Live 10,178 stories Updated Feb 14, 2026
Showing: PSM
Browse topics PSM

PSM

Live feed

ޤައުމުގެ ހަމަޖެހުމަށްޓަކައި ސަރުކާރަށް މެޖޯރިޓީ ދޭންޖެހޭ: ޤާސިމް

ޤައުމު ސަލާމަތް ކުރެވެނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކަށް އެއްބާރުލުން ދީގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ޤާސިމް މިހެން ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ލޯކަލް ކައުންސިލް އިންތިޚާބު އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިނ…

ޠާރިޤް ރަޙްމާން: 20 އަހަރު ދުވަހު އަރުވާލެވިގެން ހުންނެވުމަށްފަހު ބޮޑުވަޒީރުކަމަށް

އަމިއްލަ ފަސްގަނޑާ ދުރުގައި ގާތްގަނޑަކަށް 20 އަހަރު ހުންނަވަންޖެހިވަޑައިގެންނެވި، ޠާރިޤް ރަޙްމާން އެނބުރި ބަންގްލަދޭޝަށް ވަޑައިގެންނެވިތާ ދެ މަހެއްހާ ދުވަހުގެ ތެރޭގައި، އާންމު އިންތިޚާބުން ތާރީކީ ކާމިޔާބީއެއް ހޯއްދެވުމަށްފަހު، ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވުމާ ގާތަށް ވަޑައިގެންފިއެވެ.…

ހައިޖަމްޕްގެ ސީނިއާ ކެޓަގަރީގެ ޗެމްޕިއަންކަން ނާއިކު އަދި ޝައިމްއަށް

13 ވަނަ މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ފިރިހެނުންގެ ހައިޖަމްޕްގެ ސީނިއާ ކެޓަގަރީގެ އޯޕަން އިވެންޓުން ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޔޫސުފް ނާއިލް ވަޖީހު އެއްވަނަ ހޯދައިފިއެވެ. ފެބުރުވަރީ 12-14 އަށް މާލޭ ކުޅިވަރު އެކުވެނީގައި ކުރިޔަށްދާ މި މުބާރާތުގެ ހައިޖަމްޕް އިވެންޓްގެ ސީނިއާ ކެޓަގަރީ…

ޕްރެޒިޑެންޓްސް ކަޕް: އީގަލްސް ބަލިކޮށް ނިއު ސެމީއަށް

ޕްރެޒިޑެންޓްސް ކަޕް 2026 ގެ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ، މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ. ނިއުއިން މުބާރާތުގެ ސެމީގެ ޖާގައެއް ކަށަވަރުކުރީ ގްރޫޕް ސްޓޭޖުގައި އެ ޓީމުން ކުޅުނު ފަހު މެޗުގައި ކްލަބް އީގަލްސްގެ މައްޗަށް 1-2 އިން ކުރިހޯދައިގެންނެވެ. މެ…

ހޫނުމޫސުމުގެ ކުރިން ހަނގުރާމަ ހުއްޓައިލަން ރަޝިޔާއަށް ބާރުއަޅަން ޖެހޭ: ޒެލެންސްކީ

ހޫނުމޫސުމުން ފެށުމުގެ ކުރިން ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން ރަޝިޔާއަށް އިތުރަށް ފިއްތުންތައް ކުރިމަތިކުރަން ޖެހޭ ކަމުގައި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. ވަޓްސްއެޕް މެދުވެރިކޮށް ދާދިފަހުން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޒެލެންސްކީ ވިދ…

5000 މީޓަރު ދުވުމުގެ އެއްވަނަ ޖިނާނީ އާއި އިރުފާނަށް

13 ވަނަ މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އަންހެނުންގެ 5000 މީޓަރު ދުވުމުގެ އެއްވަނަ އައިޝަތު ޖިނާނީ އިބްރާހިމް ހޯދައިފިއެވެ. މާލެ އެކުވެނީގައި ކުރިޔަށްދާ މި މުބާރާތުގައި އަންހެން ކެޓަގަރީގެ ފައިނަލްގައި 7 ދުވުންތެރިން ވާދަކުރިއެވެ. ޖިނާނީ މި ކެޓަގަރީގެ އެއްވަނަ ހޯދީ 20 މިނިޓް 22.313 ސިކުންތ…

"އަމާޒަކީ ރޭޑިއޯ ދާއިރާގެ ޚިދުމަތްތެރިންނަށް ފުރުޞަތު ފަހިކޮށްދިނުން"

