Live 10,142 stories Updated Mar 2, 2026
Showing: PSM
Browse topics PSM

PSM

Live feed

ޚާމަނާއީ ޝަހީދުކޮށްލުމުން އީރާނު ހިންގާނެ ވަގުތީ މަޖިލީހެއް އެކުލަވާލައިފި

އީރާނުގެ ރޫޙީ އެންމެ މަތީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަނާޢީގެ އިތުރުން އެ ޤައުމުގެ އަސްކަރިއްޔާގެ އިސްވާރުންގެ ތެރޭގައި ހިމެނޭ މުހިންމު ބަޔަކު ޝަހީދު ކޮށްލުމާ ގުޅިގެން، ޤައުމު ހިންގުމަށް ވަގުތީ މަޖިލީހެއް އެކުލަވާލައި، އިޢުލާނުކޮށްފިއެވެ. ޚާމަނާޢީގެ އިތުރުން އީރާންގެ އަސްކަރީ އިސްވާރުންގެ ތެރެއި…

އީރާނުގެ ޙަމަލާތައް ވަރުގަދަކޮށްފި، ބަޙްރައިން، ޤަޠަރު އަދި ޔޫއޭއީގައި ބާރުގަދަ ގޮވުންތަކެއް

އެމެރިކާއާ ގުޅިގެން ޔަހޫދީން އީރާނަށް ދެމުންދާ ޙަމަލާތަކުގެ ރައްދުގައި، މެދުއިރުމަތީގެ އެކި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޢަމާޒުކޮށް އީރާނުން މިއަދުވެސް ޙަމަލާތައް ދެމުންދާކަމަށް ރިޕޯޓުތައް ބުނެފިއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީންނާއި އެމެރިކާއިން ވަނީ އީރާނުގެ …

މެދުއިރުމައްޗަށް ޓްރާންސިޓް ނުވައި ފްލައިޓުތަކުގެ ޢަދަދު އިތުރުކުރަނީ

މެދު އިރުމަތީގެ މަސްރަޙު ހޫނުވެ، ދަތުރުފަތުރަށް ބުރުއެރުމާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރާ އަސަރު ކުޑަކުރުމަށް މެދުއިރުމައްޗަށް ޓްރާންސިޓް ނުވާ ފްލައިޓުތަކުގެ އަދަދު އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ. …

ޕާކިސްތާންގެ އަސްކަރީ މަތިންދާބޯޓުތަކަށް ޠާލިބާނުން ޙަމަލާދީފި

އަފްޣާނިސްތާންގެ ވެރިރަށް ކާބުލްގެ ވައިގެ ސަރަޙައްދަށް ވަން ޕާކިސްތާނުގެ އަސްކަރީ މަތިންދާބޯޓުތަކަށް އަމާޒުކޮށް، ޠާލިބާން ހަނގުރާމަވެރިން ޙަމަލާދީފިއެވެ. ދެ ޤައުމުގެ ދެމެދުގައި "ހާމަ ހަނގުރާމައެއް" ފެށިފައިވާ ކަމުގެ އިންޒާރު އިސްވާރުން ދެއްވާފައިވާ މި ދަނޑިވަޅުގައި، ދެ ފަރާތުގެ ދެމެދުގައި ކުރިމަތިލު…

ހުޅުމާލެއިން ބިން ލިބުނު ކަމުގެ ލިޔުން ހެދި 12 މީހަކަށް ދަޢުވާކުރަނީ

ހުޅުމާލެއިން ގޯތި ލިބުނު ކަމަށް ދެއްކުމުގެ ގޮތުން ޞައްޙަނޫން ލިޔުންތަކެއް އުފައްދައި، ހުށައެޅި މައްސަލައެއްގައި 12 މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފަވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ. ޕީޖީން ވިދާޅުވީ، "ބިންވެރިޔާ" ސްކީމުން ގޯތި ލިބިފައިނުވާ މީހު…

ހަނގުރާމައާ ގުޅިގެން ޢުމްރާވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި

