Live 10,104 stories Updated Mar 20, 2026
Showing: PSM
Browse topics PSM

PSM

Live feed

ލިވަޕޫލްގެ އައު ކެޕްޓަނަކަށް ވާންވީ ޒޮބޮސްލާއީ: ޖެރާޑް

ލިވަޕޫލްގެ އައު ކެޕްޓަނަކަށްވާން އެންމެ ރަނގަޅު ކުޅުންތެރިއަކީ ހަންގޭރީގެ މިޑްފީލްޑަރު ޑޮމިނިކް އެސްޒޮބޮސްލާއީ ކަމަށް އެ ޓީމުގެ ލެޖެންޑަރީ ކެޕްޓަން ސްޓީވަން ޖެރާޑް ބުނެފި އެވެ. 2005 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ލިވަޕޫލަށް ކާމިޔާބުކޮށްދިން އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ބުނީ ޒޮބޮސްލާއީގ…

ޢާއިލާއާ ދުރުގައިވެސް ދިވެހިވަންތަ ޢީދެއް މައްކާގައި

ބަރަކާތްތެރި ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރަމަޟާން މަހު ޢުމްރާއަށް އައިސްފައިވާ ފަރާތްތަށް ޚާއްސަ ޢީދު ޙަރަކާތްތަކެއް ބާއްވައިފިއެވެ. ރާއްޖެއާއި ޢާއިލާތަކާ ދުރުގައިނަމަވެސް މިޢީދު ސައިގެ ތެރެއިން ޢުމްރާވެރިންވަނީ ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކޮށްފައެވެ. މަސްޖި…

ފްލައިޓް ތެރޭގައި ހަަމަނުޖެހުން ހިންގި މީހަކު ހައްޔަރުކޮށްފި

ފްލައިޓެއްގެ ތެރޭގައި ހަމަނުޖެހުން ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން ވިދާލުވީ މާރިޗު 19 ވަނަ ދުވަހުގެ ރޭ މެލޭޝިޔާގެ އެއާލައިން އެއްކަމަށްވާ ބަޓިކް އެއާގެ ފްލައިޓެއްގެ ތެރޭގައި ހަމަނުޖެހުން ހިންގި މައްސަލައަކާ ގުޅިގެން، އެ ފްލައިޓުން ރާއްޖެ އައި ދިވެހި ފިރިހެނަކު ފުލުހުންގެ…

ރާއްޖެއިން އ.ދ.ގެ ކޮމިޝަން އޮފް ދަ ސްޓެޓަސް އޮފް ވިމަންގެ ހަތަރު އަހަރުގެ ދައުރު ފަށައިފި

އ.ދ.ގެ ކޮމިޝަން އޮފް ދަ ސްޓެޓަސް އޮފް ވިމަންގެ ހަތްދިހަ އެއްވަނަ ސެޝަންގައި 2026 އިން 2030 ގެ ނިޔަލަށް އެ ކޮމިޝަންގެ މެމްބަރުކަމުގެ ދައުރު ރާއްޖެއިން ފަށައިފިއެވެ. މިއީ މި ކޮމިޝަންގެ މެމްބަރުކަން ރާއްޖެއިން އަދާކުރާ ފުރަތަމަ ފަހަރެވެ. މި ސެޝަން ފެށީ މި އަހަރުގެ މާރިޗު މަހުގެ 9 އިން 19 އަށް ނިއު ޔޯކ…

ޢީދު ސަލާމްކުރެއްވުމަށް މިފަހަރުވެސް ރައްޔިތުންގެ ބޮޑު ތަރުޙީބެއް

ފިޠުރު ޢީދުގެ މުނާސަބަތުގައި، ޢީދުގެ ތަހުނިޔާ ވިދާޅުވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު، ބައްދަލުކުރައްވައި، ޢީދު ސަލާންކުރެއްވުން ކުރިއަށްދަނީ މުލިއ…

ފިޠުރު ޒަކާތުގެ ގޮތުގައި މިއަހަރު 15.9 މިލިޔަން ރުފިޔާ

މިއަހަރުގެ ރަމަޟާން މަހު ފިޠުރު ޒަކާތުގެ ގޮތުގައި 15.9 މިލިޔަން ރުފިޔާ ލިބިފަވާކަމަށް މޯލްޑިވްސް ޒަކާތު ހައުސިންއިން ވިދާޅުވެއްޖެވެ. ޒަކާތު ހައުސްއިން ވިދާޅުވީ މިއަހަރުގެ ރޯދަމަހަކީ މިދިޔަ 3 އަހަރާ އަޅާބަލާއިރު، އެންމެ ގިނަ ޢަދަދަކަށް ޒަކާތް ލިބުނު އަހަރު ކަމަށެވެ. މިއަހަރުގެ ރަމަޟާން މަހުގެ ފިޠުރު…

ހޯރަފުށީ ބިން ހިއްކައި، ގޮނޑުދޮށް ހިމާޔަތްކޮށް މަގުހެދުން އެމްޓީސީސީއަށް!

ހއ. ހޯރަފުށީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން މަގު ހެދުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާއި ހަވާލުކޮށްފިއެވެ. މި ދެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރ…

ﷲ ތަޢާލާ ހުއްދަކުރެއްވި ގޮތުގައި ޢީދުގެ އުފާ ފާހަގަކުރަމާ!

ޢީދުދުވަސް ފާހަގަކުރުމަކީ މުސްލިމުންގެ މަތިވެރި ޝިޢާރެކެވެ. ކޮންމެ މިއްލަތެއްގެ ބަޔަކަށްވެސް ޢީދެއްވާ ފަދައިން، މުސްލިމުންނަށްވެސް ދެ ޢީދު ދުވަސް ލައްވާފައިވެއެވެ. އެއީ ރަމަޟާންމަހުގެ ރޯދައާ ގުޅިގެން އަންނަ ފިޠުރު ޢީދު ދުވަހާއި ޙައްޖުގެ މަތިވެރި އަޅުކަމާ ގުޅިގެން އަންނަ އަޟްޙާ ޢީދު ދުވަހެވެ. މިއަދު …

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ޖަމާޢަތުގައި ފިޠުރު ޢީދު ނަމާދުކޮށްފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކޮށްފިއެވެ. ޢީދު ނަމާދު ކޮށްފައިވަނީ ހެނދުނު 7:00ގައެވެ. މުސްލިމުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދައްކުވައިދޭ އެއްކަމަކީ ޖަމާޢަތުގައި ކުރެވޭ ނަމާދެވެ. ޚާއްޞަ ގޮތެއްގައި ބޮޑު ޖަމާޢަތްތަކުން މުސްލިމުންގެ އާރާއި ބާރު …

Loading fresh headlines…