Live 7,932 stories Updated Mar 5, 2026
Showing: PSM
Browse topics PSM

PSM

Live feed

އީރާނަށް ދެމުންދާ ޙަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 1،000އަށްވުރެ މައްޗަށް

އެމެރިކާއާ ގުޅިގެން ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން އީރާނާ ދެކޮޅަށް ހިންގަމުންދާ ނިރުބަވެރު ޢުދުވާނުގައި، ޝަހީދުވި މީހުންގެ ޢަދަދު 1،000އަށް ވުރެ މަތިވެފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނެފިއެވެ. ފެބްރުއަރީ 28ގައި ފެށި ޢުދުވާނުގައި، މިހާތަނަށް 1،045 މީހުން ޝަހީދުކޮށްލާފައިވާ ކަމަށާއި …

ނިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާ ނިމިއްޖެ

ފ.ނިލަންދޫ އެއާޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއިއެވެ. ފ. ނިލަންދޫގެ ބިން ހިއްކުމުގެ މަސައްކަތް އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރައިން އެމްޓީސީސީއާ ހަވާލު…

ރަސޫލުބޭކަލުންގެ ޙަޔާތްޕުޅުން އެތައް ފިލާވަޅެއް ޢުމްރާވެރިންނަށް

މައްކާއަކީ މުސްލިމުންގެ މުހިއްމު އާސާރުތަކެއް ހުރި މުޤައްދަސް ރަށެކެވެ. އެހެންކަމުން އެތަންތަނަށް ޒިޔާރަތްކޮށް ރަސޫލު ބޭކަލުންގެ ޤުރުބާނީއާއި ދީން އަޅުގަނޑުމެނާ ހަމައަށް ގެނެސްދެއްވުމަށް އެބޭކަލުން އުފުއްލެވި ބުރަ ހިތަށް ގެނައުމަށް މުސްލިމުން މަސައްކަތް ކުރެއެެވެ. ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ރަމަ…

"ބުރުނު ބޮމަ" ދެވަނަ އެޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ބައިނަލްއަގުވާމީ ފެންވަރުގައި ބާއްވަމުން އަންނަ ސްޕޯޓްސް ފިޝިންގ ޓޯނަމެންޓް "ބުރުނު ބޯމަ"ގެ ދެވަނަ އެޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންއިން ވިދާޅުވީ މި ޓޯނަމެންޓް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޖޫން…

މޮބައިލް ވޯލްޑް ކޮންގްރެސްގައި ދިރާގަށް އޫކްލާގެ 3 އެވޯޑެއް

މޮބައިލް ވޯލްޑް ކޮންގްރެސްގައި ދިރާގަށް އޫކްލާގެ 3 އެވޯޑެއް ލިބިއްޖެއެވެ. މި އެވޯޑުތައް ދިރާގާ ހަވާލުކޮށްފައިވަނީ ސްޕެއިންގެ ބާސެލޯނާގައި ބޭއްވި، ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާގެެ ދުނިޔޭގެ އެންމެ ބޮޑު ހަރަކާތް ކަމަށްވާ މޮބައިލް ވޯލްޑް ކޮންގްރެސްގައެވެ. ދިރާގަށް ލިބުނު އެވޯޑުތަކުގެ ތެރޭގައި އޫކްލާ …

ޔަހޫދީންނާ ދެކޮޅަށް ޙިޒްބުﷲގެ ވަރުގަދަ ކުރިމަތިލުންތަކެއް

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ކުރިމަތިލުންތަކުގެ ތެރޭގައި، ލުބްނާނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ނިރުބަވެރި ޢުދުވާނުތަކަށް ނުސިހި، ލުބްނާންގައި ޙަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުﷲއިން ޔަހޫދީންނަށް ޙަމަލާތައް ދެމުން އެބަދެއެވެ. ޙިޒްބުﷲއިން ޔަހޫދީން ޙަމަލާދިނީ، އެމެރިކާ އާ ގުޅިގެން …

