Live 7,953 stories Updated Feb 20, 2026
Showing: PSM
Browse topics PSM

PSM

Live feed

ޕެރޭރާގެ ފުރަތަމަ މެޗުން ފޮރެސްޓް މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ނޮޓިންހަމް ފޮރެސްޓްގެ ކޯޗު ކަމާއި ދާދި ފަހުން ހަވާލުވި ވިޓޯ ޕެރޭރާގެ އިރުޝާދުގެ ދަށުން އެ ކްލަބު ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެ އެވެ. ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ޕްލޭއޮފްގައި ތުރުކީގެ ފެނަބާޗޭ އާއި ދެކޮޅަށް ކުޅުނު މެޗުން ފޮރެސްޓް މޮޅުވެފައިވަނީ 3-0 ގެ ނަތީޖާއަކު…

އިންޑިޔާގެ ފެންވަރުގައި އަދި ނުކުޅެވޭ: ކޯޗު

ޓުވެންޓީ20 ކްރިކެޓް މުބާރާތުގައި އިންޑިޔާގެ ފެންވަރުގައި މިހާތަނަށް ނުކުޅެވޭ ކަމަށް އެ ޓީމުން ބުނެފި އެވެ. އެސިސްޓެންޓް ކޯޗު ރަޔަން ޓެން ބުނީ އަމިއްލަ ގައުމާއި ސްރީލަންކާގައި މިހާރު ކުރިއަށްދާ މުބާރާތުގައި މިހާތަނަށް ހަތަރު މެޗު ކުޅުނުއިރު އިންޑިޔާގެ ކުޅުން ފެނުނީ އާދައިގެ ގޮތަކަށް ކަމަށެވެ. "އެ…

ބާސެލޯނާގެ އިންތިހާބުގައި މެސީ ބައިވެރި ނުވާނެ

ކުރިއަށް އޮތް ބާސެލޯނާގެ އާއްމު އިންތިހާބުގައި އެ ކުލަބުގެ އެންމެ ވަރުގަދަ ލެޖެންޑް ލަޔޮނަލް މެސީ ވޯޓު ނުލާން ނިންމައިފި އެވެ. މެސީ މި ގޮތަށް ނިންމީ ބައެއް ކެނޑިޑޭޓުން އޭނާއާ ގުޅުވައިގެން އިންތިހާބު ކާމިޔާބު ކުރުމަށް ކެމްޕޭން ފަށާފައިވަނިކޮށެވެ. މިހެންވެ މެސީގެ ފަރާތުން މީޑިއާގައި ބުނެފައިވަނީ އެއ…

"ރޯދަމަހު ހާމަކަން ބޮޑުގޮތެއްގައި ފަތުރުވެރިންނަށް ކާން ދިނުން ހުއްޓާލަންޖެހޭ"

ލޯކަލް ޓުއަރިޒަމް ހިންގާ ރަށްރަށުގައި ރޯދަމަހު ދުވާލުގެ ވަގުތުތަކުގައި ރެސްޓޯރެންޓްތައް ހުޅުވައިގެން ހާމަކަން ބޮޑު ގޮތުގައި ފަތުރުވެރިންނަށް ކާން ދިނުން ހުއްޓާލަން ޖެހޭކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ މި ރަމަޟާން…

މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބޭ، އީރާނަށް އެމެރިކާގެ އައު އިންޒާރެއް

އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާ އާއެކު އެންމެ ފަހުން ބޭއްވި މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބުމާއެކު، އީރާނަށް ޙަމަލާދޭންޖެހިދާނެކަމަށް ބުނެ އެމެރިކާއިން އިންޒާރުދީފިއެވެ. ސްވިޓްޒަރލޭންޑުގެ ޖެނީވާގައި މި ހަފްތާގައި ބޭއްވި މަޝްވަރާތަކަށް މާބޮޑު ކުރިއެރުމެއް ނުލިބި ވަނީ ނިންމާލައި…

ޑިސެމްބަރުމަހާއި އަޅާބަލާއިރު ޖަނަވަރީމަހު ބޭރަށް ހިންގުމާއި ޑެންގީ އިތުރު!