މެދުއިރުމަތީގައި މިހާރު ފަށާފައިވާ ހަނގުރާމައާ ގުޅިގެން ރާއްޖެއިން އުމްރާއަށް ދާ ފަރާތްތަކާއި މިހާރު މައްކާގައި ތިބި އުމްރާވެރިން ދަތުރުފަތުރުގެ ކަންކަމުގައި އިތުރަށް ސަމާލުވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިލްތިމާސް ކުރައްވައިފިއެވެ. އެ ވުޒާރާއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، …

ކުނަހަންދޫ ކުރިކެޓް ކާނިވާ: ފަސްވަނަ ދުވަސް ޓީމު ވިޔަޒޯރަށް

ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ލ. ކުނަހަންދޫގައި ކުރިއަށްދާ ރަމަޟާން ކުރިކެޓު ކާނިވަލުގެ ފަސްވަނަ ދުވަހުގެ މެޗް ޓީމް ވިޔަޒޯރުން ކާމިޔާބުކޮށްފިއެވެ. އެޓީމުން މެޗު ކާމިޔާބުކޮށްފައިވަނީ ކަދުރު އެސްސީއާއި ވާދަކޮށްގެންނެވެ. މެޗުގެ ގުރު ދިމާވެގެން ކަދުރު އެސްސީއިން ގަސ…

ސުޒެއިން ދެން މަސައްކަތްކުރާނީ ނިއުގެ ޓެކްނިކަލް ޓީމުގައި

ނިއުރޭޑިއަންޓު ސްޕޯޓް ކުލަބުގެ ކުރީގެ ކޯޗު ދެން އަދާކުރާނީ އެކުލަބުގެ ޓެކްނިކަލް ޑައިރެކްޓަރެއްގެ މަޤާމު ކަމަށް އެ ކުލަބުން ބުނެފިއެވެ. ނިއުރޭޑިއަންޓުގެ ކޯޗުގެ މަގާމުން ސުޒެއިން ވަކިވީ އޭނާގެ އާއިލީ ކަމަކާއި ގުޅިގެން ކަމަށް އެކުލަބުން ބުނެއެވެ. ކުލަބުން ބުނީ އެހެންނަމަވެސް ސުޒެއިންގެ ހިދުމަތް އެކު…

ރާއްޖެ ގެނެސް ޝަރީއަތް ނިމެންދެން ޢަޤީލް ބަންދުކޮށްފި

ރާއްޖޭގެ ފުޓުބޯޅަ އިދާރާ، އެފްއޭއެމްގެ ކުރީގެވެރިން ހިންގި ހިޔާނާތުގެ މައްސަލައާއި ގުޅިގެން ތަހުގީގަށް ހޯދަމުންދިޔަ އެފްއޭއެމްގެ އޭރުގެ އެކައުންޓްސް ޑިޕާޓްމެންޓްގެ ހެޑް މުޙައްމަދު އަގީލް ރާއްޖެ ގެނެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޕީއެސްއެމް ނިއުސްއަށް މައ…

ފެބުރުވަރީ މަހު ރާއްޖެ އައީ 247،722 ފަތުރުވެރިން

މިއަހަރުގެ ފެބުރުވަރީ މަހު ރާއްޖެއަށް 247،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %15.7 އިތުރުވުމެކެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 474،920 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ އޭގ…

"އަނެއްކާވެސް މިދަނީ ފުޓުބޯޅައިގެ ފޯރި އާލާވަމުން"

ފުޓުބޯޅައަކީ ކުރިންވެސް ރާއްޖޭގައި ވަރަށް ފޯރީގައި ގަލޮޅު ދަނޑުގައި ކުރިޔަށް ދިޔަ ކަމެއް ކަމަށާއި، އަނެއްކާވެސް މިއަންނަނީ ފޯރި އާލާވަމުން ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެވެ. ޕްރެސިޑެންޓްސް ކަޕް 2026 ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށްފަ…

އިތުރު އެއާލައިންތައް ރާއްޖެ ގެނައުމަށް މަޝްވަރާކުރަނީ

މެދު އިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އިތުރު އެއާލައިންތައް ރާއްޖެ ގެނައުމަށް މަޝްވަރާ ކުރަމުންދާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގ…

Loading fresh headlines…