Live 7,837 stories Updated Mar 20, 2026
Showing: PSM
Browse topics PSM

PSM

Live feed

ސާފް ޗެމްޕިއަންޝިޕްގެ ޓިކެޓް ވިއްކަން ފަށާނީ 21ގައި

މާޗް 23 ން އެޕްރީލް 03 ގެ ނިޔަލަށް ރާއްޖޭގައި ބާއްވާ 20 އަހަރުން ދަށުގެ ސާފު ޗެމްޕިއަންޝިޕްގެ މެޗުތަކުގެ ޓިކެޓު އަންނަ ހޮނިހިރު ދުވަހު ވިއްކަން ފަށާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ. މެޗުތަކުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާ އަގުތަކަކީ، ސިޑިބަރި ޓިކެޓް …

ކެރިއަރުގައި މެސީ 900 ލަނޑު ހަމަކޮށްފި

ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ، އާޖެންޓީނާ އާއި އިންޓަރ މިއާމީގެ ކެޕްޓަން ލިއޮނެލް މެސީ، އޭނާގެ ކެރިއަރުގެ 900 ލަނޑު ޖަހައި، ފުޓުބޯޅައިގެ ތާރީޚުގައި ވެސް 900 ލަނޑު ހަމަކުރި ދެވަނަ ކުޅުންތެރިޔާގެ ޝަރަފު ހޯދައިފިއެވެ. މި ތާރީޚީ ޝަރަފު މެސީ ހޯދީ، ކޮންކާކަފް ޗެމްޕިއަންސް ކަޕުގެ ގަދަ…

ޕްރައިމް ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާގެ ޚާއްސަ ތަހުގީގެއް

މާފަންނު ޕްރައިމް ގުދަނުގައި ހިނގި އަލިފާން ހާދިސާގެ ޚާއްސަ ތަހުޤީގެއް ފަށާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. މި ގުދަނުގައި އަލިފާން ރޯވީ ރޭ 21:57 އެހާކަންހާއިރުކަމަށް ފުލުހުން ވިދާޅުވެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މާފަންނު ޕްރައިމް ގުދަނުގައި އަލިފާން ރޯވު…

ހަނގުރާމައިގެ ނަތީޖާއަކީ ކާރިސާއަކަށް އެމެރިކާ ވެއްޓި، ތަކުލީފުގައި ޖެހުން

ޞަހްޔޫނީ ދައުލަތާއި އެމެރިކާއިން ޙައްޤަކާ ނުލައި އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ތެރެއިން އީރާންގެ 'ދެކުނު ޕާސް' ގޭސް ދަނޑުތަކަށް ދިން ނިރުބަވެރި ޙަމަލާތަކާ ގުޅިގެން ދުނިޔޭގެ އިޤުތިޞާދަށް އަދި ތެލުގެ ބާޒާރަށް ބޮޑު ލޮޅުމެއް އަރައިފިއެވެ. އެމެރިކާގެ ރުހުމާ އެކު ޔަހޫދީން ދިން ޙަމަލާގައި އެ ދަނ…

ފިޠުރު ޒަކާތުގެ ގޮތުގައި ބޮލަކަށް 6000 ރުފިޔާ ބަހައިފި

މިއަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ބޮލަކަށް 6000 ރުފިޔާ ބަހައިފިއެވެ. ޒަކާތު ހައުސްއިން ވަނީ މިއަހަރުގެ ރަމަޟާން މަހުގެ ފިޠުރު ޒަކާތް، ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަށް ބަހައި ނިންމާފައެވެ. ޒަކާތު ހައުސްއިން ވިދާޅުވީ ޒަކާތް ލިބުމަށް ޝަރ…

ހަނގުރާމައަށް ފުރަގަސްދީ ވިލާތުން އަޑުހަރުކޮށް ބުނީ "ނޫނެކޭ"

ޞަހްޔޫނީ ދައުލަތާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގައި ބައިވެރިވުމަށް، ވިލާތުގެ އެންމެ ވަރުގަދަ ބާރުތަކުން ފާޅުގައި އިންކާރުކޮށްފިއެވެ. ޖަރުމަނުވިލާތުގެ ޗާންސެލަރ ފްރީދްރިޝް މެޔަޓްޒް ވަނީ މި ހަނގުރާމައަކީ އެއްވެސް އިތުބާރު ހުރި ރޭވުމެއް އޮތް ކަމެއް ނޫން ކަމުގައ…

