Live 7,969 stories Updated Feb 17, 2026
Showing: PSM
Browse topics PSM

PSM

Live feed

ޙައްޖާއި ޢުމްރާގެ ކަންކަމުގައި އެހީތެރިވުމަށް އައިލެންޑް އޭވިއޭޝަނާއެކު އެއްބަސްވުމެއް

ޙައްޖާއި ޢުމްރާގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އިސްލާމީ ކަންތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.…

ދޮން ދަރިފުޅު ޓީމުން ބާކީ ކުރަން އަފްރީދީ ގޮވާލައިފި

ޓުވެންޓީ20 ކްރިކެޓް ވޯލްޑް ކަޕުގައި ވާދަކުރާ ޕާކިސްތާން ޓީމުން ތިން ކުޅުންތެރިއަކު ބާކީ ކުރަން އެ ގައުމުގެ ކުރީގެ ކުޅުންތެރިން ގޮވާލަން ފަށައިފި އެވެ. މި ތިން ކުޅުންތެރިންނަކީ ކުރީގެ ކެޕްޓަން ބާބަރް އަޒަމް އާއި ބާރު އުކުންތެރިޔާ ޝާހީން ޝާހް އަފްރީދީ އާއި ސަދަބް ހާނެވެ. މި ތިން ކުޅުންތެރިންނަކީ މުބާ…

ޗައިނާއިން ރާއްޖެއަށް ބައިލައްކަ ފަތުރުވެރިން

ޗައިނާއިން ރާއްޖެއަށް ބައިލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. ޗައިނާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ޑެއިލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަ…

ދުރު ފެންނަ މިންވަރު 2 ކިލޯމީޓަރަށް، ވައިގެ ނުސާފުކަން ނުރައްކާ މިންވަރުގައި

ދުންފުހުންގެ އަސަރު މިއަދު މާލެ ސަރަޙައްދުގައި 2 ކިލޯމީޓަރަށް ދަށްވެފަވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. ދުންފުހުގެ އަސަރު މުޅި ރާއްޖެއަށްވެސް މިއަދު ވަރަށް ބޮޑަށް ދަނީ ކުރަމުންނެވެ. ކުރިއަށް އޮތް 5 ދުވަހު ރާއްޖެއަށް ދުން ފުހުންގެ އަސަރު ނުރައްކާ މިންވަރަށް ކުރާނެކަމަށް މޫސު…

ވިކްޓްރީ ބަލިކޮށް މާޒިޔާ ސެމީއަށް، ނުކުންނާނީ ނިއުއާ ދެކޮޅަށް

ޕްރެޒިޑެންޓްސް ކަޕް 2026 ގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުން ވިކްޓްރީ ބަލިކޮށް، ގްރޫޕް 1 ގެ އެއްވަނައިގެ ގޮތުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ. ރަސްމީ ބޯޅަ ދަނޑުގައި ހޯމަ ދުވަހުގެރޭ ކުޅުނު މި މެޗުން މާޒިޔާ މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ. ވާދަ…

ޗެމްޕިއަނުން ކަޓުވާލި މެކްލްސްފީލްޑް، ބްރެންޓްފޯޑް އަތުން ބަލިވެއްޖެ

އިނގިރޭސި އެފްއޭ ކަޕުގެ އެންމެފަހުގެ ޗެމްޕިއަން ކްރިސްޓަލް ޕެލަސް ކަޓުވާލުމަށްފަހު މުބާރާތުގެ ހަތަރުވަނަ ބުރަށް ދަތުރުކުރި މެކްލްސްފީލްޑު، ޕްރިމިއަރ ލީގުގެ ބްރެންޓްފޯޑް އަތުން ބަލިވެ މުބާރާތުން ކަޓައިފިއެވެ. މުބާރާތުގެ ހަތަރުވަނަ ބުރުގައި މެކްލްސްފީލްޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ބްރެންޓ…

