Live 9,615 stories Updated May 4, 2026
Showing: PSM
Browse topics PSM

PSM

Live feed

ރީޖަނަލް ލީގްސް: ނޯތު އަދި ސެންޓްރަލް ލީގުގައި ފޯރިގަދަ މެޗުތަކެއް!

އަންނަ އަހަރު ދިވެހި ޕްރެމިއަރ ލީގުގައި ކުޅޭނެ ޓީމެއް ކަނޑައެޅުމަށް، ރާއްޖެ ހަތަރު ރީޖަނަކަށް ބަހާލައިގެން ކުރިއަށްދާ ރީޖަންސް ލީގުގެ ނޯތު ލީގު އަދި ސެންޓްރަލް ލީގުގައި އިއްޔެ ފޯރިގަދަ މެޗުތަކެއް ކުޅެފިއެވެ. ނޯތު ލީގުގައި، 2-1 ގެ ނަތީޖާއިން ބ. އޭދަފުށީގެ މައްޗަށް ހއ. ދިއްދޫ ކުރިހޯދިއިރު، ސެންޓްރަލް …

އެމަޖެންސީ ލައިންގެ ޚިދުމަތް މެދުކެނޑި، 9888999 ގުޅުމަށް އެދިއްޖެ

ދިވެހި ފުލުހުންގެ ޚިދުމަތުގެ އިމަޖެންސީ ލައިންތަކަށް މައްސަލަ ދިމާވެ، 9888999 ގުޅުމަށް އެދިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިމަޖެންސީ ލައިން، 911 އާއި ހޮޓްލައިންތައް ކަމުގައިވާ 3322111 އަދި 3322112އަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ޚި…

ބާރަށް ގުގުރާނެކަމަށް ލަފާކޮށް، ޅ. އަތޮޅުން ވ. އަތޮޅަށް ރީނދޫ ސަމާލު

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޅ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 9:10 އިން މެންދުރު 1:00 އާ ހަމައަށެވެ. ސަމާލު ނެރެފައިވަނީ ބާރަށް ގުގުރާނެކަމަށް ލަފާ ކުރެވޭތީ ކަމަށް އެ އިދާރާއިން ވިދާޅ…

މިދިޔަ މަހު ރާއްޖެއަށް 152,000އަށްވުރެ ގިނަ ފަތުރުވެރިން

މިދިޔަ މަހު ރާއްޖެއަށް 152,000 އަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއާއެކު އަހަރުގެ މިހާތަނަށް ރާއްޖެއަށް 8 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ މަހު ރާއްޖެއަށް 152…

ކުޅުނު ތިންވަނަ މެޗުންވެސް ބަލިވެ، ޢަރަބިއްޔާ މުބާރާތުން ކަޓައިފި

"ރާއްޖެ ޖޫނިއަރސް" 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި ޢަރަބިއްޔާ ސްކޫލް ކުޅުނު ތިންވަނަ މެޗުންވެސް ބަލިވެ، އެޓީމު މުބާރާތުން ކަޓައިފިއެވެ. ހުޅުމާޅޭ ސިންތެޓިކް ޓްރެކުގައި ގުރައިދޫ ސްކޫލާ ދެކޮޅަށް ކުޅުނު މެޗުން އެޓީމު ބަލިވީ 2-1 ގެ ނަތީޖާއިންނެވެ. އެޓީމުގެ ފުރަތަމަ ދެ މެޗާ ބަލާއިރު ރަނގަޅު ކުޅު…

ވޯލްޑް ކަޕް ކުޅެން އެމެރިކާ އަށް ވުރެ ރަނގަޅީ ޕެރޫ: ޕޯޕް

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކުޅެން އެމެރިކާ އަށް ވުރެ ޕެރޫ ވެސް މާ ރަނގަޅު ކަމަށް ނަސާރާދީނުގެ އިސް ފާދިރީ ޕޯޕް ލިއޯ ބުނެފި އެވެ. އޭނާ މިހެން ބުނީ ކުޅިވަރާއި އޭނާއާ އޮތް ގުޅުމާ ބެހޭ ގޮތުން އިންޓަވިއުއެއްގައި ކުރި ސުވާލަށް ޖަވާބު ދެމުންނެވެ. ޕޯޕް އަކީ އެމެރިކާގެ ޗިކާގޯ އަށް އުފަންވި މީހެކެވެ. އެކ…

މަރާމާތުކުރުމަށް ސަލްޓަން ޕާކު ވަގުތީގޮތުން ބަންދުކޮށްފި

ސަލްޓަންޕާކު މަރާމާތުކުރުމަށް ކޮންމެ ދުވަހަކު އިރުއޮއްސި 18:00 އިން ފެށިގެން އެ ޕާކު ބަންދުވާނެކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވީ، ސަލްޓަންޕާކު މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުނ…

ޕީއެސްއެމް ނިއުސް އެވޯޑްސް: ސްޓާފް އޮފް ދަ އިޔަރ، ހަފީޒާ!

