Live 7,755 stories Updated Mar 20, 2026
Showing: PSM
Browse topics PSM

PSM

Live feed

ހޯރަފުށީ ބިން ހިއްކައި، ގޮނޑުދޮށް ހިމާޔަތްކޮށް މަގުހެދުން އެމްޓީސީސީއަށް!

ހއ. ހޯރަފުށީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން މަގު ހެދުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާއި ހަވާލުކޮށްފިއެވެ. މި ދެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރ…

ﷲ ތަޢާލާ ހުއްދަކުރެއްވި ގޮތުގައި ޢީދުގެ އުފާ ފާހަގަކުރަމާ!

ޢީދުދުވަސް ފާހަގަކުރުމަކީ މުސްލިމުންގެ މަތިވެރި ޝިޢާރެކެވެ. ކޮންމެ މިއްލަތެއްގެ ބަޔަކަށްވެސް ޢީދެއްވާ ފަދައިން، މުސްލިމުންނަށްވެސް ދެ ޢީދު ދުވަސް ލައްވާފައިވެއެވެ. އެއީ ރަމަޟާންމަހުގެ ރޯދައާ ގުޅިގެން އަންނަ ފިޠުރު ޢީދު ދުވަހާއި ޙައްޖުގެ މަތިވެރި އަޅުކަމާ ގުޅިގެން އަންނަ އަޟްޙާ ޢީދު ދުވަހެވެ. މިއަދު …

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ޖަމާޢަތުގައި ފިޠުރު ޢީދު ނަމާދުކޮށްފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކޮށްފިއެވެ. ޢީދު ނަމާދު ކޮށްފައިވަނީ ހެނދުނު 7:00ގައެވެ. މުސްލިމުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދައްކުވައިދޭ އެއްކަމަކީ ޖަމާޢަތުގައި ކުރެވޭ ނަމާދެވެ. ޚާއްޞަ ގޮތެއްގައި ބޮޑު ޖަމާޢަތްތަކުން މުސްލިމުންގެ އާރާއި ބާރު …

ލޯންޗެއް ބަންޑުން ޖަހާލައި ގެއްލުނު ދެ މީހަކު ހޯދަނީ

ވ. ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ގެއްލުނު ދެ މީހަކު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ޙާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ރޭ 01:15 އެހައިކަންހާއިރުކަމަށެވެ. މި ޙާދިސާ ހިނގިއިރު އެ ލޯންޗުގައ…

ރާއްޖެއާ ދެކޮޅަށް ކުޅެން ޕްރިލިމިނަރީ ސްކޮޑަކާއެކު ޓިމޯ ލެސްޓޭއިން ފަރިތަކުރުންތައް ފަށައިފި

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް، ޓިމޯ ލެސްޓޭއިން ޕްރިލިމިނަރީ ސްކޮޑެއް އެކުލަވާލައި ފަރިތަކުރުންތައް ފަށައިފިއެވެ. މި މެޗު އޮންނާނީ މި މަހުގެ 31 ވަނަ ދުވަހު، ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ. މި މެޗަށް ތައްޔާރުވުމުގެ ގޮތުން ޓިމޯ ލެސްޓޭއިން ފަރިތަކުރުންތައް ފަށ…

ކެޓީ މޮޅަކާއެކު، ކުޅުންތެރިން ދެއްކި ކުޅުމާމެދު ފަހުރުވެރިވޭ: ޓޫޑޯ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 އާ ހަމައިން މުބާރާތުން ވަކިވާން ޖެހުނު ނަމަވެސް، ފަހު މެޗުގައި ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ފަހުރުވެރިވާކަމަށް ޓޮޓެންހަމް ހޮޓްސްޕަރގެ ކޯޗު، އިގޯ ޓޫޑޯ ބުނެފިއެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި ޓޮޓެންހަމް އިން ވަނީ އެތުލެޓިކޯގެ މައްޗަށް 2-…

