Live 10,054 stories Updated Apr 14, 2026
Showing: PSM
Browse topics PSM

PSM

Live feed

ބޮޑުތަކުރުމާފުނު މަގު: ސެގްމެންޓް 5ގެ ދުވާރުގައި ފެން ހިންދާ ނިޒާމް ގާއިމްކޮށްފި

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ ފަސްވަނަ ސެގްމަންޓުގައި ހިމެނޭ ދުވާރުގައި ފެން ހިންދާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓް…

ފިޔަވަޅު އަޅާފައިވާ ޗައިނާގެ އުޅަނދެއް އެމެރިކާއިން ބަންދުކޮށްފައި އޮތް ހުރްމުޒް ހުރަސްކޮށްފި

ހުރްމުޒް ކަނޑުއޮޅި ބަންދުކޮށް އެމެރިކާއިން އީރާންގެ ބަނދަރުތައް ޙިޞާރުކޮށްފައި އޮތް ނަމަވެސް، ވޮޝިންގްޓަނުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ޗައިނާގެ ތެޔޮ އުފުލާ އުޅަނދެއް އެ ކަނޑުއޮޅި ހުރަސްކޮށް ދަތުރުކޮށްފިއެވެ. ހުރްމުޒް ބަންދުކޮށް، އީރާންގެ ބަނދަރުތައް ޙިޞާރުކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިނ…

ބްރިޖު ދަށުގައި ދިރިއުޅުނު މީހުން ފޮނުވާލައި ފުލުހުން އެސަރަހައްދު ބަލަހައްޓަނީ

ބްރިޖު ދަށުގައި މީހުން ދިރިއުޅޭ މައްސަލަ ތަކުރާރުވިޔަ ނުދިނުމަށް އެސަރަހައްދު ބަލައި ފާސްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ އެސަރަހައްދު ދޭތެރެދޭތެރެއިން ބަލައި ފާސްކުރަމުން ދާނެކަމަށެވެ. ބްރިޖު ދަށުގައި ބަޔަކު ދިރިއުޅެމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާ…

"ސުކޫކު ދެއްކުމާއެކު އިޤްތިޞާދީ ހަމަޖެހުންލިބި، އިންވެސްޓަރުންގެ އިތުބާރުބޮޑުވެއްޖެ"

ސުކޫކް އަނބުރާ ދެއްކުމަކީ ރާއްޖެއަށް އިންވެސްޓް ކުރަން ތިބި ފަރާތްތަކާއި އިންވެސްޓްކުރާނެ ފަރާތްތަކުގެ އިތުބާރު ބޮޑުވެގެން ދިޔަ ކަމެއް ކަމަށް، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ ބޭރުގެ ނޫސްތަކުންވެސް މިކަން ރިޕޯޓްކުރީ ދިވެހިރާއްޖެއިން…

ތެލުގެ ބާޒާރުގެ އަސްލު ޙާލަތާއި އަންދާސީ އަގުތައް އޮޅުންބޮޅުންގަނޑެއްގައި

ޞަހްޔޫނީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރިމަތިވެފައިވާ ލޮޅުން، ޢާންމުކޮށް ފެންނަން ހުރި ހިސާބުތަކަށް ވުރެ މާ ނުރައްކާތެރި ކަމުގައި މާހިރުން އިންޒާރު ދީފިއެވެ. ޚާއްޞަކޮށް، ވަގުތުން ބާޒާރުގައި ގަނެވެން ހުރި ތެލުގެ އަގާއި އަ…

މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕްރައިމަރީއަށް އެމްޑީޕީން ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓު ކަނޑައެޅުމަށް ޕްރައިމަރީއަށް ހުޅުވާލައިފިއެވެ. އެމްޑީޕީން ބުނީ ބައި-އިލެކްޝަން ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން 19 އޭޕްރި…

ހުޅުމާލެ ފޭސް3އިން 100އަށްވުރެ ގިނަ ގޯތި ހަވާލުކޮށްފި

ހުޅުމާލެ ފޭސް 3އިން ގޯތި ހަވާލުކުރުމުގެ މަސައްކަތުގެދަށުން މިހާތަނަށް 100އަށްވުރެ ގިނަ ބިން ހަވާލުކޮށްފިއެވެ. އެ ސަރަޙައްދުން ބިން ހަވާލުކުރުމުގެ މަސައްކަތް ފެށީ، މިދިޔަ މަހުގެ 26ވަނަ ދުވަހުއެވެ. ނިމުނު ސަރުކާރުގައި ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމްގެދަށުން، ހުޅުމާލެއިން ބިން ދޫކުރީ އެ ސަރަހައް…

މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕްރައިމަރީއަށް ޕީއެންސީން ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓު ހޮވުމަށް ޕްރައިމަރީ ބާއްވަން އެ ޕާޓީން ނިންމައިފިއެވެ. ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ބައި-އިލެކްޝަންގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރުމަށް ބޭނުންވާ މެނ…

ހުޅުމާލޭ ވޯޓަރ ތީމް ޕާކު ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް

ހުޅުމާލެ ވޯޓަރ ތީމް ޕާކުގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ އަލިފާން ރޯވީ ހުޅުމާލޭގެ ފޭސް 1ގައި ހުންނަ ވޯޓަރ ތީމް ޕާކް ތެރޭގައި ހުރި ގަސްތަކެއްގައިކަމަށެވެ. ގަސްތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔ…

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާން ހުޅުވާލައިފި

ސުޕްރީމް ކޯޓުގެ ހުކުމާއެކު ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑީގެ ބައި-އިލެކްޝަންގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އަންނަ ޖޫން މަހު އައްޑޫސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންސް …

ރާއްޖެ ގެނައި މުދަލުގެ އަދަދު %19 އިތުރު: ވަޒީރު ސަޢީދު

މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ރާއްޖެއަށް ގެނެސްފައިވާ މުދަލުގެ އަދަދު %19 އިތުރުވެފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. …

އައު ގައިޑްލައިންއަށް އެކްރެޑިޓް ނުކުރާ ކޯސްތައް ބާޠިލުކުރަނީ

"ޕްރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިން"އާއި އެއްގޮތަށް، މަތީ ތަޢުލީމުދޭ ގިނަ މަރުކަޒުތަކަކުން އަދިވެސް ޕްރޮގްރާމްތައް އެކްރެޑިޓްކޮށްފައި ނުވާތީ، މި އުސޫލާ އެއްގޮތަށް ކޯސްތައް އެކްރެޑިޓްކުރުމަށް މޯލްޑިވެސް ކޮމިފިކޭޝަން އޮތޯރިޓިން އަންގައިފިއެވެ. ކަނޑައަޅާފައިވާ ތަރީޚަށް އެކްރެޑިޓް ނުކޮށްފިނަމަ، ކޯ…

Loading fresh headlines…