ޕަބްލިކް ސަރވިސް މީޑިއާގެ ޚަބަރު ޗެނަލް، ޕީއެސްއެމް ނިއުސްގެ އަހަރީ އެވޯޑު ޙަފްލާ ބާއްވައިފިއެވެ. މި ޙަފްލާގައި އެކި ދާއިރާތަކުން އެންމެ ފާހަގަކޮށްލެވޭ މުވައްޒަފުންނަށް ޚާއްސަ އެވޯޑު ވަނީ ދީފައެވެ. މި ޙަފްލާ ބާއްވާފައިވަނީ ޕީއެސްއެމް ނިއުސްގެ 9 ވަނަ އަހަރީ ދުވަހާ ގުޅުވައިގެންނެވެ. ޕީއެސްއެމް ނިއު…

ދެ އެކްޓިވިސްޓުން ވަގަށް ނަގައި، ޔަހޫދީންގެ ކޯޓަށް

ޙާލުގައި ޖެހިފައިވާ ޣައްޒާގެ ނިކަމެތި ރައްޔިތުންނަށް އެހީތެރިވުމަށް ޣައްޒާއަށް ދަތުރުކުރި ޞުމޫދު ފްލޮޓިއްލާގެ ދެ ބައިވެރިން ވަގަށް ނަަގައި ޔަހޫދީ ކޯޓަކަށް ހާޒިރުކޮށްފިއެވެ. ސްޕެއިންގެ ރައްޔިތެއް ކަމަށްވާ ސައިފް އަބޫ ކެޝެކްއާއި ބްރެޒިލްގެ އެކްޓިވިސްޓެއް ކަމަށްވާ ޗީއާގޯ އަވީލާ ހިމެނޭ ގޮތަށް ގްލޯބަލް…

ވ.ރަކީދޫ އަދި މ.ރަތްމަންދޫ އތމ ކޮމިޓީގެ އިންތިޚާބު ޖޫން 20ގައި

ވ.ރަކީދޫ އަދި މ.ރަތްމަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ޖޫން މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. އެދެރަށުގެ އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ އޭޕްރީލް މަހު ބޭއްވި އިންތިޚާބުގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ…

ލުބްނާނުގެ ދެކުނަށް ޔަހޫދީންގެ އިސްތިޢުމާރު ފުޅާކުރަނީ

ލުބްނާނުގެ ދެކުނު ސަރަޙައްދުގެ ހުރި އިތުރު އަވަށްތައް ހުސްކުރަން ޔަހޫދީން އަންގަން ފަށައިފިއެވެ. ލުބްނާނުގެ ދެކުނުގެ ބޮޑު ސަރަޙައްދެއް ޔަހޫދީން މިހާރުވެސް އަތްދަށުކޮށްފައިވާއިރު، ގެދޮރު ހުސްކުރަން އަންގަމުންދާ އަވަށްތަކަކީ އެ ސަރަޙައްދުގެ ބޭރުގައި ހުރި އަވަށްތަކެކެވެ. އެހެންކަމުން، ޔަހޫދީން ރާވަމުނ…

ބޭންކް ފަންޑުން ބ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ޑިޖިޓަލް ސްޓޫޑިއޯއެއް

ބޭންކް ފަންޑް ކާމިޔާބުކުރި "ފޭލި" ޖަމިއްޔާއިން ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ވޮކޭޝަނަލް އެޑިއުކޭޝަން ލެބް ތަރައްޤީކޮށް، ޑިޖިޓަލް ސްޓޫޑިއޯއެއް ހުޅުވައިފިއެވެ. ބީއެ،މްއެލުން ވިދާޅުވީ، މިދިޔަ އަހަރު ބޭންކް ފަންޑް ކާމިޔާބުކުރި ފައުންޑޭޝަން އޮފް އޭދަފުށި ޔޫތު ލިންކޭޖް (ފޭލި) ޖަމްޢިއްޔާއިން ބ. އަތޮޅު ތައ…

Loading fresh headlines…