Live 9,615 stories Updated May 1, 2026
Showing: PSM
Browse topics PSM

PSM

Live feed

ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާނީ ހުރިހާ ސެގްމަންޓެއް އެކީގައި

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ތާރުއެޅުމަށް މިހާރު ހަމަޖެހިފައިވަނީ ހުރިހާ ސެގްމަންޓެއް އެކީގައި ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ. ކުރިން ނިންމާފައި އޮތީ، ސެގްމަންޓު 5ގައި ތާރުއަޅާ ނިންމުމަށްފަހު ދެން ހުރި ސެގްމަންޓްތަކުގެ…

ނަފްސާނީ ދުޅަހެޔޮކަމަށް އެޅުއްވި މުހިއްމު ފިޔަވަޅެއް!

ރާއްޖޭގެ ނަފްސާނީ ސިއްޙަތުގެ ދާއިރާއިން މުހިއްމު ފިޔަވަޅުތަކެއް އަޅުއްވަން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވީ އެމަނިކުފާނު ބާއްވަވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައެވެ. މިދިޔަ ހަފްތާގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދެއްވާފައިވ…

މަސައްކަތްތެރިންގެ ދުވަސް: ގުޅިގެން މަސައްކަތްކުރުމުން ހައްޤުތައް ޔަޤީންކުރެވޭނެ!

މަސައްކަތްތެރިންނަކީ ކޮންމެ މުޖްތަމަޢުއެއްގެވެސް އެންމެ މުހިންމު އަސާސީ ބައެވެ. މުޖްތަމަޢުގެ ކުރިއެރުމާއި ތަރައްޤީ ގުޅިފައިވަނީ އެ މުޖްތަމަޢުއެއްގައި ވަޒީފާ އަދާ ކުރާ ފަރާތްތަކާއި ތަފާތު އެކި މަސައްކަތްތައް ކުރާ ފަރާތްތަކާއެވެ. އެ މުޖްތަމަޢުގެ ކޮންމެ ފަރުދަކީވެސް ރަނގަޅު މަސައްކަތެއްކޮށްގެން އާމްދަނ…

ވޯލްޑް ކަޕް: ވަރުގަދަ ސެކިއުރިޓީއަކަށް އެދުމުން އިންފަންޓީނޯ އަށް ފާޑުކިޔަނީ

ވަރުގަދަ ސެކިއުރިޓީ އަކަށް އެދުމުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ފާޑުކިއުން އަމާޒުވާން ފަށައިފި އެވެ. އޭނާ މިވަގުތު ހުންނެވީ އެމެރިކާ އާއި މެކްސިކޯއާއެކު ވޯލްޑް ކަޕް ބާއްވާ އަނެއް ގައުމު ކަމަށްވާ ކެނެޑާގެ ވެންކޫވާގަ އެވެ. އެއީ އިއްޔެ ކުރިއަށްދިޔަ ފީފާގެ 76 ވަނަ ކޮންގްރެންސް އަށް ވަޑައިގެ…

ފީފާގެ ރައީސް ކަމަށް އެފްރިކާއިން ތާއީދު ކުރާނީ އިންފަންޓީނޯ އަށް

ފީފާގެ ރައީސް ކަމަށް އެފްރިކާގެ ގައުމުތަކުން ދެން ވެސް ތާއީދު ކުރާނީ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ކަމަށް އެފްރިކާގެ ގައުމުތަކުގެ ފުޓްބޯޅަ ޖަމިއްޔާއިން ބުނެފި އެވެ. ޖުމުލަ 54 ގައުމުގެ ޖަމާއަތުން މިހެން ބުނީ ވޯލްޑް ކަޕުގެ ކުރިން ބާއްވާ ފީފާގެ ކޮންގްރެސްގައި ކެނެޑާގައި ތިބެ ވާހަކަ ދައްކަމު…

އިރާނުގެ މެޗުތައް ކުޅޭނީ އެމެރިކާގައި: ފީފާ

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިރާނުގެ މެޗުތައް ކުޅޭނީ އެމެރިކާގައި ކަމަށް ފީފާއިން ޔަގީންކަން ދީދި އެވެ. ކެނެޑާގެ ވެންކޫވާގައި 76 ވަނަ ފީފާ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން އެ ޖަމާއަތުގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ އިރާނުން ވޯލްޑް ކަޕުގައި ކުޅެން އެމެރިކާ އަށް ދާނެ ކަމަށެވެ. "މިކަ…

