Live 7,939 stories Updated Feb 24, 2026
Showing: PSM
Browse topics PSM

PSM

Live feed

ރަމަޟާން މަހުގެ ތާރީޚުގެ ތެރެއިން, ޢައިން ޖާލޫތު ހަނގުރާމަ

ދަންނަވަން މި އުޅެނީ ރަމަޟާން މަހުގެ ތެރޭގައި އިސްލާމުންނަށް ދެއްވި ބޮޑު ނަޞްރެއްގެ ވާހަކައެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ބަރަކާތްތެރިވެގެންވީ މި މައްސަރަކީ އިސްލާމީ ދައުލަތުގެ ބިންގައު ވަރުގަދަކޮށްދިން އެތައް ނަޞްރެއް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން މުސްލިމުންނަށް ދެއްވި މައްސަރެކެވެ. ބަދުރ…

ވަޠަނީ ޚިދުމަތުގެ ދެވަނަ ބެޗަށްވެސް ވަޒީފާ ހޯދައިދޭނެ"

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ ދެވަނަ ބެޗްގެ ބައިވެރިންގެ ތަމްރީންތައް ނިމެންވާއިރަށް އެމީހުންނަށް ވަޒީފާ ހޯދައިދިނުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. މިދިޔަ މަހުގެ 31 އިން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ހިންގާ ނޭޝަނަލް ސަ…

ވޯޓުލުމަށް 26000އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީވި

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ އިންތިޚާބުތަކުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތުގައި 26000އަށްވުރެ ގިނަ މީހުން ރީ- ރަޖިސްޓްރީ ވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އި…

މައިލޯ ރަމަޟާން ކުރިކެޓު ކާނިވަލު: އެވިއަރ އާއި ޑީއެސްސީ އަށް މޮޅެއް

ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްދާ މައިލޯ ރަމަޟާން ކުރިކެޓު ކާނިވަލުގެ އޯޕަން ޓޭޕް ބޯޅަ މުބާރާތުގެ އިއްޔެ ކުޅުނު މެޗުން އެވިއަރ މޯލްޑިވިސް އާއި ދިވެހި ސިފައިންގެ ކުލަބު ( ޑީއެސްސީ) އިން މޮޅެއް ހޯދައިފިއެވެ. މާފަންނު އެއް ނަންބަރު ކުރިކެޓް ދަނޑުގައި އިއްޔެ ކުޅ…

އެފްއޭއެމުން ބައިނަލްއަޤުވާމީ އިތުބާރު އަލުން ހޯދައިފި

ރާއްޖޭގެ ފުޓްބޯޅަ އިދާރާއިން ހިންގި ކޮރަޕްޝަނާއި ޒިންމާދާރުކަން ކުޑަ އަމަލުތަކުގެ ސަބަބުން މީން ދުވަހަކު ދިވެހި ފުޓްބޯޅަ ހީނަރުވެގެން ނުދާ މިންވަރަށް ދިވެހި ފުޓްބޯޅަ ހީނަރުވެގެން ދިޔަ ދުވަސްތައް މާޒީއަށް ދޫކޮށް މިހާރު އެފްއޭއެމުން ހަމަ އިސްކޮޅަށް ދެމިލުމަށް ކުރާ ދަތުރަށް އަހަރެއްވެސް ނުވަނީސް މިވަނީ…

ރަމަޟާން 7ވީ7 ލީގު: ލެގޫންސް އަށް ބޮޑު މޮޅެއް

މޯލްޑިވްސް ސޮކަރ މޭޓްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން 7ވީ7 ލީގު 2026 ގެ ލެގޫންސް ސްޕޯޓްސް ކުލަބުން ބޮޑު މޮޅެއް ހޯދައިފިއެވެ. ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ދެ ޑިވިޝަނެއް ހިމެނެއެވެ. އެގޮތުން 40 އަހަރުން މަތީގެ ވެޓެރަންސް ކެޓެގަރީގައި 10 ޓީމެއް އަދި 50 އަހަރުން މަތީގެ…

ޖަޕާނުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ޖަޕާނުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، ޖަޕާނުގެ އެމްޕަރާ ނަރުހީތޯ އަދި ބޮޑުވަޒީރު ސަނާނޭ ތަކައިޗީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ. ޖަޕާނުގެ އެމްޕަރާއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންގެ ނަމުގައި، އެމަނިކުފާނަށް …

ރައީސްގެ ތަހުނިޔާ ބްރޫނާއީގެ ރަސްގެފާނަށް ‏

ބްރޫނާއީ ދާރުއްސަލާމްގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރަސްގެފާނު، ސުލްޠާން ޙާޖީ ޙަސަނުލް ބުލްކިއާ މުޢިއްޒައްދީން ވަދާޢުﷲ އަށާއި، އެ ޤައުމުގެ ސަރުކާރަށާއި، އުޚުވަތްތެރި ރައްޔިތުންނަށް، ‌‏ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ. އެމ…

ލ. ގަމު ތުނޑީ އާބާދު ސަރަހައްދުގައި ބިނާކުރި މިސްކިތް ހުޅުވައިފި

ލ. ގަމު ތުނޑީ އާބާދު ސަރަހައްދުގައި ބިނާކުރި މިސްކިތް މިއަދު ހުޅުވައިފިއެވެ. މި މިސްކިތް ހުޅުވުމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މިސްކިތް ހުޅުއްވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރެވެ. މި ރަސްމިއްޔާތުގައި ލ. ގަމު ކައުންސ…

"އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ"

ރާއްޖެއިން އަބަދުވެސް މަސައްކަތްކުރަނީ, އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށްކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އދ.ގެ އި…

އެމެރިކާގެ ފަރާތުން އުއްމީދީ ސިގްނަލްތަކެއް ލިބިއްޖެ: އީރާން

އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން، އެމެރިކާ އާއެކު އަންނަ ބުރާސްފަތި ދުވަހު ތާވަލުކޮށްފައިވާ މަޝްވަރާތަކުގެ ކުރިން، އެމެރިކާގެ ފަރާތުން "އުއްމީދީ ސިގްނަލްތަކެއް" ލިބިފައިވާކަމަށް އީރާނުގެ ރައީސް މަސްޢޫދު ޕިޒިޝްކިޔާން ވިދާޅުވެއްޖެއެވެ. މި މަހުގެ ތެރޭގައި އެމެރިކާއާއި އީރާނުން ވަނީ ނިއުކްލިޔ…

އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރެންސް ފެށީ ބޮޑު މޮޅަކުން

އެފްއޭއެމް ވެޓެރެންސް ކަޕް 2026 ގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރެންސް ކުލަބުން ބޮޑު މޮޅަކާ އެކު މުބާރާތް ފަށައިފިއެވެ. ހުޅުމާލެ ޓީމުން މެޗު ކާމިޔާބު ކުރީ ކ.ހުރާ ހުއްރިއްޔާ ސްޕޯޓްސް ކުލަބާ ވާދަކޮށް 5-1 ލަނޑުންނެވެ. މާފަންނު އެއްނަންބަރު ޓާފް ދަނޑުގައި ކުޅުނު މެޗުގައި ރަނގަޅަށް…

Loading fresh headlines…