Live 8,009 stories Updated Feb 3, 2026
Showing: PSM
Browse topics PSM

PSM

Live feed

އުތުރުގައި ބޭއްވި ހިޔަލަ އެކްސްޕޯއަށް ބޮޑު ތަރުޙީބެއް

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުންނަށް ޚާއްޞަ "ހިޔަލަ އެކްސްޕޯ" ތިލަދުންމަތީ އުތުރުބުރީގެ ދެރަށެއްގައި ބާއްވައިފިއެވެ. މި އެކްސްޕޯ ބާއްވާފައިވަނީ ހއ. ދިއްދޫއާއި އިހަވަންދޫގައެވެ. ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ވިދާޅުވީ، ތިލަދުނ…

ބުރުގެ އަމާޒަކީ ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގައި ކުޅުން: ނިޒާމް

ކުރިއަށް އޮތް ޕްރެޒިޑެންޓްސް ކަޕުގެ އަމާޒަކީ މުބާރާތުގެ ފައިނަލުގައި އެއްކޮޅުން ވާދަކުރުންކަމަށް ބުރު ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ. ލީގުގައި އޮޑި ސްޕޯޓްސް ކުލަބާ ކުޅެ އެއްވަރުވި މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ނިޒާމް ބުނީ، އޮޑިއާ ދެކޮޅަށް ކުޅެ ޕޮ…

"ތަރައްޤީއާއި ކުރިއެރުމަށް، ރައްޔިތުންގެ އިތުބާރު މުހިއްމު"

މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތްކުރައްވާއިރު، ރައްޔިތުންގެ އިތުބާރު ސަރުކާރަށް ވަރަށް މުހިއްމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. ގދ،ފިޔޯރީގައި ތަރ…

"މަސް ކާރުޚާނާއާއެކު ފިޔޯރީއަށް އިޤްތިޞާދީގޮތުން ބޮޑު ކުރިއެރުމެއް އަންނާނެ"

މަސްދަޅު ބަންދުކުރާ ކާރުޚާނާގެ މަޝްރޫޢާއެކު ފިޔޯރީއަކީ ހުވަދުއަތޮޅުގެ އެންމެ ގިނަ ވަޒީފާތައް އުފެދިގެންދާނެ ރަށަށްވާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު ވަނީ ފިޔޯރީގައި ވަޒީފާ ނެތުމުގެ ކަންބޮޑުވުމުގެ މައްޗަށް އަލިއަޅުއްވާލައްވާ…

މަޝްވަރާތަައް ފަށަން، އިރާނުން ނިއުކްލިޔަރ ޕްރޮގްރާމް މަޑުޖައްސާލަނީ؟

އީރާންގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅޭ ގޮތުން އެމެރިކާއާ އެކު މަޝްވަރާތައް ބޭއްވުމަށް ތައްޔާރުވަމުންދާއިރު، އެ މަޝްވަރާތަކަށް މަގުފަހިކުރުމުގެ ގޮތުން، ނިއުކްލިޔަރ ޕްރޮގްރާމުގެ ބައެއް ކަންކަމަށް ދޫދިނުމަށް އީރާނުން ވިސްނަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. އީރާނަށް ޙަމަލާއެއް ދޭން…

ދިއްދޫ އިސްލާމީ މަރުކަޒުގައި ޙިފްޒު ކްލާސްތައް ފަށައިފި

ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ހިންގުމުގެ ދަށުން، ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދާ ކީރިތި ޤުރުއާން ހިތުދަސްކޮށްދޭ ޙިފްޒު ކްލާސްތައް ރަސްމީކޮށް ފަށައިފިއެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިކްލާސްތައް ކުރިޔަށް ދަނީ ދިއްދޫގައި ދާދިފަހުން ހުޅުވި އިސްލާމީ މަރު…

މެއި، ޖޫން އޭލެވެލް އިމްތިޙާނު އަލުން ފަށަނީ

2019 ވަނަ އަހަރަށްފަހު މެދުކަނޑާލާފައިވާ އޭލެވެލް އެޑެކްސެލް މެއި، ޖޫން އިމްތިޙާނު، މިއަހަރުން ފެށިގެން އަލުން ރާއްޖޭގައި ބާއްވާ ގޮތަށް ތަޢުލީމާއި ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ. މި ނިންމުމަކީ އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ނިންމި ނިންމު…

"މަސްވެރިންގެ އުއްމީދުތަކުގައި ކުލަ ޖައްސައިދެނީ މި ސަރުކާރުން"

މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީ، މަސްވެރިންގެ އުއްމީދުތަކުގައި ކުލަ ޖައްސައިދެނީ މި ސަރުކާރުން ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ގދ. ފިޔޯރީގައި ޤާއިމުކުރާ ދަޅުމަސް ބަންދުކުރާ ކާރުޚާނާއަށް ބޭނުންވާ ބިން ހ…

އާދީއްތަ ދުވަހު 10,253 ފަތުރުވެރިން، މިއީ ރެކޯޑެއް!

އިއްޔެއަކީ އެއް ދުވަހެއްގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކޮށްފައިވާ ދުވަސް ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާާޅުވެއްޖެއެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުން މި ހަފުތާގެ އާދީއްތަ ދުވ…

ބަނގުރަލުގެ މައްސަލައެއްގައި ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފި

ބަނގުރާ ގެންގުޅެ އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެއިން ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ މެހެދީ ހަސަން ރާނާއެވެ. ފުލުހުން ވިދާޅުވީ، މި މީހާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 1 ވަނަ…

ޑިސެންބަރުމަހު، ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ 85 މައްސަލައެއް!

ހުސްވި 2025ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 85 މައްސަލައެއް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށް އެ ވުޒާރާއިން ހާމަކޮށްފިއެވެ. ކުޑަކުދިންނަށް ކުރާ އަނިޔާގެ ބާވަތްތަކުގެ ތެރެއިން އެންމެ ގި…

19 އަހަރުން ދަށުގެ އިންވިޓޭޝަނަލް ކަޕް: ފުރަތަމަ މެޗުގައި އަޙްމަދިއްޔާއާއި ސީއެޗްއެސްއީ

ރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޙާއްސަ ހަރަކާތްތަކުގެ ތެރެއިން، 19 އަހަރުން ދަށަށް އަމާޒުކޮށްގެން ބާއްވާ އިންވިޓޭޝަނަލް މުބާރާތުގެ ގުރުއަތު ނަގައިފިއެވެ. މި މުބާރާތް އޮންނާނީ މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށެވެ. މ…

Loading fresh headlines…