Live 10,180 stories Updated Feb 13, 2026
Showing: PSM
Browse topics PSM

PSM

Live feed

މަރަދޫފޭދޫގައި އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަހެއް

އައްޑޫސިޓީ މަރަދޫފޭދޫގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަހެއް ހުޅުވައިފިއެވެ. މިކަމަށްޓަކާ އައްޑޫސިޓީ މަރަދޫފޭދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ކެމްޕަސް ހުޅުވާދެއްވާ ދިދަ ނަންގަވައިދެއްވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރާއި ރައްޔިތުންގެ މަޖިލީހުގެ ފ…

ދުނިޔޭގެ ޞިއްޙީ ނުފޫޒު ގަދަ ލީޑަރަކަށް، ރައީސްގެ ބަދަލުތަކަށް ތަޢުރީފް

ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތެއް ލިބުމަކީ ކޮންމެ ރައްޔިތަކުވެސް ބޭނުންވާނެކަމެކެވެ. އަދި ބަލި ޖެހުމުގެ ކުރިން އެކަން ދެނެގަނެ ބަލީގެ ބޮޑުވަރު ނުވަނީސް ދުރާލާ އެކަމަށް ތައްޔާރުވެ ފަރުވާ ލިބޭނެ ގޮތް ފަހިވެފައި އޮތުމަކީ ސިއްޙި ޚިދުމަތުގެ ތެރެއިން ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާނެ އެއްކަންތަކެވެ. އަ…

ދ. މީދޫގައި އަލަށް ގާއިމުކުރެވުނު ވޮލީކޯޓް ހުޅުއްވައިދެއްވައިފި

ދ. މީދޫގައި އަލަށް ގާއިމުކުރެވުނު ވޮލީކޯޓް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހުޅުއްވައިދެއްވައިފިއެވެ. މިރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި ސަރުކާރުގެ އިސްވެރިން ހިމެނޭހެން ރަށުގެ ކައުންސިލްގެ ބޭފުޅުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވ…

ފަހު ކަށިގަނޑާއި ހަމައަށް އުންމީދު ކުރާނަން: ނިޒާމް

ބުރު ސްޕޯޓްސް ކުލަބަކީ ފަހުވަގުތާއި ހަމައަށްވެސް އުންމީދު އައުކޮށް މަސައްކަތްކުރާނެ ކުލަބެއްކަމަށާއި، ރެފްރީގެ ފަހު ކަށިގަނޑާއި ހަމައަށްވެސް އުންމީދު ދޫ ނުކުރާނެކަމަށް ކޯޗު މުޙައްމަދު ނިޒާމް ބުނެފިއެވެ. މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕްގައި މިމަހުގެ 10 ވަނަ ދުވަހު ބުރާއި ދެކޮޅަށް މާޒިޔާއާއި ދެކ…

ސޫރިޔާގެ ޝަރާޢު އާއި އިސް ވަޒީރުން މަރާލަން ފަސް ރޭވުމެއް މިދިޔަ އަހަރު ނާކާމިޔާބުކޮށްލި

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ސުރިޔާގައި ވެރިކަން ކުރާ ޖަމާޢަތް، ހައިޔަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް) ސަރުކާރުގެ ރައީސް އަޙްމަދު އަލް-ޝަރާޢު އާއި ވަޒީރުންގެ މަޖިލީހުގެ އިސް ދެ މެމްބަރަކު މަރާލަން، ސޫރިޔާގައި ޙަރަކާތްތެރިވާ ނިރުބަވެރި ޖަމާޢަތް އައިއެސްގެ ފަސް ރޭވުމެއް ނާކާމިޔާބުކޮށްލާފައި…

ޞިއްޙީ ދާއިރާގެ ނުފޫޒުގަދަ ލިސްޓުގައި ރައީސް، ޑަބްލިއުއެޗްއޯގެ ތަޢުރީފް

ޞިއްޙީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިމެނިވަޑައިގަތުމާ ގުޅިގެން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗްއޯއިން އެމަނިކުފާނަށް މަރުޙަބާ ދަންނަވައިފިއެވެ. ޑަބްލިއުއެޗްއޯއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވީ، އެމެރި…