އަންހެން ޓީމުތަކުގައި އަންހެން ކޯޗުން ތިބުން ފީފާއިން މަޖުބޫރުކޮށްފި

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން ރާވާ ހިންގާ ނުވަތަ ފީފާގެ ބެލުމުގެ ދަށުން ހިންގާ އެންމެހާ މުބާރާތްތަކެއްގައި ވާދަކުރާ އަންހެން ޓީމުތަކުގައި ކޯޗުންގެ ގޮތުގައި އަންހެނުން ތިބުން މަޖުބޫރުކޮށްފިއެވެ. މި ބަދަލު ގެނެސް މިކަން ތަންފީޒުކުރަން ނިންމާފައި ވަނީ ބުރާސްފަތި ދުވަހު ބޭއްވި ފީފާ ކައުން…

ހަކަތައިގެ ބާޒާރުގެ ލޮޅުމުގެ ގެއްލުން ކުޑަކުރަން ޤައުމުތަކުން އެހީވަނީ

އީރާނު ހަނގުރާމަ ދިގުލައިގެންދާތީއާއި އަވަސް މުސްތަޤުބަލެއްގައި ހަނގުރާމަ ނިމޭނެ ކަމުގެ އިޝާރާތެއް މިހާތަނަށް ވެފައި ނުވާތީ، ހުރުމުޒް ކަނޑުއޮޅި ރައްކާތެރިކަމާއެކު ހުރަސްކުރެވޭނެ ކަން ކަށަވަރުކޮށް ތެލުގެ މައްސަލަ ޙައްލުކުރުމަށް އެދެވޭ ފިޔަވަޅުތަކެއް އެޅުމަށް އެހީތެރިވުމަށް ތައްޔާރަށް އޮތް ކަމަށް ވިލ…

ޔަހޫދީންގެ މައި ތެޔޮ ރިފައިނަރީއަކަށް އީރާނުގެ މިސައިލް ޙަމަލާއެއް

ހައިފާގައި ހުންނަ ޔަހޫދީންގެ ތެޔޮ ރިފައިނަރީއަކަށް އީރާނުން ވަރުގަދަ ޙަމަލާއެއްދީ ގެއްލުންތައް ދީފިއެވެ. އީރާނުން ދިން މިސައިލް ޙަަމަލާގެ ސަބަބުން އެ ސަހަރުގެ އުތުރުގެ ކަރަންޓު ގުރިޑަށް ގެއްލުން ލިބި، އެ ސަރަޙައްދުން ވަގުތުތަކަށް ކަރަންޓުގެ ޚިދުމަތް ވަނީ ކެނޑިފައެވެ. މިދިޔަ ޖޫން މަހު ޔަހޫދީން އީރ…

ހުޅުދުއްފާރުގެ އިޚްތިޞާޞްގައި ގާއުނޑޫދޫ އަލުން ހިމަނައިފި

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް، މާޅޮސްމަޑުލު އުތުރުބުރި ހުޅުދުއްފާރުގެ އިޚްތިޞާޞްގައި އެ އަތޮޅު ގާއުނޑޫދޫ އަލުން ހިމެނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. އެމަނިކުފާނު މިގޮތަށް ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހި…

އައްޑޫއަށް 2 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި

އައްޑޫސިޓީއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ 58 އަހަރުގެ ސަލްދިން ވަލިމޮހްމަދް ރުއްފިންއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައިވަނީ، އައްޑޫސިޓީއަށް ވައިގެ މަގު…

އަތޮޅު ފެރީތައް ވިލިމާލެއާއި ހުޅުމާލެ ޓާމިނަލަށް

ހެންވޭރު ޓާމިނަލަށް ކައިރިކުރާ އަތޮޅު ފެރީތަކުގެ ޚިދުމަތް މާފަންނު ފެރީ ޓާމިނަލާއި ހުޅުމާލެ ފެރީ ޓާމިނަލަށް ބަދަލުކުރަން އެމްޓީސީސީން ނިންމައިފިއެވެ. އެ ކުންފުނިން މި ބަދަލު ގެނައުމަށް ނިންމާފައިވަނީ މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ 3 ވަނަ ފިޔަވަހި ފެށުމަށް ތައްޔާރު…

Loading fresh headlines…