ޝަޚްތާރު އަތުން ޕެލަސްއަށް ފަސޭހަ މޮޅެއް

ޔޫއެފާ ކޮންފަރެންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ޝަޚްތާރު ޑޮނެސްކާއި ދެކޮޅަށް ކްރިސްޓަލް ޕެލަސް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ޕެލަސް ކާމިޔާބުކޮށްފި އެވެ. ޝަޚްތާރް އަކީ ޔޫކްރޭންގެ ކްލަބެއް ނަމަވެސް އެ ގައުމުގައި މިހާރު ހިނގަމުންދާ ދާޚިލާ ހަނގުރާމައިގެ ސަބަބުން މި މެޗު ކުޅެފައިވަނީ …

އެސްޓަން ވިލާ ބަލިކޮށް ފޮރެސްޓުން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ އެސްޓަން ވިލާ އާއި ދެކޮޅަށް ނޮޓިންހަމް ފޮރެސްޓް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ނޮޓިންހަމް ފޮރެސްޓް އިން ކާމިޔާބުކޮށްފި އެވެ. ނޮޓިންހަމް ފޮރެސްޓްގެ ދި ސިޓީ ގްރައުންޑްގައި ނަވާވީސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ …

"މިނިވަންކަން ދެމެހެއްޓުމަށް މަސައްކަތްތެރި ބައެއްގެ ގޮތުގައި ދެމިތިބެންޖެހޭ"

އުފެއްދުންތެރި، މަސައްކަތްތެރި، ވަރުގަދަ އިޤްތިޞާދެއްގެ ވެރި ބަޔެއްގެ ގޮތުގައި ދިވެހީން ދެމިތިބުމަކީ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކޮށް ދެމެހެއްޓުމަށް މުހިންމު ރުކުނެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބައިނަލްއަޤ…

ލުބްނާނުގެ ރައްޔިތުންނަށް ކާބޯތަކެތީ ދަތިކަން ކުރިމަތިވާނެކަމުގެ އިންޒާރު

މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ކުރިއަށް އޮތް މަސްތަކުގައި، ލުބްނާނުގައި ދިރިއުޅޭ މިލިއަނެއްހާ މީހުންނަށް ކާބޯތަކެތީ ދަތިކަން އިންތިހާއަށް ކުރިމަތިވާނެކަމަށް ކާބޯތަކެއްޗާބެހޭ ބައިނަލްއަޤުވާމީ ޖަމްޢިއްޔާއަކުން ލަފާކޮށްފިއެވެ. އިންޓިގްރޭޓެޑް ފުޑް ސެކިޔުރިޓީ ފޭޒް ކްލެސިފިކޭޝަން (އަ…

ޑރ. އަލްޠާފް: މުހިއްމު ދާއިރާއަކުން ފުރަތަމަ ދިވެހި ޑޮކްޓަރު

އުރަމަތީގެ ކެންސަރަށް ޚާއްސަ ފުރަތަމަ ދިވެހި ޑޮކްޓަރު ހުޅުމާލޭ ހޮސްޕިޓަލުގައި ޚިދުމަތްކުރަން ފައްޓަވައިފިއެވެ. ޑރ. އަލްޠާފް އަދުނާން އިސްމާޢީލް މިހާރުވެސް ކެންސަރު ބައްޔަށް ފަރުވާ ދެމުން އަންނަ ހުޅުމާލޭ ހޮސްޕިޓަލާ ގުޅިވަޑައިގަތުމަކީ ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެހޮސްޕިޓަލުން ސިފަކުރަ…

މެދުއިރުމަތީގެ ހަނގުރާމައަށް 25 ބިލިޔަން ޑޮލަރު ޚަރަދުވެއްޖެ

ޞަހްޔޫނީން ރުއްސުމަށް އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައަށް މިހާތަނަށް 25 ބިލިޔަން ޑޮލަރު ހޭދަވެފައިވާކަން ދިފާޢީ އިދާރާ، ޕެންޓަގަންގެ އިސް އޮފިޝަލަކު ފުރަތަމަ ފަހަރަށް ހާމަކޮށްފިއެވެ. ޤާނޫނުހަދާ މަޖިލިސް، ކޮންގްރެސްގެ އާމްޑް ސަރވިސަސް ކޮމިޓީގައި މަޢުލޫމާތު ހިއްސާކުރައް…

Loading fresh headlines…