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި

ކުޑަކުއްޖަކު ގްރޫމްކޮށް، އެކްސްޕްލޮއިޓްކޮށް އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދެމީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުން ވިދާޅުވީ، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި، ކްރައިމް އިންޓެލިޖެންސް އަދި އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަނެއް ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ކުރިއަށްގެނ…

"އަސްލު މާޒިޔާ ދައްކާލެވޭނީ ދަނޑުގެ ވިނަގަނޑު ރަނގަޅުވެގެން"

ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވެފައި އޮތުމުން، މާޒިޔާގެ ކުޅުންތެރިންނަށް އެޓީމުގެ އަސްލު ކުޅުން ދައްކާނުލެވޭކަމަށްބުނެ މާޒިޔާގެ ސްޕެއިން ކޯޗު ލުއިސްމާ ހެނާންޑޭޒް ޝަކުވާ ކޮށްފިއެވެ. މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕް ގައި މާޒިޔާއިން ކުޅުނު ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް ކުލަބުގެ މައްޗަށް 1-0 ގ…

މިއަހަރުގެ އެސޯސިއޭޝަން ޗެންޕިއަންޝިޕުގައި 17 ޓީމަކުން 236 އެތުލީޓުން

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ 13 ވަނަ މައިލޯ އެސޯސިއޭޝަން ޗެންޕިއަންޝިޕު މިއަދު ފަށައިފިއެވެ. މިމުބާރާތުގައި 17 ޓީމަކުން 236 އެތުލީޓުން ދަނީ ވާދަކުރަމުންނެވެ. މިމުބާރާތް ކުރިއަށްދާނީ މިމަހުގެ 12 ވަނަ ދުވަހުން 14 ވަނަ ދުވަހުގެ ނިޔަލަށް ކުޅިވަރު އެކު…

އެމެރިކާ އާއި އީރާނިގެ މަޝްވަރާތަކަށް ޔަހޫދީން ނުފޫޒުފޯރުވަނީ

އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާ އާއެކު ކުރަމުންދާ މަޝްވަރާތައް ގަޑުބަޑުކޮށް، ހަނގުރާމައިގެ ޙާލަތެއް އުފައްދައި، މުޅި ސަރަޙައްދު ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓައިލަން ޔަހޫދީން މަސައްކަތް ކުރަމުންދާކަމަށް ތުހުމަތުކޮށްފިއެވެ. އީރާނާއި އެމެރިކާ އާދެމެދު އަލުން މަޝްވަރާތައް ފަށައި، …

ރައްޔިތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށް ހުރިހާ ރަށެއްގައި ހަރަކާތްތަކެއް ބާއްވަނީ

ދިވެހި ރައްޔިތުންނަކީ ހަށިހެޔޮ، ދުޅަހެޔޮ ބަޔަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މި އަހަރު ނިމެންވާއިރަށް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހާއްސަ ހަރަކާތެއް، ދެމެހެއްޓިނިވި ގޮތެއްގައި ކުރިއަށް ގެންދަން މަސައްކަތްކުރަމުންދާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބ…

މާފުށީގެ ދުވަސްވީ ނަރުދަމާ އަޕްގްރޭޑްކޮށް އަލަށް ހިއްކި ސަރަޙައްދުގައި ނަރުދަމާ އަޅަން ހަވާލުކޮށްފި

ކ.މާފުށީގައި އަލަށް ހިއްކި ސަރަޙައްދުގެ ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފިއެވެ. މިމަޝްރޫޢުގެ އިތުރުން މާފުށީގައި އޮތް ކުރީގެ ނަރުދަމާ، ޒަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް އެކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ. އި…

Loading fresh headlines…