Live 10,132 stories Updated Mar 8, 2026
Showing: PSM
Browse topics PSM

PSM

Live feed

އިތުރު ވަގުތުގައި ވްރެކްސްހެމް ބަލިކޮށް ޗެލްސީ ކުއާޓަރ ފައިނަލަށް

އިނގިރޭސި އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި ރޭ ވްރެކްސްހެމް އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގެ އިތުރު ވަގުތުގައި ޖެހި ދެ ލަނޑާއެކު 4-2 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވެ މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ. ވްރެކްސްހެމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 18 ވަނަ މިނިޓ…

ޕީއެސްއެމް ނިއުސް: މައުލޫމާތު ފޯރުކޮށްދިނުމުގެ އިސްސަފުގައި ކަނބަލުން

ދައުލަތުގެ މީޑިއާގެ ނިއުސްރޫމަކީ ޤައުމީ ޚިދުމަތުގައި ބުރަ މަސައްކަތެއް ކުރަމުން އަންނަ މުވައްޒަފުން ތިބި ތަނެކެވެ. ތަނުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންގެ ނިސްބަތް ފިރިހެން މުވައްޒަފުންނަށްވުރެ ގިނައެވެ. ތަނުން ނެރޭ ކޮންމެ އުފެއްދުމެއްގައި އެކަނބަލުންގެ ހިއްސާއާއި ބައިވެރިވުން ކޮންމެވެސް ހި…

އިންޑިޔާގެ ސަޕޯޓަރުން ހިތް ހަލާކުކޮށްލާނަން: ނިއުޒީލޭންޑް ކެޕްޓަން

ނިއުޒީލޭންޑްގެ އަމާޒަކީ އިންޑިޔާގެ ސަޕޯޓަރުން ހިތް ހަލާކު ކޮށްލުން ކަމަށް އެ ގައުމުގެ ކެޕްޓަން މިޝޭލް ސަންޓްނާ ބުނެފި އެވެ. ޓުވެންޓީ20 ކްރިކެޓް ވޯލްޑް ކަޕުގެ ފައިނަލުގައި އިންޑިޔާއާ ދެކޮޅަށް އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަށް ނިސްބަތްވާ ސްޓޭޑިއަމުގައި މިރޭ އިރުއޮއްސޭއިރު ކުޅޭ މެޗުގެ ކުރި…

ފޯރި ހިފާނީ ޕްރެޝަރު އޮވެގެން: އިންޑިޔާ ކެޕްޓަން

ޓުވެންޓީ20 ކްރިކެޓް މުބާރާތުގެ ފައިނަލަށް ނުކުންނައިރު ޓީމަށް ޕްރެޝަރު ކުރިމަތިވެފައި އޮތުމަކީ ފޯރި ގެނުވާނެ ސަބަބެއް ކަމަށް ކެޕްޓަން ސުރިޔަކުރާމް ޔަދާވް ބުނެފި އެވެ. އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް ނިސްބަތްވާ ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ދަނޑަށް އިންޑިޔާ މިއަދު އިރުއޮއްސޭއިރު ނިއުޒީލޭ…

އިންޑިޔާ ކޮޅަށް ޖަޕާނުން 11 ގޯލު ޖަހައިފި

އަންހެނުންގެ އޭޝިޔާ ކަޕް ފުޓްބޯޅަ މުބާރާތުގައި އިންޑިޔާ ކޮޅަށް ޖަޕާނުން 11 ގޯލު ޖަހައިފި އެވެ. މި ނަތީޖާއާއެކު އިންޑިޔާގެ ކޯޗު އަމޭލިޔާ ވަލްވާޑޭ ބުނީ މިއީ ދެ ގައުމުގެ ފުޓްބޯޅައިގެ ތަފާތު ކަމަށެވެ. "މި ނަތީޖާގެ ސަބަބުން އަހަރެން މާޔޫސް ވެއްޖެ. އެކަމަކު މިއީ މި މެޗުގެ މަތިން ހަނދާން ނައްތާލާފައި ކ…

ޔަމާލް ގޯލު ޖެހިޔަސް ކޯޗުގެ ނަޒަރުގައި މޮޅީ ޕެޑްރީ

އެތްލެޓިކް ކުލަބު އަތުން ރޭ ބާސެލޯނާ 1-0އިން މޮޅުވި މެޗުގައި ލަމީން ޔަމާލް ގޯލު ޖެހި ނަމަވެސް މެޗުގެ ނަތިޖާ އަނބުރާލި ކުޅުންތެރިއަކީ މިޑްފީލްޑަރު ޕެޑްރީ ކަމަށް ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ. މި ނަތީޖާއާއެކު ސްޕެނިޝް ލީގުގައި ބާސެލޯނާ އެއްވަނާގައިވަނީ ދެ ވަނާގައިވާ ރެއާލް މެޑްރިޑަށް ވުރ…

