Live 10,067 stories Updated Apr 13, 2026
Showing: PSM
Browse topics PSM

PSM

Live feed

ހުއްދަ ނެތް ބޭސް އިމްޕޯޓްކޮށް ވިއްކާ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އަޅަނީ

ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށާއި ހަށިގަނޑުގެ މަސްތައް ވަރުގަދަ ކުރުމަށް އެކި ނަންމުގައި ހުއްދަ ނުނަގައި ބޭސް އެތެރެކޮށް ވިއްކާނަމަ ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވެއްޖެއެވެ. އެ އޮތޯރިޓީން ވިދާޅުވީ ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށާއި ހަށިގަނޑުގެ މަސްތައް ވަރ…

4 މިލިޔަން ރުފިޔާގެ ވައްކަމުގެ މައްސަލައިގައި 5 މީހަކަށް ދައުވާކުރަނީ

މާލޭގެ މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާކުރުމަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ފުލުހުން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ 2026 މާރިޗު 16 ވަނަ ދުވަހުގެ އިރުއޮއްސި 17:49 އެހައިކަންހާއިރ…

ޣައްޒާގެ ޙިޞާރާއި ދެކޮޅަށް ޞުމޫދު ފްލޮޓިއްލާ ދަތުރު ފަށަނީ

ފަލަސްޠީނުގެ ޣައްޒާގެ ޙިޞާރު ފޫއަޅުވައިލައި، އެ ސަހަރުގައި ނިކަމެތި ކޮށްލާފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި 'ގްލޯބަލް ޞުމޫދް ފްލޮޓިއްލާ'ގެ އުޅަނދުތައް ދަތުރު ފަށަން ތައްޔާރުވެއްޖެއެވެ. ޣައްޒާގައި ނިކަމެތިވެފައިވާ ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޭސް ފަދަ އެހީ ހިފައ…

ސައުތު އޭޝިއަން ޔޫތު ޓީޓީ މުބާރާތުގެ ގިނަ މެޑަލްތަކެއް ރާއްޖެއަށް

ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރި ރާއްޖޭގެ ޒުވާން ޤައުމީ ޓީޓީ ޓީމުން 3 ރިހިމެޑަލް އަދި ހަތަރު ލޯ މެޑަލް ހޯދައިފިއެވެ. އިންޑިއާގެ ޝިމްލާގައި ބޭއްވި މި މުބާރާތުގައި ރާއްޖެއިން ބައިވެރިވި ޓީމުގައި ހިމެނެނީ މުހައްމަދު ހަލަފް ރާފިއު، އައްޔޫބު އިޒްކާން ސަލީމު، ފާޒް އިމް…

ވޮލީބޯޅަ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއަށް ޝައްފަ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ހިންގާ ކޮމިޓީގެ ހުސްވެފައިވާ މަގާމަށް، ކުރީގެ ޤައުމީ ކެޕްޓަން އައިޝަތު ޝައްފަ އިންތިހާބުކޮށްފިއެވެ. އެ މަގާމަށް ޝައްފަ އިންތިހާބު ކުރީ ކުރިން އެ މަގާމުގައި ހުރި ސޮއްފާން އަހުމަދު އެ މަގާމުން ވަކިކުރުމަށްފަހުއެވެ. ސޮއްފާންގެ ބަދަލުގައި ޝައްފަ ހިން…

ހުޅުމާލޭގައި ބިނާކުރާ ބޮޑު މިސްކިތާއި ގުޅޭ މަޝްވަރާތަކެއް

ހުޅުމާލޭގައި ބިނާކުރުމަށް ތައްޔާރުވަމުންދާ ބޮޑު މިސްކިތުގެ މަޝްރޫޢުއާ ގުޅޭގޮތުން މަޝްވަރާތަކެއް ބާއްވައިފިއެވެ. މި މަޝްވަރާތައް ބާއްވާފައިވަނީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހައިރުއާއެކު އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ބޭއްވެވި ބައްދަލުކުރެއ…

"ފަތުރުވެރިކަން ސިންދަފާތުކޮށް, ކުރިއެރުވުމަށް އަވަސް ފިޔަވަޅުތަކެއް މުހިންމު"

މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަވާ ގޮންޖެހުންތަކުން އަރައިގަތުމަށް މި ސިނާއަތް ސިންދަފާތުކޮށް ކުރިއެރުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީގެ ޗެއާޕާސަން އަބްދުﷲ ގިޔާސް ގޮވާލައްވައިފިއެވެ. ޕެސިފިކް އޭޝިއާ ޓްރެވަލް އެސ…

"އެއްވެސް ދަތިކަމެއް ނެތި ތެލާއި ގޭސް ލިބޭނެ"

ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ބޮޑުވިނަމަވެސް އެއްވެސް ދަތިކަމެއް ނެތި ތެލާއި ގޭސް ލިބޭނެކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައާއި ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ ވަޒީރުންގެ ކޮމެޓީގެ ބައްދަލުވުގައި ޚާރިޖީ ވަޒީރު ވ…

"ޙައްޖުގެ އެންމެހާ އިންތިޒާމްތަކެއް ނިމި ވިސާވެސް މިހާރު ވަނީ ހަމަޖެހިފައި"

ޙައްޖުގެ އެންމެހާ އިންތިޒާމްތަކެއް ފުރިހަމަކުރެވިފައިވާކަމަށާއި، ޙައްޖުވެރިންގެ ވިސާގެ ކަންކަންވެސް މިހާރު ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސ…

ލާންކާގައި ތާށިވެފައި ހުރި ގިނަ އަދަދެއްގެ ކޮންޓެއިނަރު ކްލިއާކުރެވިއްޖެ

ސްރީލަންކާގެ ބަނދަރުގައި ތާށިވެފައި ހުރި ރާއްޖެއަށް ގެންނަންޖެހޭ ކޮންޓެއިނަރުތައް ކްލިއާކޮށް، ރާއްޖެއަށް މުދާ ގެނައުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް އިޤަތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިން…

ނެޓްބޯޅަ ލީގުގެ ޗެންޕިއަންކަން މެޓްރިކްސްއަށް

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއޭއެމް) އިން އިންތިޒާމުކޮށްގެން މުޅިން އަލަށް ބޭއްވި ޤައުމީ ނެޓްބޯޅަ ލީގުގެ ޗެންޕިއަންކަން ކްލަބް މެޓްރިކްސް ހޯދައިފިއެވެ. ލީގުގެ ފަހު ގޭމް ވީކްގެ މެޗުތައް ކުޅުނީ ހޮނިހިރު ދުވަހުއެވެ. ފަހު ގޭމް ވީކްގެ ފުރަތަމަ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސްއާއި ކުޅުދުއ…

ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން އިތުރުކުރަނީ

ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢު"މޯލްޑިވްސް 2.0" ގެ މަގުޗާޓު ތަންފީޒުކުރުމުގައި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން އިތުރުކޮށް އަދި އައި.ސީ.ޓީ އެކޯސިސްޓަމް ތަަރައްޤީކޮށް ފުޅާކުރުމަށް ކުރެވެން ހުރި ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މި ބައްދަލުކުރެ…

Loading fresh headlines…