Live 10,097 stories Updated Mar 26, 2026
Showing: PSM
Browse topics PSM

PSM

Live feed

ހަނގުރާމައާގުޅޭ ސައްޙަނޫން ޚަބަރާއި މަޢުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅޭ ޚަބަރާއި މަޢުލޫމާތު ޒިންމާދާރުކަމާއެކު ފެތުރުމަށް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ހަނގުރާމައެއްގެ ބިރުވެރި ދުވަސްތަކ…

ހަނގުރާމަ ނިންމާނެ އިރެއް ކަނޑައަޅާނީ އީރާނުން، ޓްރަމްޕެއް ނޫން

ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު މަޤުބޫލު ސަބަބެއް ނެތި އީރާނަށް ޙަމަލާދީ ޔަހޫދީންނާއި އެމެރިކާއިން ފެށި ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭގޮތުން ގޮތް ނިންމާނީ އެމެރިކާއިން ނޫން ކަމަށް އީރާނުން ބުނެފިއެވެ. ޔަހޫދީންނާއި އެމެރިކާގެ ޙަމަލާތަކުގައި އީރާނުގެ އޭރުގެ ރޫޙީ ވެރިޔާ، އާޔަތުالله ޢަލީ ޚަމަނާއީ ހ…

ސެމީގެ އުއްމީދު އެބައޮތް، ބޫޓާން މެޗަށް ބަދަލުތަކެއް ގެންނާނަން: ލަންކާ

ރާއްޖޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕު 2026ގައި ސްރީލަންކާއިން ގުރޫޕް ސްޓޭޖުގައި ކުޅުނު ދެވަނަ މެޗުން ނޭޕާލުން އަތުން ބަލިވިނަމަވެސް، ސެމީ ފައިނަލަށް ދެވިދާނެކަމުގެ އުއްމީދު އެބައޮތްކަމަށް ލަންކާގެ އެސިސްޓެންޓް ކޯޗު އިމްރާމް މުހައްމަދު ބުނެފިއެވެ. ލަންކާއާއި ނޭޕާލް ބަ…

މޮޅުވިޔަސް، ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފޭތީ ނޭޕާލް ކޯޗުގެ ކަންބޮޑުވުން

ސާފް ޗެމްޕިއަންޝިޕުގައި ކުޅުނު ދެވަނަ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ސެމީއާ ގާތަށް ނޭޕާލް ޖެހިލި ނަމަވެސް، މެޗުތެރެއިން ލަނޑުޖަހަން ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ނުހިފޭކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ނޭޕާލް ޓީމުގެ ކޯޗު، އުރްޖަން ޝްރެސްތާ ފާޅުކޮށްފިއެވެ. ލަންކާއާ ދެކޮޅަށް ކުޅެ ނޭ…

ރައީސަށް ހުށަހެޅުއްވުމަށް ޚަރަދު ކުޑަކުރުމުގެ ޕްލޭނެއް އެކުލަވާލަނީ

ޚަރަދު ކުޑަކުރުމަށް ޚާއްސަ ޕްލޭނެއް އެކުލަވާލައި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވަން މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު ވަނީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އަޅުވާ ފިޔަވަޅުތަކުގެ ތެރެއިން މިހާރު ޚަރަ…

ލަންކާ އަތުން ހޯދި މޮޅާއެކު ނޭޕާލް ސެމީއާ ގާތަށް

ރާއްޖޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ނޭޕާލުން، ކުޅުނު ދެވަނަ މެޗުން ވެސް މޮޅުވެ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދުމާ ގާތަށް ޖެހިލައިފިއެވެ. ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ލަންކާއާ ދެކޮޅަށް ކުޅެ ނޭޕާލް މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ. މުޅި މެޗުގައި ވެސ…

ތެޔޮ ލިބުން ދަތިވެ ކޮވިޑްގެ ސިޔާސަތުތަކަށް އޭޝިޔާގެ ޤައުމުތަކުން އެނބުރެނީ

ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ހުރްމުޒް ކަނޑުއޮޅި ގާތްގަނޑަކަށް އެއްކޮށް ބަންދުވެ، ކޮވިޑް-19 ގެ ދުވަސްވަރު އަމަލުކުރި ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތަކަށް އެނބުރެން އޭޝިޔާގެ ގިނަ ޤައުމުތަކަކަށް މަޖުބޫރުވެއްޖެއެވެ. ހުރްމުޒް ކަނޑުއޮޅިން އު…

ރާއްޖެ ޓީމުން މިރޭ ކުޅޭ މެޗުގެ ޓިކެޓު ހުސްވެއްޖެ، ޙާއްޞަ ޖާޒީއެއް ވެސް ވިއްކަނީ

ސާފް ޗެމްޕިއަންޝިޕުގައި މިރޭ ދިވެހިރާއްޖެ އާއި ބޫޓާން ބައްދަލުކުރާ މެޗުގައި ރާއްޖެއަށް ވިއްކުމަށް ކަނޑައަޅާފައިވާ ޓިކެޓުތައް ވިކި ހުސްވެފައިވާކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ. މިރޭގެ މެޗަށް ރާއްޖެ ޓީމަށް ވިއްކުމަށް ކަނޑައަޅާފައި ވަނީ 700 އެއްހައި ޓިކެޓު ކަމަ…

ޢިރާޤުގެ އިންޒާރެއް އެމެރިކާއަށް: ރައްދު ޙަމަލާދޭނަން

ޢިރާޤުގެ އަސްކަރިއްޔާގެ ގޮތްޕެއް ކަމުގައިވާ 'ޕޮޕިޔުލަރ މޮބިލައިޒޭޝަން ޔުނިޓްސް' (ޕީއެމްޔޫ) ގެ އަމާޒުތަކަށް އެމެރިކާގެ އަސްކަރިއްޔާއިން ނިރުބަވެރި ޙަމަލާތަކެއްދީ 15 ސިފައިން ޝަހީދުކޮށްލުމުން، ރައްދު ޙަމަލާދޭނެ ކަމުގެ އިންޒާރު ޢިރާޤުން ދީފިއެވެ. ޢިރާޤުގެ ސަރުކާރާއި އަސްކަރިއްޔާއިން ވަނީ އެމެރިކާގެ މި …

ފަސް ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު ޢިމާރާތް އަޅަން 3 ކުންފުންޏަކަށް

ފަސް ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު ޢިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް 3 ކުންފުންޏަކާއި ޙަވާލުކޮށްފިއެވެ. މަސައްކަތް ޙަވާލުކުރި 3 ކުންފުންޏަކީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއެވެ.…

ހަނގުރާމަ ވަގުތުން ހުއްޓާލައި މެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށް ރާއްޖެއިން ގޮވާލައިފި

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލައި މަސްރަހު ފިނިކުރުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ. ރާއްޖެއިން މިކަމަށް ގޮވާލާފައިވަނީ، އދގެ ހިއުމަން ރައިޓްސް ކައުންސިލުގެ 61 ބައްދަލުވުމުގެ ހަވާސާގެ ތެރެއިން އިރާނުން ގަލްފުގެ ޤައުމުތަކާއި ދެކޮޅަށް ދެމުންދާ ޙަމަލާއާއި ގުޅޭގޮތުން ބޭއްވި ކުއްލި …

Loading fresh headlines…