ނިއުކާސަލް ކެޓީ ކުޅުންތެރިންގް ހަކަތަ ހުސްވެގެން: ކޯޗު

އިނގިރޭސި އެފްއޭކަޕުން ރޭ ނިއުކާސަލް ކެޓީ ކުޅުންތެރިންގެ ހަކަތަ ހުސްވެގެން ކަމަށް ކޯޗު އެޑީ ހޮވޭ ބުނެފި އެވެ. އަމިއްލަ ދަނޑުގައި ނިއުކާސަލް ބަލިވީ ފަހަތުން އަރައި މެންޗެސްޓާ ސިޓީ ޖެހި ތިން ލަނޑުން 3-1އިންނެވެ. މެޗަށް ފަހު ކޯޗު ބުނީ ފުރަތަމަ ގަޑިއެއްހާއިރު އޭނާގެ ޓީމު ރަނގަޅަށް ކުޅުނު ކަމަށެވެ. …

ލ. ގަމުގައި އެކްސިޑެންޓެއް ހިނގައި ދެ ޒުވާނަކަށް އަނިޔާވެއްޖެ

ލ. ގަމުގައި ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ ޒުވާނަކަށް އަނިޔާވެެއްޖެއެވެ ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައިވަނީ ލ. ގަން، ތުނޑީ އަވަށުގެ މާފަތް މަގާއި އިޖުތިމާއީ ހިންގުން ގުޅުނު ހަތަރު އަނގޮޅީގައިކަމަށެވެ. އަދި އެކްސިޑެންޓުގެ މަޢުލޫމާތު ފ…

ރައީސް އެދިވަޑައިގަތީ ފުރުޞަތުތަކާއެކު އައްޑޫގައި އިންވެސްޓްކުރުމަށް ތައްޔާރުވުމަށް

އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން 3 އަހަރު ދުވަހުގެ މުއްދަތައް އައްޑު އަތޮޅު ޓެކްސް ފްރީ ޒޯނަކަށް ހެދުމަށް ނިންމާފައިވާކަން ފާހަގަކުރައްވާ އައްޑޫސިޓީގައި އިންވެސްޓްކުރުމަށް ތައްޔާރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢީއްޒު އެދިވަޑައިގެންފިއެވެ. ޕީއެންސީގެ ދަ ގްރޭޓަރ އައްޑޫ އިވެންޓުގައި…

ޕީއެންސީގެ ކޮންގްރެސް އޮކްޓޫބަރު މަހު ބާއްވަނީ

ޕީޕަލްސް ނެޝެނަލް ކޮންގްރެސް، ޕީއެންސީގެ ކޮންގްރެސް އަންނަ އޮކްޓޫބަރުމަހުގެ ތެރޭގައި ބާއްވާގޮތަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ޕީއެންސީން އާޓިފިޝަލް ބީޗުގައި ބޭއްވި ހަރަކާތުގައި ވާހަކަފުޅުދ…

އަންހެނުންގެ ތަރައްޤީއަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ މި ސަރުކާރުން: ރައީސް

އަންހެނުންގެ ތަރައްޤީއާއި ކުރިއެރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ މި ސަރުކާރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، "ދަ ގްރޭޓަރ އައްޑޫ އިވެންޓް"ގެ ނަމުގައި އާޓިފިޝަލް ބީޗުގައި ބޭއްވި ހަރަކާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އ…

ހަކަތައިގެ ބާޒާރަށް ކުރަމުންދާ އަސަރު ދިގުދެމިގެންދާނެ ބެލެވޭ

އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނަށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ހަކަތައިގެ ބާޒާރަށް ނޭދެވޭ ބޮޑެތި އަސަރުތައް ދަނީ ކުރަމުންނެވެ. އީރާނުން ރައްދުގައި ވަރުގަދަ ޙަމަލާތައް ދެމުންދާއިރު، މިހާރު ވެސް ހަފްތާއަކަށް ދެމިގެން ގޮސްފައިވާ ހަނގުރާމައިގެ ސަބަބުން، ހަނގުރާމަ ނިމުމަކަށް އައު…

Loading fresh headlines…