Live 10,118 stories Updated Mar 13, 2026
Showing: PSM
Browse topics PSM

PSM

Live feed

މަސްތުވާތަކެއްޗާއެކު އައްޑޫ ސިޓީން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އައްޑޫ ސިޓީ މީދޫއިން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. މީދޫ، ރޯސްވިލާ، މުޙައްމަދުދީދީ (41އ)އެވެ. މި މަހުގެ 10 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަ…

ހަނގުރާމައިގެ ފުރަތަމަ ހަ ދުވަހު އެމެރިކާއިން 11 ބިލިޔަން ޚަރަދުކުރި

އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި އެކަނިވެސް 11.3 ބިލިޔަން ޑޮލަރު ޚަރަދުވެފައިވާ ކަން، އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓެގަންގެ އަންދާޒާތަކުން ދައްކައިފިއެވެ. އެމެރިކާގެ އަސްކަރިއްޔާގެ އިސްވާރުން މި މަޢުލޫމާތު ޤާނޫނު ހަދާ މަޖިލީހުގެ މެންބަރ…

ގަލްފުގެ ޤައުމުތަކަށް އިތުރު ޙަމަލާތަކެއް، އދގެ ސަލާމަތީ މަޖިލީހުގެ ކަންބޮޑުވުން

އީރާނުން ގަލްފުގެ ޤައުމުތަކުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށާއި ސަރަޙައްދީ ބިނާރުތަކަށް ދެމުންގެންދާ ޙަމަލާތައް ވަރުގަދަކޮށްފައިވާތީ، އެކުވެރި ދައުލަތްތައް (އދ)ގެ ސަލާމަތީ މަޖިލީހުން އެ ކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ޙަމަލާތައް ވަގުތުން ހުއްޓައިލުމަށް ގޮވައިލާ ޤަރާރެއް ފާސްކޮށްފިއެވެ. ފާއިތު…

"ކާޑު ލިމިޓްތަކުގެ ބަދަލުން 524 މިލިޔަން ޑޮލަރުގެ މުއާމަލާތްކޮށްފައިވޭ"

ކާޑު ލިމިޓްތަކަށް ގެނައި ހެޔޮ ބަދަލާއެކު ރާއްޖެއިން ބޭރުންކޮށްފައިވާ މުއާމަލާތްތަކުގެ ޖުމްލަ އަދަދު 524 މިލިއަން ޑޮލަރަށް އަރާކަމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްއިން ލޯންޗުކުރި …

މިފަހަރު އެންމެ ގިނަ ވޯޓުފޮށި ހެންވޭރު ދަނޑުގައި

އަންނަ މަހު 3 ކަމެއްގައި ރައްޔިތުންގެ ވޯޓު ނެގުމަށް ހަމަޖެހިފައިވާއިރު ވޯޓުލުމަށް ކަނޑައަޅާފައިވާ މަރުކަޒުތަކުގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާންކޮށްފައެވެ. އެ ކޮމިޝަނުން ވިދާޅުވެފައިވާ ގޮތުގައި މި އިންތިޚާބުތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 588 ވޯޓު ފޮށި ބަހައްޓާނެއެވެ. މީގެ ތ…

ޒުވާން ޓީމުގެ ދެވަނަ މެޗު ކާމިޔާބުކުރީ ސިންގަޕޫރުން

ސިންގަޕޫރުގެ 19 އަހަރުން ދަށުގެ ޓީމާއި އެކު ރާއްޖެ ކުޅުނު ދެވަނަ އެކުވެރިކަމުގެ މެޗުން 6-2 ން ސިންގަޕޫރު މޮޅުވެއްޖެއެވެ. ސިންގަޕޫރުގެ ބިޝާން ސްޓޭޑިއަމްގައި އެގައުމުގެ 19 އަހަރުން ދަށުގެ ޓީމު އަތުން އިއްޔެ ރާއްޖެ ބަލިވެފައިވާއިރު ފުރަތަމަ ހާފުގައި ސިންގަޕޫރު ވަނީ ދެ ލަނޑު ޖަހާފައެވެ. ރާއްޖެއިން ފުރ…

ޒަކާތް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް ހަދަނީ

ޒަކާތް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް ޤަވާއިދެއް އެކުލަވާލުމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ނިންމަވައިފިއެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލީ ޒަކާތުގެ ޤާނޫނޫގެ ދަށުން 5 މަސްދުވަހުގެ ތެރޭގައި ޤަވައިދުތައް އެކުލަވާލަންޖެހެއެވެ. ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕް…

ސްޓޭޓް ފާމަސޫޓިކަލްސްއިން ރާއްޖެއަށް ބޭސް އެތެރެކޮށް ސަޕްލައި ފަށައިފި

ބޭހުގެ މައްސަލަ ހައްލުކުރުމަށްޓަކައި އަލަށް އުފެއްދި ސްޓޭޓް ފާމަސޫޓިކަލްސްއިން ރާއްޖެއަށް ބޭސް އެތެރެކޮށް ސަޕްލައި ކުރަން ފަށާފައިިވާކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ޞިއްޙީ ވަޒީރު ވިދާޅުވީ އެއްވެސް ދަތިކަމެއް ނެތި ރާއ…

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މާވަށުން މީހަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރު…

ބައިނަލްއަގްވާމީ ޤާނޫނުތަކަށް ތަބާވާންދެން އިސްރާއީލަށް ފިޔަވަޅު އަޅަން ރާއްޖޭން ގޮވާލައިފި

ހައްދުފަހަނައެޅި ޔަހޫދީ ދައުލަތް، އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓާލައި ބައިނަލްއަގުވާމީ ޤާނޫނުތަކަށް ތަބާވަންދެން ފިޔަވަޅު އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމަޢަށް ރާއްޖޭން ގޮވާލައިފިއެވެ. ރާއްޖޭން މިކަމަށް ގޮވާލީ މިހާރު ޖެނީވާގައި ކުރިއަށްދާ އދ. ގެ ހިއުމަން ރައި…

ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް ފަށައިފި

ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަލުން ފެށުމަށް ކުންފުންޏަކާ ހަވާލުކޮށް، ޢަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އެމަސައްކަތް ހަވާލުކޮށްފައިވަނީ ރެއިންބޯ ކޮންސްޓްރަކްޝަނާއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވިދާޅުވީ ހދ.…

އީރާނުން މަޝްވަރާގެ މޭޒަށް އަލުން ގޮސްދާނެކަމުގެ އިޝާރާތެއް

ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ޙަމަލާ ދެމުންދާ މި ދަނޑިވަޅު ގައި އީރާނުން އަނެއްކާ ވެސް މަޝްވަރާގެ މޭޒުގެ ދޮށަށް ދިޔުން އެކަށީގެންވާ ކަމަށް އެ ޤައުމުގެ ރައީސް މަސްޢޫދު ޕީޒިޝްކިއަން އިޝާރާތް ކުރައްވައިފިއެވެ. ހުސްވި ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން ވަނީ އީ…

Loading fresh headlines…