކުރުން 24 ގަޑިއިރަށް ބަދަލުކުރަނީ

ރާއްޖެއަށް އެތެރެކުރާ މުދަލަށް ޑެމެރޭޖް ނާރާ ވަގުތު އިތުރުކޮށް، މުދާ ކްލިއަރކުރުން 24 ގަޑިއިރަށް ބަދަލުކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާޙަކަ…

ތައިލޭންޑުގައި ކުރި ކޭމްޕު ވަރަށް ކާމިޔާބު: ނަދީމް

ގައުމީ އަންހެން ވޮލީ ޓީމުން މިމަހުގެ 6 އިން 13 އަށް ތައިލޭންޑުގައި ކުރި ކޭމްޕު ވަރަށް ކާމިޔާބުކަމަށާއި އެކޭމްޕުގެ ސަބަބުން ކުޅުންތެރިންނަށް މެޗު ތަޖުރިބާތަކެއްވެސް ލިބިގެން ދިޔަކަމަށް ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު މުހަންމަދު ނަދީމް ބުނެފިއެވެ. މި ކޭމްޕަކީ މިމަހުގެ 20 ގަ ފަށާ ވިމެންސް ކާވާ ކަޕް 2…

މާލެއާއި އަތޮޅުތަކުގައި މެންދަމު އުޅޭ ބިދޭސީންނާއި ފުލުހުން ސުވާލުކުރާނެ

މިރެއިން ފެށިގެން، މާލެ ސަރަޙައްދާއި އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ދަންވަރު ވަގުތުގައި ބޭނުމެއްނެތި ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވާ މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް ކުރަމުންދާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ،…

ސިޔާސަތުތައް ބައްޓަންކުރާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް: ރައީސް

ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރައްވާނީ، ކުދި އަދި މެދު ފަންތި ހިމެނޭގޮތަށް ހުރިހާ ފަންތިއެއްގެ ވިޔަފާރިއެއްވެސް ކުރިއެރުވުމަށްކަމަށް ރައީސުލްޖުމްހޫރީއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގަ…

އައު ޓާމިނަލްގެ ސީޕްލޭން ކައުންޓަރުތަކަށް އޮޕަރޭޓަރުން އަހުލުވެރިކުރުމުގެ މަސައްކަތް ފަށައިފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީއައިއޭ އައު ޓާމިނަލްގެ ސީޕްލޭން ކައުންޓަރުތަކަށް އޮޕަރޭޓަރުން އަހުލުވެރިކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ފަށާފައިވަނީ، ވީއައިއޭގެ އައު ޓާމިނަލްގެ ޗެކިން ކައުންޓަރުތަކުން ޚިދުމަތްދޭން ފެށުމަށް ތައްޔާރުވުމުގެ ގޮތުންނެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމ…

ބޭބީ ސިޓަރސްގެ ގޮތުގައި ބިދޭސީން ގެނެވޭގޮތް ހަދައިފި

ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގައި ބިދޭސީން ރާއްޖެއަށް އެތެރެވުމަށް ކޯޓާ ނުދޭން ނިންމި ދާއިރާތަކުގައި "ބޭބީ ސިޓަރ"ގެ ގޮތުގައި ގެންނަ ބިދޭސީން ނުގެނެވޭނެ ގޮތަށް އޮތް އޮތުން ބަދަލުކޮށްފިއެވެ. ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދަށް ބޮޑެތި އިސްލާޙުތަކެއް ގ…

ބޭރުގެ އެހީއާއެކު ސްރީ ލަންކާގެ އިޤްތިޞާދު 5 އިންސައްތައިން ކުރިއަރާނެ

ދެކުނު އޭޝިޔާގެ ސަރަޙައްދުގައި އުފެދުނު ބާރުގަދަ ތޫފާން، ދީތުވާގެ ސަބަބުން ސްރީ ލަންކާގެ އުމްރާނީ ވަޞީލަތްތައް އަލުން ބިނާކުރަންޖެހިފައިވާތީ، ބޭރުގެ އެކި ފަރާތްތަކުން ލިބޭ އެހީއާއެކު، އަންނަ އަހަރު ސްރީ ލަންކާގެ އިޤްތިޞާދީ ދުވެލި ފަސް އިންސައްސަތައިން ކުރިއަރާނެކަމަށް ލަފާކޮށްފިއެވެ. ސްރީ ލަންކާގެ …

21 ވަނަ ޤަރުނުގެ ހުނަރުތައް ތަރައްޤީކުރުމުގެ އިސްތިރާޖުތައް އިފުތިތާޙުކޮށްފި

21 ވަނަ ޤަރުނުގެ ހުނަރުތައް ތަރައްޤީކުރުމުގެ އިސްތިރާޖުތައް އިފްތިތާޙްކޮށްފިއެވެ. މި އިސްތިރާޖު އިފްތިތާޙްކޮށްފައިވަނީ، އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދެވެ. 21 ވަނަ ޤަރުނުގެ ހުނަރު…

ޕީއެންސީގެ ޕްރައިމަރީ: މަދު ދާއިރާއެއް ފިޔަވައި ހުރިހާ ދާއިރާއަކަށް ކެނޑިޑޭޓުން ކުރިމަތިލި

މިއަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައަޅެމަށް ބާއްވާ ޕްރައިމަރީގައި %97 ދާއިރާއިން ކެނޑިޑޭޓުން ވާދަކުރުމަށް ހުށަހަޅާފައިވާ ކަމަށް އެ ޕާޓީން ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބ…

Loading fresh headlines…