Live 8,108 stories Updated Dec 28, 2025
Showing: PSM
Browse topics PSM

PSM

Live feed

ޙަޟްރަމައުތުގައި އެސްޓީސީން ޙަރަކާތްތެރިވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ސަޢުދީ އިއްތިޙާދުން ބުނެފި

ޔަމަނުގެ ދެކުނުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ ސަދަން ޓްރާންސިޝަނަލް ކައުންސިލް، އެސްޓީސީގެ އިން ޤައުމުގެ ހަމަޖެހުމަށް ބުރޫއަރާ ގޮތަށް އެ ޤައުމުގެ ޙަޟްރަމައުތު ޕްރޮވިންސުގައި އަސްކަރީ ގޮތުން ޙަރަކާތްތެރި ވެެއްޖެ ނަމަ ރައްދު ދޭނެ ކަމަށް އެ ޤައުމުގައި ޞުލްޙަ ދެމެހެއްޓުމަށް އެހީީތ…

އައު ޓާމިނަލުން ޚިދުމަތްދޭން ފެށި 38 ވަނަ އެއާލައިނަކަށް ހައިސްކައި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޮޓުގެ އައު ޕެސެންޖަރ ޓަރމިނަލުން ހައިސްކައި އެއާލައިނއަށް ޚިދުމަތް ދޭން ފަށައިފިއެވެ. ވީއައިއޭ ޓަރމިނަލް 1އިން ހައިސްކައި އެއަރލައިނަށް ޚިދުމަތް ދޭން ފެށުމަށް ޓަރމިނަލުގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މޯލްޑިވްސް އިންފްލ…

ހުޅުމާލެ 3ވަނަ ފިޔަވަހި: 47 ހެކްޓަރުގެ ބިން ހިއްކައިފި

ހުޅުމާލެ ތިންވަނަ ފިޔަވަހިން މިހާތަނަށް 47 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ އެމްއޭސީއެލްއިން ހާމަކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން 63 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ދަށުން ބިން ހިއްކަން ފަށާފައިވަނީ 2023 ވަ…

ގައުމީ ފުޓްސަލް ޓީމު އަންނަ ހަފްތާގައި ޗައިނާއަށް

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ތައިލޭންޑްގައި ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރާ ގައުމީ ފިރިހެން ފުޓްސަލް ޓީމު އަންނަ ހަފްތާގައި ޗައިނާއަށް ފުރަން ހަމަޖެހިއްޖެއެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެފްއޭއެމުގެ ޖެނެރަލް ސެކެއްޓްރީ ވިދާޅުވީ ފުޓްސަލް ޓ…

މީހަކަށް އަނިޔާކޮށް މޫދަށް އެއްލާލި މައްސަލައިގައި 2 މީހަކު ހައްޔަރުކޮށްފި

އަނިޔާވެރިކޮށް މީހަކު މޫދަށް އެއްލާލި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. 15 ރުފިޔާގެ ވައްކަމެއް ކުރިކަމަށް ބުނެ މީހަކު އަނިޔާވެރިކޮށް މޫދަށް އެއްލާލާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދަޢުރުވަމުންނެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މީޑިއާތަަކަށް ފޮނުވި މެސެޖެއްގައި ވިދާޅު…

ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން ނިންމާލައިފި

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގެ އިންތިޚާބު ނިންމާލައިފިއެވެ. ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލީ، މި މަހުގެ…

ޤައުމީ ކެޑޭޓް ކޭމްޕް ގިރިފުށީގައި ފަށައިފި

25ވަނަ ގައުމީ ކެޑޭޓް ކޭމްޕް، ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ފަށައިފިއެވެ. މި ކޭމްޕް ފެށުމުގެ ގޮތުން ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒް އަދި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރގެ ކޮމާންޑިނ…

އިންޓަރެކްޓިވް މިއުޒިއަމްގެ މަސައްކަތް އަންނަ މަހު ފަށަނީ

އިންޓަރެކްޓިވް އިމާސިވް މިއުޒިއަމްގެ އަމަލީ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ދިވެހިބަހާއި ސަޤާފަތާއި ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ، މިއީ ރާއްޖޭގައި ތަރައްޤީކުރެވޭ މިފަދަ ފުރަތަމަ މިއުޒިއަމް ކަމަށެވެ. އިނ…

ތަރިކައިގެ ދާއިރާގެ މާސްޓާސް ކޯސް ޖަނަވަރީގައި ފަށަނީ

ތަރިކައިގެ ދާއިރާއިން މަތީ ތަޢުލީމަށް ކިޔެވުމަށް ސްކޮލަރޝިޕް ލިބުނު ފަރާތްތަކުގެ ކިޔެވުން ޖަނަވަރީ މަހު ފަށާނެކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އާދަމް ނަޞީރު …

ޙަމަލާ ބަދަލުކުރުން ހުއްޓައިލަން ތައިލެންޑް-ކެމްބޯޑިޔާއިން އަނެއްކާވެސް އެއްބަސްވެއްޖެ

ތައިލެންޑާއި ކެމްބޯޑިޔާއާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތައް ހުއްޓައިލަން، ދެ ޤައުމުން އަނެއްކާވެސް އެއްބަސްވެފައިވާ ކަމަށް އިޢުލާނުކޮށްފިއެވެ. ތައިލެންޑާއި ކެމްބޯޑިޔާއާ ދެެމެދު ޙަމަލާ ބަދަލު ކުރަމުން ދަނީ ސަރަަޙައްދީ އިމާ ގުޅޭ މައްސަލައެއްގައެވެ. ފާއިތުވި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދެ ޤައު…

ކުޅުދުއްފުށި ސިޓީގައި މިރޭ ހަވާ އަރުވަނީ

ކުޅުދުއްފުށި ސިޓީގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ ކުޅުދުއްފުށި ސިޓީ ބޯޒިޔާރަތް ބީޗް ހުޅުވުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތުގައި މިރޭ 21:30 – 22:00 އާ ދެމެދުގެ ވަގުތެއްގައި ހަވާ އެރުވުމަށް ވަނީ ހަމަޖެހިފައިވާކަމަށެވެ. ސިފައިނ…

ޔަމަނުގައި ހަމަޖެހުން ޤާއިމްކުރަން ސަޢުދީން ކުރާ މަސައްކަތަށް ސަރުކާރުން މަރުހަބާ ކިޔައިފި

ޔަމަނުގައި ހަމަޖެހުން ޤާއިމް ކުރުމަށް ސަޢުދި އަރަބިއްޔާއިން އިސްވެ އޮވެ ކުރަމުންދާ މަސައްކަތަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔައިފިއެވެ. ޔަމަނުގައި ހަމަޖެހުން ޤާއިމް ކުރުމަށް ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން ދިވެހި ޚާރިޖިއްޔާއިން ނެރެފައިވާ ބަޔާނުގައި އެޤައުމުގެ ހަމަޖެހުމާއި ސުލްޙަ ޤާއިމްކުރުމަށް…

Loading fresh headlines…