ލުބްނާނަށް އިތުރު ސިފައިން ފޮނުވައި ޔަހޫދީންގެ ލާއިންސާނީ ޖަރީމާ ފުޅާކުރަނީ

މެދުއިރުމަތި ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓައިލާފައިވާ ޞަހްޔޫނީ ދައުލަތުގެ އިސްތިޢުމާރީ ޔަހޫދީ ސިފައިން، ލުބްނާނަށް އަރައިގަނެ ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ފުޅާކޮށް، ޢާންމު ރައްޔިތުން ޝަހީދުކޮށް މުޅި ސަރަޙައްދު ނުރައްކަލުގެ ތެރެއަށް ވައްޓައިލައިފިއެވެ. މާރިޗު 1 ވަނަ ދުވަހުން ފެށިގެން ލުބްނާ…

އަލިފާނުގެ ބޮޑު ހާދިސާއެއް، ނިއްވާލެވުނީ 8 ގަޑިއިރުފަހުން

މާފަންނު ޕްރައިމް ގުދަނުގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ގާތްގަނޑަށް 8 ގަޑިއިރުގެ މަސައްކަތުން ކަމަށާއި ނިއްވާލެވުނުއިރު ގުދަންވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. މ.ކައިރުގޭގައި ހުންނަ "ޕްރައިމް ގޯޑައުން 1" ގުދަނުގައި އަލިފާންގެ ހާދިސާ ހިނގައި…

ބަލިމީހުންނަށް އެހީހޯދުމުގެ ނަމުގައި ސްކޭމް، ސަމާލުވޭ!

ބަލިމީހުންނަށް އެހީހޯދުމުގެ ނަމުގައި ހިންގާ ސްކޭމްތަށް މިދުވަސްވަރު އިތުރުވެފައިވާކަމާއި، އެފަދަ ސްކޭމްތަކަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ. ސްކޭމްކުރާ ފަރާތްތަކުން ދަނީ އެކިކަހަލަ އުކުޅުތައް ބޭނުންކޮށްގެން ސްކޭމް ކުރަމުންނެވެ. އެގޮތުން، މިހާރު އާއްމުވެފައިވަނީ ބަލި…

ގޭސް ވަޅަށް ޙަމަލާ ދިނުމުން އީރާންގެ ރައްދު ޙަމަަލާ ގަލްފުގެ ޤައުމުތަކަށް

ޞަހްޔޫނީ ދައުލަތުން އީރާނުގެ 'ދެކުނު ޕާސް' ގޭސް ދަނޑުތަކަށް ދިން ނުރައްކާތެރި ޙަމަލާގެ ބަދަލުހިފުމުގެ ގޮތުން، ގަލްފް ސަރަޙައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ސަޢޫދީ ޢަރަބިއްޔާއާއި ޤަޠަރުގެ ހަކަތައިގެ ބިނާރާއި ވަޞީލަތްތަކަށް އީރާނުން ވަރުގަދަ މިސައިލް ޙަމަލާތަކެއް ދީފިއެވެ. ފެބުރުވަރީ 2…

އިންތިޚާބާއި ބެހޭ މަރުކަޒު ސޯޝަލް ސެންޓަރަށް، ލިސްޓުގައި ސޮއިކުރަން ފަށައިފި

އިންތިޚާބާއި ބެހޭ މަރުކަޒު ސޯޝަލް ސެންޓަރަށް ބަދަލުކޮށް ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓްރީގައި ސޮއިކުރަން ފަށައިފިއެވެ. އިންތިޚާބާއި ބެހޭ މަރުކަޒު ސޯޝަލް ސެންޓަރަށް ބަދަލުކޮށްފައިވަނީ، އެ މަރުކަޒު ހިންގަމުން ދިޔަ ކުރީގެ ޑްރަގް ކޯޓު އިމާރާތާ އިންވެގެންހުރި ގުދަނެއްގައި ރޯވުމާއި ގުޅިގެ…

މިމަހުގެ މިހާތަނަށް މަސްވެރިންނަށް 5 މިލިޔަން ރުފިޔާ

މިމަހުގެ މިހާތަނަށް މަސްވެރިންނަށް 5 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި މުއްދަތުގައި މިފްކޯއަށް 200އަށްވުރެ ގިނަ ދޯންޏަކުން ވަނީ މަސްކިރުވާފައިވެއެވެ. ސަރުކާރުގެ މަސްކުންފުނި މިފްކޯއިން އާންމުކޮށ…

Loading fresh headlines…