ރޭޑިއޯ މެދުވެރިކޮށް ޢާންމު މަސްލަޙަތު ޙިމާޔަތްކޮށްދީ މިދާއިރާގެ ޚިދުމަތްތެރިންނަށް ބޭނުންވާ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ އަމާޒެއް ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އެ ކޮމިޝަނުން މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ ރޭޑިއޯ ދުވަހުގެ މުނާސ…

އެސޯސިއޭޝަން ޗެންޕިއަންޝިޕް: ދިވެހި ސިފައިންގެ ކްލަބަށް ގިނަ މެޑަލްތަކެއް

13 ވަނަ މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ގިނަ އިވެންޓުތަކެއް ނިންމާލައިފިއެވެ. މުބާރާތުގެ 2 ވަނަ ދުވަހުގެ ހެނދުނު ބޭއްވި އިވެންޓުތަކުގެ ތެރެއިން ޓްރިޕްލް ޖަމްޕް (ސީނިއާ) އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ދިވެހި ސިފައިންގެ ކުލަބުގެ މުހައްމަދު ޖައިލަމް ވަހީދެވެ. ސޮޓްޕުޓް (ސީނިއާ) އިވެންޓުގެ ޗެމްޕ…

ގިރާވަރު ފަޅު 2 ޑްރެޖަރު ބޭނުންކޮށްގެން ހިއްކަން ފަށައިފި

ގިރާވަރު ފަޅުގެ ބިންހިއްކުން އެއްފަހަރާ 2 ޑްރެޖަރާއިއެކު ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ 30ވަނަ ދުވަހުއެވެ. މާލެ ސަރަޙައްދުގައި ކުރިއަށް ގެންދާ ބިންހިއްކުމުގެ މަސައްކަތްތަކުގެ ތެރެއިން…

"އެއްގެއިން އަނެއް ގެއަށް" ކެމްޕެއިނަށް އާންމުންގެ ބޮޑު ތަރުޙީބެއް!

ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހާ ދިމާކޮށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ކުރިއަށްގެންދާ "އެއްގެއިން އަނެއް ގެއަށް" ކެމްޕެއިނަށް މިއަހަރުވެސް އާންމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. "އެއްގެއިން އަނެއް ގެއަށް" ކެމްޕެއިނަކީ، ރަމަޟާ…

ޒަމާނީ ބަދަލުތަކާއެކު މަޢުލޫމާތު ފެތުރުމުގައި ރޭޑިއޯ އެންމެ އުހުގައި

ޓެކްނޮލޮޖީގެ ދާއިރާއިން ބޮޑެތި ބަދަލުތަކެއް ދުނިޔެއަށް އައިނަމަވެސް، ޒަމާނުއްސުރެ ބޭނުންކުރާ ރޭޑިއޯގެ ދައުރު ފަނޑުވެގެން ނުދެއެވެ. މިއަދުވެސް ދުނިޔޭގެ ބައެއް ސަރަޙައްދުތަކާއި ރާއްޖޭގައިވެސް އާންމުންގެ މެދުގައި ރޭޑިއޯގެ މަގުބޫލުކަން ބޮޑެވެ. މިއަދަކީ މިއަހަރު ފާހަގަކުރާ ދުނިޔޭގެ ރޭޑިއޯ ދުވަހެވެ. ދުނ…

ކޭކު ޑިޒައިންކުރާ ފަންނުވެރިންގެ ބައިނައިލްއަޤްވާމީ އެވޯޑު ފުރަތަމަ ފަހަރަށް ރާއްޖޭގައި

ކޭކު ޑިޒައިންކުރާ ފަންނުވެރިންގެ ބައިނައިލްއަޤްވާމީ އެވޯޑެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވައިފިއެވެ. "ވޯލްޑް ކޭކް އަރޓިސްޓްރީ އެވަރޑްސް 2026"ގެ ނަމުގައި ބާއްވާ މި އެވޯޑު ޙަފްލާ ބޭއްވީ ކުރުނބާ މޯލްޑިވްސްގައެވެ. "ވޯލްޑް ކޭކް އަރޓިސްޓްރީ އެވަރޑްސް 2026"ގައި 40އެއްހާ ޤައުމަކުން، ކޭކު އެޅުމުގެ ދާއ…

Loading fresh headlines…