Live 10,143 stories Updated Feb 27, 2026
Showing: PSM
Browse topics PSM

PSM

Live feed

މުވައްޒަފުންނަށް ގޭގައި މަސައްކަތްކުރެވޭ ގޮތަށް ސިވިލް ސަރވިސް ޤަވާއިދު އިޞްލާޙުކޮށްފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިން ގޭގައިތިބެގެން މަސައްކަތްކުރުމަށް އެދޭ ޙާލަތްތަކުގައި އެފުރުޞަތު ދޭގޮތަށް ކަނޑައަޅާ ސިވިލް ސަރވިސްގެ ޤަވާއިދަށް އިސްލާޙު ގެނެސްފިއެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ ތެރެއިން ސިވިލް ސަރވިސް ވަޒީފާއަށްދާ ބެލެނިވެރިންނަށް، ވަޒީފާ …

ފޯޅަވަހި ލިބުން ޙައްޤީ ރާއްޖެއަށް؛ މޮރިޝަސް އެއްބަސްވުން މަޑުޖައްސާލަން ގޮވާލައިފި

ފޯޅަވައްސަށް މޯރިޝަސްއަށް ވުރެ ހައްޤުން ބޮޑީ ރާއްޖެއަށް ކަމަށް އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި ރިފޯމް ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖް ވިދާޅުވެއްޖެއެވެ. މޮރިޝަސްއަށް ފޯޅަވަހީގެ ޖަޒީރާ ހަވާލުކުރުމަށް އިނގިރޭސި ސަރުކާރުން ނިންމައިވާ މައްސަލާގައި އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދ…

ވެމްކޯ ސައިޓެއްގައި ހިނގި ހާދިސާގައި އަނިޔާވި މީހާގެ ހާލު އަންނީ ރަނގަޅުވަމުން

މާލޭގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯގެ ސައިޓެއްގެ ތެރޭގައި މިމަހުގެ 22 ވަނަ ދުވަހުގެ ރޭ ހިނގި ހާދިސާގައި އަނިޔާވި މީހާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ވެމްކޯއިން ހާމަކޮށްފިއެވެ. ވެމްކޯއިން ހާމަކޮށްފައިވާގޮތުން މިހާދިސާގައި އަނިޔާވި މުވައްޒަފުވަނީ ބުދަދުވަހުގެ ރޭ ވެންޓިލޭ…

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ޗެއާޕަރސަންކަމުގެ މަޤާމުން ނަޝްވާ ވަކިކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޗެއަރޕާރސަންކަމުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުން ގ.ރޯސްއައިލެންޑް، ނަޝްވާ ޢަބްދުﷲ ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކޮށްފައިވަނީ މިއަދުއެވެ. ނަޝްވާ ވަކިކުރިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ ކަށަވަރުކޮށ…

ރަޝިޔާގެ ޙަމަލާތަކެއްގައި ޔޫކްރެއިންގެ 20 މީހުން ޒަޚަމު ކޮށްލައިފި

ރަޝިޔާއިން ޔޫކްރެއިންގެ މައި ރަށްތަކަށް އަމާޒުކޮށް މިސައިލާއި އަސްކަރީ ޑްރޯން ބޭނުން ކޮށްގެން ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނީ، ރަޝިޔާގެ ޙަމަލާތަކުގެ ސަބަބުން އިރުމަތީ އަދި ދެކުނުގެ ސަރަޙައްދުތަކުގެ ރަށްތަކުގައި މީހުން ދިރިއުޅޭ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލ…

ފްލެޓާއި ގޯއްޗަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން މިކަން ވަނީ އިއުލާންކުރައްވާފައެވެ. ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސ…

ގިރާވަރުފަޅުން 15 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެ

ގިރާވަރު ފަޅުން 15 ހެކްޓަރު ހިއްކާ ނިމިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޑެޓް، އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ. ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަމަހުގެ 30 ވަނަ ދުވަހުއެވެ. މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ބިންހިއްކުމުގެ މަސައްކަތްތަކުގެ ތެރެއިން ދެން އެންމ…

މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒު އޮކްޓޯބަރުގައި

ދިވެހި ފަންނުވެރިންގެ ހުނަރާއި އުފެއްދުންތެރިކަން ދައްކާލުމަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މައުރަޒު ކަމަށްވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު" މިއަހަރުގެ އޮކްޓޯބަރުމަހު ބޭއްވުމަށް ނިންމާފައިވާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ވިދާޅުވެއްޖެއެވެ. މިއަހަރުގެ މިމައުރަޒު ބޭއްވުމަށް…

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ޒުވާން ޓީމު ސިންގަޕޫރުގައި ކޭމްޕުކުރަނީ

ރާއްޖޭގައި ބާއްވާ 20 އަަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ޒުވާން ޓީމު ސިންގަޕޫރުގައި ކޭމްޕް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤް ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޠާރިޤް ވިދާޅުވީ ޒު…

އަނިޔާވީ މުހައްމަދު ރަޝީދުގެ އެކްސްރޭ ނެގުމަށްފަހު ދަނީ ފަރުވާ ހޯދަމުން: އޮޑި

ޕްރެސިޑެންޓްސް ކަޕްގެ 2026 ގައި އަންގާރަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި، އަނިޔާވި އޮޑި ސްޕޯޓްސް ކުލަބުގެ މުޙައްމަދު ރަޝީދު (ހޮކޭ) ގެ އަތުގެ ކުޑަ ހުޅު ވަނީ ނެއްޓިފައި ކަމަށް އެ ކުލަބުން ބުނެފިއެވެ. އޭނާއަށް އަނިޔާވީ މާޒިޔާގެ ކެޕްޓަން ސަމޫހް އަލީ ކައިރިން ނައްޓާލާފ…

އެތައްބައެއްގެ މަގުބޫލުކަން ހޯދި ފިލްމު ޑައިރެކްޓަރ ނިމާލް ނިޔާވެއްޖެ

ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ރާއްޖޭގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު އަޙްމަދު ނިމާލް ނިޔާވެއްޖެއެވެ. ނިމާލް ނިޔާވެފައިވަނީ މިއަދު ހެނދުނު ވަގުތެއްގައެވެ. ނިމާލަށް ސްޓްރޯކެއްޖެހި އައިޖީއެމްއެޗްގައި ފަރުވާދޭން ފެށީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުއެވެ. މަ…

މީޓިއޮސް އެއްވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް

ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްދާ މައިލޯ ރަމަޟާން ކުރިކެޓު ކާނިވަލުގެ އޯޕަން ޓޭޕް ބޯޅަ މުބާރާތުގެ ގޫރޫޕް ސީ ގައި އިއްޔެ ކުޅުނު މެޗު ކާމިޔާބުކޮށް މީޓިއޮސް އިންވަނީ ގުރޫޕުގެ ކުރީގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. މާފަންނު އެއްނަންބަރު ކުރިކެޓް ދަނޑުގައި އ…

Loading fresh headlines…