ލަންކާ އަތުން ބަލިވެ އޮސްޓްރޭލިޔާގެ ބާރު ކެނޑިއްޖެ

ސްރީލަންކާ އަތުން ބަލިވެ، ޓުވެންޓީ20 ކްރިކެޓް ވޯލްޑް ކަޕުގެ ގަދަ އަށަކަށް ދިއުމުގެ އަމިއްލަ ބާރު އޮސްޓްރޭލިޔާ އަށް ގެއްލިއްޖެ އެވެ. އަށް ވިކެޓުން ލަންކާ އަތުން ބަލިވުމާއެކު އޮސްޓްރޭލިޔާ މިވަގުތު އޮތީ ގްރޫޕް ބީގެ ތިން ވަނާގަ އެވެ. ލިބިފައިވަނީ ތިން މެޗުން އެންމެ ދެ ޕޮއިންޓެވެ. އެކަމަކު ދެ މެޗު ކުޅެ…

މިރޯދަމަހުވެސް ރައީސް މައުމޫންގެ އަގުހުރި ނަސޭހަތް ޕީއެސްއެމް ނިއުސްއިން

"ރޯދައިގެ ހިޔަލުގައި" މި ނަމުގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުއްޤައްޔޫމް ދެއްވާ ދީނީ ނަޞޭހަތް މި ރަމަޟާން މަހުވެސް ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ގޮތަށް ހަމަޖެހިއްޖެއެވެ. ޚަބަރުތަކުގެ ކޮންޓެންޓް މުއްސަނދިކުރުމަށް ކުރާ މަސައްކަތްތަކާ އެކުއެކީގައި ރަމަޟާންމަހަކީ ދީނީގޮތުންވެސް ޚާއްސަ ސ…

ސިނަމާލެއާއި މާލެހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް 1 ލައްކަ ރުފިޔާގެ އިނާޔަތެއް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާލެސިޓީގެ ގަލޮޅު އަވަށުގައި ހުންނަ ސިނަމާލެ އަދި މާލޭހިޔާގެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން ޚާއްޞަ އިނާޔަތެއް ހަމަޖައްސަވައިދެއްވުމަށް ނިންމަވައިފިއެވެ. މި ބ…

އީގަލްސް ބަލިކޮށް އެއްވަނައިގެ ގޮތުގައި އޮޑި ސެމީއަށް

ޕްރެޒިޑެންޓްސް ކަޕު 2026 ގައި ގްރޫޕް ސްޓޭޖުގައި ގްރޫޕް 2 އިން ކުޅުނު ފަހު މެޗުގައި ކްލަބް އީގަލްސްގެ މައްޗަށް ހޯދި މޮޅާއެކު އޮޑި ސްޕޯޓްސް ކުލަބުން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ. ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ހޯމަ ދުވަހުގެ ހަވީރު ކުޅުނު މި މެޗުން އޮޑި މޮޅުވީ 2-4 ގެ ނަތީޖާއަކުންނެވެ.…

ބަލިވީ ޑިފެންސިވް މިސްޓޭކްތަކުން، ޗުއްޓީ އަށް ދެ ދުވަސް: ފްލިކް

ޖިރޯނާ އަތުން 2-1އިން ބަލިވެ ބާސެލޯނާ އަށް ސްޕެނިޝް ލީގުގައި ލިބިފައި އޮތް ލީޑު ގެއްލި ދެ ވަނަ އަށް ވެއްޓުނީ ޑިފެންސިވް މިސްޓޭކް ތަކުން ކަމަށް ކޯޗު ހަންސީ ފްލިކް ބުނެފި އެވެ. ރޭގެ މެޗުގައި ބާސެލޯނާ އަށް ލީޑު ނަގަން ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ޕެނަލްޓީ އެއް ވެސް ލިބުނެވެ. ނަމަވެސް ލަމީން ޔަމާލް…

ދެ ވަނަ ފަހަރަށް ރެއާލް މެޑްރިޑް ބަލިކުރަން އުނދަގޫވާނެ: މޮރީނިއޯ

ޗެމްޕިއަންސް ލީގުގެ ޕްލޭއޯފްގައި މިރޭ ސްޕޭނުގެ ރެއާލް މެޑްރިޑް ބަލިކުރަމަކީ މާ އުނދަގޫ ކަމަކަށްވާނެ ކަމަށް ބެންފީކާގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ. އޭނާ މިހެން ބުނީ މުބާރާތުގެ ގަދަ އަށަކުން ރެއާލް މެޑްރިޑް ކެޓީ މިދިޔަ މަހު ބެންފީކާ އަތުން ބަލިވެގެން ކަމަށްވާތީ އެވެ. "މޮޅު ޓީމެއް ބަލިވެއްޖިއްޔާ…

Loading fresh headlines…