Live 9,622 stories Updated Apr 28, 2026
Showing: PSM
Browse topics PSM

PSM

Live feed

ޓީނޭޖް ބަލިކޮށް ލޮރެންޒޯ އެއްވަނައިގައި ހަމަޖެހިލައިފި

މާލެ ރީޖަނަލް ލީގު، ދެވަނަ ޑިވިޝަން 2026 ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ކްލަބް ޓީނޭޖްގެ މައްޗަށް ހޯދި މޮޅާއެކު ލޮރެންޒޯ ސްޕޯޓްސް ކުލަބުން އެ ގުރޫޕުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުން ލޮރެންޒޯ މޮޅުވީ 1-3 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ލޮރެންޒޯ…

އެއްބަސްވުމެއް ޤާއިމުކުރަން އީރާނުން ގުޅަންވީ: ޓްރަމްޕް

އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި، ތެހްރާނުން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ވޮޝިންގްޓަނާ މުޢާމަލާތު ކުރުމުގެ ފުރުޞަތު ހުޅުވިފައި އޮތް ކަމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މި މޭރުމުން ވިދާޅުވީ ނިއުކްލިޔަރ ހަތިޔާރެއް އ…

ބިލު ބޮޑުވީ ހޫނުގަދަވުމުން، ބިލުކުރަނީ މިންގަނޑުތަކާ އެއްގޮތަށް: ފެނަކަ

ފާއިތުވި ދިހަ އަހަރުވެސް މިދުވަސްވަރު ކަރަންޓު ބިލް ބޮޑުވެފައިވާ ކަމަށާއި ބިލަށް އައި ބަދަލަކީ ބިލިންގެ މައްސަލައެއް ނޫންކަން ޔަޤީންކުރެވޭ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. ފެނަކައިން މިގޮތަށް ވިދާޅުވީ ކަރަންޓު ބިލްތަކަށް އައި ބަދަލާއި ގުޅިގެން އެކި ފަރާތްތަކުން ފާޅުކުރުމުންދާ ކަންބޮޑުވުނ…

ހުޅުމާލެއިން 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ހުޅުމާލޭގައި ޤަވާއިދާ ޚިލާފަށް އުޅުނު 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މި މީހުން ގެންގޮސްފައިވަނީ އެ ވުޒާރާއިން ކުރިއަށް ގެންދިޔަ އިންސްޕެކްޝަނެއްގައެވެ. ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލު ކުރުމަށް ސަރުކާރާއި މޯލްޑ…

އިންތިޚާބުގައި ނަތަންޔާހޫއާ ދެކޮޅަށް ކުރީގެ ދެ ބޮޑުވަޒީރުން

މި އަހަރުގެ ފަހު ކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ދެކޮޅަށް ޔަހޫދީންގެ ކުރީގެ ދެ ބޮޑުވަޒީރުންގެ އިއްތިޙާދެއް އިޢުލާނުކޮށްފިއެވެ. ނަތަންޔާހޫގެ އެންމެ ވަރުގަދަ ސިޔާސީ ވާދަވެރިން ކަމަށްވާ ނަފްޓާލީ ބެނެޓް އާއި ޔެއަރ ލަޕިޑް ވަނީ އެ ދެ މ…

އާދަމް ޝަރީފު ޢުމަރާއި ޠާރިޤު އަދި ދިޔާނާ ސަފީރުންގެ މަޤާމަށް އައްޔަނުކުރައްވަނީ

އެމްބެސެޑަރ އެޓް ލާޖުގެ މަޤާމަށް 3 ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މިމަޤާމަށް ޢައްޔަން ކުރައްވާފައިވަނީ އާދަމް ޝަރީފު ޢުމަރާއި، ޠާރިޤު އިބްރާހީމް އަދި ފާޠިމަތު ދިޔާނާ ސަޢީދެވެ. ސަރުކާރުގެ ބައެއް މަޤާމުތަކަށް ގެނައި ބަދަލުތަކާއެކު ބައެއް މަޤާމުތައް ވަނީ ހުސްވެފައެވެ. އެހެންކަމުން ސަރުކާރުން ވަނ…

ހިޔާރޯދީގޭގައި ހިނގި އަލިފާނުގެ ހާދިސާ ތަޙުޤީޤުކޮށް، މައްސަލަ ޕީޖީއަށް

މިިދިޔަ މާރިޗު މަހުގެ 18ވަނަ ދުވަހު ގ.ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހިންގި ތަޙުޤީޤު ނިންމައި، މައްސަލައިގެ ދައުވާ އުފުލުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަ…

ދިރާސާކުރާ ލިޔުންތައް ޕީޖީން ބެލޭނެ އިންތިޒާމު ހަމަޖައްސައިފި

ހެކި ރައްކާތެރި ކުރުމުގެ އަމުރުގެ ދަށުން، ޝަރުތުތަކާއެކު ދިރާސާ ކުރާ ލިޔުންތައް ބެލުމުގެ އިންތިޒާމު ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގައި ހަމަޖައްސާފައިވާ ކަމަށް އެ އޮފީހުން ވިދާޅުވެއްޖެއެވެ. ހެކި ރައްކާތެރި ކުރުމުގެ އަމުރުގެ ދަށުން، ރައްކާތެރި ކުރާ ލިޔުންތައް ކޯޓުގައި ބަލައި ދިރާސާ ކުރުމުގެ އިންތިޒާމ…

"ޑިޖިޓަލް ޓްރާންސްފޮމޭޝަން ގެންނާނީ ރައްޔިތުން ބޭނުންވާ ހައްލުތަކާއެކު"

ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތްތައް ތަންފީޒުވާން ޖެހެނީ ދިވެހިންގެ އިސްނެގުމާއެކު ދިވެހިންނަށް ބޭނުންވާނެ ހައްލުތައް ގެނެސްދިނުމަށް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މޯލްޑިވްސް ޑިޖިޓަލް ސަމިޓް ފެށުމ…

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރަކަށް މުޙައްމަދު އަފީފު ޙުސެއިން

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށާއި، މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މުޙައްމަދު އަފީފު ހުސެއިން ޢައްޔަން ކުރައްވައިފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ފަރާތުން ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑަށް އަދި މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމ…

މައްކާ ރޫޓުގެ ޚިދުމަތަށް ޙާޖީންގެ ބަޔޯ-މެޓްރިކްސް ނަގަން ފަށައިފި

މައްކާ ރޫޓުގެ ޚިދުމަތަށް ޙާޖީންގެ ބަޔޯ-މެޓްރިކްސް ނަގަން ފަށައިފިއެވެ. މިއީ، މައްކާ ރޫޓަށް އިމިގްރޭޝަންގެ ބޭނުމަށާއި އަދި ޙާޖީންގެ ކަންކަން ބަލަހައްޓާ ނުސުކް ޕްލެޓްފޯމަށް ބޭނުންވާ މުހިންމު މަޢުލޫމާތުތަކެވެ. ފުރަތަމަ ނަގަނީ، މާލޭގައި ދިރިއުޅެމުންދާ މީހުންގެ ބަޔޯމެޓްރިކްސްއެވެ. އަތޮޅުތަކުން އަންނަ …

ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު ހޮނިހިރާ ހަމައަށް އިތުރުކޮށްފި

ސުޕްރީމް ކޯޓުގެ ހުކުމާއެކު ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑީގެ ބައި-އިލެކްޝަންގައި ވާދަކުރަން ހުޅުވާލި މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އަންނަ ޖޫން މަހު އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންސް ބޭއްވުމަށް ނިން…

Loading fresh headlines…