މިދިޔަމަހު ޑެންގީއާއި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކޮށްފައިވާ މިންވަރު އޭގެކުރީ މަހާއި އަޅާބަލާއިރު އިތުރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ޑެންގީއާއި ބޭރަށް ހިންގުން އިތުރުވެފައިވާތީ މި ހާލަތުގައި އާންމު ސާފްތާހިރުކަމަށް ސަމާލުކަނ…

ޣައްޒާ ބޯޑުގެ ފުރަތަމަ ބައްބަދަލުވުން ބާއްވަން ތައްޔާރުވެއްޖެ

ފަލަސްޠީންގެ ޣައްޒާގެ ހިންގުމާ ޙަވާލުވާން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނުކުރައްވާފައިވާ ޞުލްޙައިގެ ބޯޑުގެ ފުރަތަމަ ބައްދަލުވުން ބާއްވަން ތައްޔާރުވެއްޖެއެވެ. މި ބޯޑުގެ ފުރަތަމަ ބައްދަލުވުމުގައި ތަފާތު 45 ޤައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެކަމަށް ބެލެވެއެވެ. އެ ބައްދަލުވުމ…

ރައްކާތެރިކުރުމުގެ އަމުރާ ޚިލާފުވި 24 މީހަކަށް ދައުވާކުރަން ފޮނުވައިފި

ގެވެށި އަނިޔާ ލިބޭ ފަރާތްތައް ހިމާޔަތް ކުރުމަށް ނެރޭ ރައްކާތެރިކަމުގެ އަމުރާއި މިދިޔަ އަހަރު ޚިލާފުވި 24 މީހަކަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖނަރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ފުލުހުން ވަނީ މިފަދަ މައްސަލަތައް މިހާރު އިތުރުވަމުންދާކަން ފާހަގަކު…

ރަމަޟާން މަހުވެސް އިމިގްރޭޝަނުގެ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދޭނެ

މި ރަމަޟާން މަހު މޯލްޑިވްސް އިމިގްރޭޝަނުން މާލެއާ ރަށްރަށުގައި ޚިދުމަތްދޭ ގަޑިތައް އެއިދާރާއިން ހާމަކޮށްފިއެވެެ. މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ އާންމު ދުވަސްތަކެކޭ ވެސް އެފަދައިން ރަމަޟާން މަހުގެ ކޮންމެ ވަގުތެއްގައިވެސް އިމުގާ މެދުވެރިކޮށް ޕާސްޕޯޓަށް އެދެވޭނެކަމަށެވެ. މާލެ ސަރަހައްދުގައި ޕާސްޕ…

ބައެއް ގްރޫޕްތަކުގެ ލޭ ލިބުން އަދިވެސް ދަތި، ރޯދަ މަހު ވެސް ލޭހަދިޔާކުރުން މުހިއްމު

ބައެއް ގްރޫޕްތަކުގެ ލޭ ލިބުމުގެ ދަތިކަން އަދިވެސް އޮޮތުމާއި ގުޅިގެން މި ރަމަޟާން މަހުވެސް ލޭ ހަދިޔާ ކުރުމަށް މޯލްޑިވްސް ބްލަޑް ސަރވިސަސްއިން އިލްތިމާސްކޮށްފިއެވެ. ތެލަސީމިއާ ކުދިންނަށް ބޭނުންވާ ލޭ ލިބުން ދަތިވެ، ލޭ ހަދިޔާކުރަން ގޮވާލުމާއެކު ދާދިފަހުން އެކި މުއައްސަސާތަކުން ވަނީ ލޭ ހަދިޔާކުރުމަށް ބ…

ޣައްޒާގެ ރައްޔިތުން ރޯދަ މަހާ ކުރިމަތިލީ ސުންނާފަތިވެފައިވާ މިސްކިތްތަކާއި ކުނިބުނީގެ ތެރޭގައި

ފެބުރުވަރީ 18ވަނަ ދުވަހަކީ ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް ވެސް ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. ނަމަވެސްް، އެހެން ޤައުމުތަކުގެ މުސްލިމުންނޭ ޚިލާފަށް، ޣައްޒާގެ ރައްޔިތުންނަށް ނަމާދު ކުރުމަށް ޓަކައި މިސްރާބު ޖަހަން ޖެހިފައި ވަނީ ސުންނާފަތި ކޮށްލާފައިވާ މިސްކިތްތަކާއި، ސަތަރިއާއި ލ…

ދިވެހި ޓީމުތަކުގެ މެދުގައި މީހުން ހީކުރާވަރުގެ ތަފާތެއް ނުހުރޭ: ސުޒެއިން

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ފުޓުބޯޅަ ކުޅޭ ޓީމުތައް މެދުގައި، އެއް ޓީމު އަނެއް ޓީމާ ދެމެދު، ކުޅުމުގެ ފެންވަރާއި ކޮލިޓީއަށް ބަލާއިރު، މީހުން ހީކުރާ ވަރުގެ ބޮޑު ތަފާތެއް ނުހުންނަކަމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ. ޕްރެޒިޑެންޓްސް ކަޕުގައި ކްލަބް އީގަލްސްއާ ވާދަކޮށް…

Loading fresh headlines…