Live 7,932 stories Updated Mar 5, 2026
Showing: PSM
Browse topics PSM

PSM

Live feed

ކެޓިޔަސް ކުޅުންތެރިން ދެއްކި ކުޅުމާމެދު ފަޚުރުވެރިވަން: ފްލިކް

ކޮޕާ ޑެލްރޭގެ ސެމީ ފައިނަލުގައި އެގްރިގޭޓް ނަތީޖާއިން ބަލިވެ މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ބާސެލޯނާއަށް ގެއްލުނު ނަމަވެސް، ޓީމުން ދެއްކި ކުޅުމާމެދު ވަރަށް ބޮޑަށް ފަޚުރުވެރިވާކަމަށް އެ ޓީމުގެ ކޯޗު ހާންސް ފްލިކް ބުނެފިއެވެ. ސެމީގެ ފުރަތަމަ ލެގުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅެ ބާސާ ވަނ…

ދެކުނު އޭޝިއާ މުބާރާތަށްދާ ބެޑްމިންޓަން ޓީމު އެކުލަވާލައިފި

ސައުތު އޭޝިއާ ރީޖަނަލް ޗެމްޕިއަންޝިޕް 2026 ގައި ރާއްޖެ ތަމްސީލު ކުރާ ބެޑްމިންޓަން ކުޅުންތެރިން ކަނޑައަޅާ ޓީމު އެކުލަވާލައިފިއެވެ. ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދީފައިވާ ގޮތުގައި އޭޕްރީލް 1-7 އަށް ޕާކިސްތާނުގެ އިސްލާމްއާބާދުގައި ބާއްވާ މި މ…

މާސްޓަރސް ކެޓަގަރީން ޓީސީ އެއްވަނައަށް

މޯލްޑިވްސް ސޮކަރ މޭޓްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން 7ވީ7 ލީގު 2026 ގެ މާސްޓަރސް ކެޓަގަރީން ދެވަނަބުރުގެ ޖާގައެއް ޓީސީ ސްޕޯޓްސް ކުލަބުން ކަށަވަރުކޮއްފިއެވެ. ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ދެ ޑިވިޝަނެއް ހިމެނެއެވެ. އެގޮތުން 40 އަހަރުން މަތީގެ ވެޓެރަންސް ކެޓެގަރީގައި…

ފޮރެސްޓް އިން ސިޓީ ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓް އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ. މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެއްވަރުވެފައިވާއިރު ތާވަލުގެ ކުރީގައި އޮތް އާސެނަލް އާއި ދެމެދުވާ ފަރަގު ކުޑަކުރުމަށް އެ ޓީމަށް ލިބުނު…

ދިހަ ކުޅުންތެރިންނާއިއެކު ނިއުކާސަލް އިން ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ކާމިޔާބުކޮށްފި އެވެ. މެޗުގެ ފުރިހަމަ ހާފުގެ އިންޖަރީ ވަގުތުގެ ފުރަތަމަ މިނިޓުގައި ނިއުކާސަލްގެ ޖެކޮބް ރަމްސޭއަށް ދެވަނަ ރީނދޫ ކާޑަކާއިއެކު ރަތް ކާޑު ދައްކ…

ޖޮއާއޯ ޕެޑްރޯގެ ހެޓްރިކާއެކު ޗެލްސީ އަށް މުހިންމު މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގައި ޖޮއާއޯ ޕެޑްރޯ ހެދި ހެޓްރިކާއެކު 4-1 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވެއްޖެ އެވެ. އެސްޓަން ވިލާގެ ވިލާ ޕާކްގައި ކުޅުނު މި މެޗަށް ޗެލްސީ ނިކުތްއިރު އެ ޓީމުގެ ކޯޗު ލިއާމް ރޮޒޭނިއާ ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އާ…

ބްރައިޓަން ބަލިކޮށް އާސެނަލް އަށް ހަތް ޕޮއިންޓުގެ ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން އާސެނަލް މޮޅުވެ ތާވަލުގެ ކުރީގައި ހަތް ޕޮއިންޓުގެ ލީޑެއް ހޯދައިފި އެވެ. މި މެޗުން އާސެނަލް އަށް ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 30 މެޗުން ޖުމްލަ 67 ޕޮއިންޓާއެކު ތާވަލ…

އެންމެ އަވަސް ސައްތައާ އެކު ނިއުޒީލޭންޑް ފައިނަލަށް

ޓުވެންޓީ20 ކްރިކެޓް މުބާރާތުގައި މިހާތަނަށް ހެދި އެންމެ އަވަސް ސައްތައާއެކު ދެކުނު އެފްރިކާ ބަލިކޮށް ނިއުޒީލޭންޑް މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ. އިންޑިޔާގެ ކަލްލަތާގައި ކުޅުނު މެޗުގައި ފުރަތަމަ ކުޅެން ނުކުތީ ދެކުނު އެފްރިކާ އެވެ. 20 އޯވަރު ތެރޭގައި އެ ގައުމަށް ހެދުނީ 169 ލަނޑެވެ. ޖަވާބު…

އުމްރާއަށް ފުރޭނެ އިންތިޒާމްތައް ހަމަޖެއްސެވުމަށް ރައީސް އަންގަވައިފި

ރާއްޖެއިން އުމްރާއަށްދާ މީހުންގެ ތެރައިން އެކި ސަބަބުތަކާ ހުރެ އުމްރާއަށް ނުފުރިފައި ތިބި މީހުން ފުރޭނެ އިންތިޒާމުތައް ހަމަޖައްސަވަމުންދާކަަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ އެކި ކުންފުނިތަކުން…

އުލިގަމު ޔޮޓް މެރީނާ ތަރައްޤީކުރަން ހުޅުވާލައިފި

ހއ. އުލިގަމުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ޔޮޓް މެރީނާ ތަރައްގީކޮށްދޭނެ ބަޔަކު ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޓް، އެމްޕީއެލްއިން ހުޅުވާލައިފިއެވެ. އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލާއި އުލިގަމު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައި…

މުއިވެޔޮ ބަލިކޮށް ވިލިމާލެ ޔުނައިޓެޑު ސެމީއަށް

އެފްއޭއެމް ވެޓެރެންސް ކަޕް 2026 ގައި މުއިވެޔޮ ފްރެންޑްސް ކުލަބު ބަލިކޮށް ވިލިމާލެ ޔުނައިޓެޑުން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮއްފިއެވެ. ގުރޫޕް އޭގައި ހިމެނޭ މި ދެޓީމު ވާދަކުރި މެޗު ވިލިމާލެއިން ކާމިޔާބު ކުރީ 3-1 ލަނޑުންނެވެ. މާފަންނު އެއްނަންބަރު ޓާފްދަނޑުގައި ކުޅުނު މެޗުފަށައިގެން ގިނައިރު ބޯޅ…

ހުރްމުޛް ކަނޑުއޮޅި އޮތީ އީރާނުގެ ފުރިހަމަ ބާރުގެ ދަށުގައި: އައިއާރުޖީސީ

ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ޣައިރުޤާނޫނީ ހަނގުރާމައެއް ފެށުމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ލޭނާރުގެ ގޮތުގައި ބެލެވޭ ހުރްމުޛް ކަނޑުއޮޅި އޮތީ އީރާނުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް އީރާނުގެ އިންޤިލާބީ ފައުޖު، އައިއާރުޖީސީން ބުނެފިއެވެ. އީރާނުން މިހެން ބުނެފައިވަނީ، ހުރްމުޛް ކަނ…

Loading fresh headlines…