ފެބްރުވަރީ މަހު މަސްވެރިކަން ދަށް، ދޫކޮށްފަވަނީ 20 މިލިޔަން ރުފިޔާ

ފެބްރުވަރީ މަހު މަސްވެރިން ކިރުވި މަހަށް 20 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ޖަނަވަރީ މަހާ އަޅާކިޔާއިރު، ފެބްރުވަރީ މަހު މަސްވެރިކަން ދެގުނަ ދަށެވެ. މިދިޔަ މަހު މިފްކޯއަށް 236 ދޯންޏަކުން ވަނީ މަސް ކިރުވާފަ…

ސްރީ ލަންކާ ކައިރިން އީރާނުގެ މަނަވަރެއް ފައްތާލައިފި

އީރާނުގެ އަސްކަރީ މަނަވަރެއް އަޑިއަށްދަނިކޮށް، ސްރީ ލަންކާގެ ކަންޑުގެ ސިފައިންގެ އުޅަނދަކުން، އެ މަނަވަރުގައި ތިބި 30 ފަޅުވެރިން ސަލާމަތްކޮށްފިއެވެ. ސްރީ ލަންކާގެ ޤާނޫނު ހަދާ މަޖިލީހަށް މަޢުލޫމާތު ދެއްވަމުން އެ ޤައުމުގެ ޚާރިޖީ ވަޒީރު، ވިޖިތާ ހޭރަތު ވިދާޅުވީ، އެ މަނަވަރުން އެހީއަށް އެދުމުން ފަޅުވެރި…

ތައްޓަށް އަމާޒުކޮށް 20 އަހަރުން ދަށުގެ ފަރިތަކުރުންތައް ކުރިއަށް

މާޗް 23 ން އޭޕްރީލް 3އަށް ގަލޮޅު ބޯޅަދަނޑުގައި ބާއްވަން ހަމަޖެހިފައިވާ 20 އަަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ޒުވާން ގައުމީ ޓީމުގެ ފަރިތަކުރުންތައް ވަރުގަދަކޮށްފިއެވެ. ސީނިއާ ގައުމީ ޓީމަށް އަހަރުތަކެއް ކުރިން ކޯޗު ކޮށްދިން، ތަޖުރިބާކާރު ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރ، …

އެންމެ ނިކަމެތި ޙާލުގައި އުޅޭ އާއިލާތަކަށް ބޯހިޔާވަހިކަމުގެ ސިޔާސަތެއް

ކުދި ތަންތަންކޮޅުގައި، އެންމެ ދަތި ޙާލުގައި ދިރިއުޅެމުންދާ އާއިލާތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމާރާތް ކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ ތަފާތު ސަބަބުތަކާ ހުރެ ގޯތި ނުހެދ…

ޓެކްސީލައިންގެ ޚިދުމަތް ރޯދަމަސް ނިމުމުގެ ކުރިން ފަށަނީ

ރޯދަ މަސް ނިމުމުގެ ކުރިން ޓެކްސީލައިންގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދަތުރުފަތުރާއި، މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ، މި ޚިދުމަތް ފެށުމަށް ބޭނުންވާ ޓެކްސީތައް މިހާރު ރައްޖެ ގެނައުމުގެ މަގުމަތީގައިވާ ކަމަށެވެ. ސަރުކާރުގެ ފަރާ…

ބީއެމްއެލް ޑިޖިޓަލް ވޮލެޓް "ސްވައިޕް" ރަސްމީކޮށް އިފުތިތާޙުކޮށްފި

ބޭންކް އޮފް މޯލްޑިވްސްއިން ލޯންޗުކުރި މަލްޓި ކަރަންސީ ޑިޖިޓަލް ވޮލެޓް "ސްވައިޕް" ރަސްމީކޮށް އިފުތިތާޙު ކޮށްފިއެވެ. ބޭންކް އޮފް މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް ސްވައިޕަކީ، ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓެވެ. މި ވޮލެޓް ރަސްމީކޮށް އިފުތިތާޙު ކުރީ، މިހާރު ޖަރުމަނުގައި ކުރިއަށްދާ އައިޓީ ބާލިންގެ ތެރެއިން…

Loading fresh headlines…